• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޕްރައިމަރީން ނާކާމިޔާބުވި މީހުން އިންތިޚާބުގައި ވާދަކުރާނަމަ ޕާޓީން ވަކިކުރާނަން: އެމްޑީޕީ

ޕްރައިމަރީން ނާކާމިޔާބުވި މީހުން އިންތިޚާބުގައި ވާދަކުރާނަމަ ޕާޓީން ވަކިކުރާނަން: އެމްޑީޕީ


އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމައިފިއެވެ.އެމްޑީޕީން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު 2020 އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް މިޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ.އެމްޑީޕީން ބުނީ ފިޔަވަޅުއަޅާ ކޮމެޓީން މި ނިންމުން ނިންމީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހުގައެވެ.އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ކެންޑިޑޭޓުންގެ ތެރެއިން މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދު ވެސް މިފިޔަވަޅު އަޅާފައިކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.Source link

Leave a Reply

Related Articles