• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޖަލްސާ ބާއްވަން ޖޭޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފި

ޖަލްސާ ބާއްވަން ޖޭޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފި


ޖުމްހޫރީ ޕާޓީން “ދީނާއި ގައުމުގެ ދިފާއުގައި” ނަމުގައި ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފި އެވެ.ޖޭޕީން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެޕާޓީން ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެޕާޓީގެ ފަރާތުން މިމަހުގެ އެއްވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ސިޓީގެ ޖަވާބު ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް ޖޭޕީން ބުނެފައި ވެއެވެ.ޖޭޕީން ބުނީ، އެޕާޓީން މިފަދަ ހާއްސަ ޖަލްސާތައް ނުބާއްވާތީ ޖޭޕީން ހަރަކާތެއް ނުހިންގާކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. އެހެންނަމަވެސް ސިލްސިލާކޮށް، ޖޭޕީން އެޕާޓީގެ މައި ހަރުގެ ކަމަށްވާ މ. ކުނޫޒުގައި ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުންދާ ކަމަށާއި، މިހާރު ޖޭޕީގެ ހަރަކާތްތައް އިތުރުކުރުމަށް ވެސް ވިސްނަމުންދާ ކަމަށެވެ. އެގޮތުން ހާއްސަ ޖަލްސާއެއް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާއިރު، އެޖަލްްސާއަކީ ވަރަށް މުހިއްމު ޖަލްސާއަކަށް ވާނެ ކަމަށްވެސް ޖޭޕީން ބުނެއެވެ.ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ގާސިމަކީ ދީނާއި ގައުމުގެ ދިފާއުގައި އަބަދުވެސް ނިކުންނަވާ ރައްޖޭގައި މިވަގުތު ހުންނެވި އެންމެ އިހުލާސްތެރި ލީޑަރުގެ ގޮތުގައި ނިހާނު ވަނީ ސިފަ ކުރައްވާފަ އެވެ.ނިހާނު ގާސިމަށް އެގޮތަށް ތައުރީފް ކުރެއްވިއިރު، ނިހާނަކީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމަށާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލެއްވިއިރު، ޕީޕީއެމް ސަރުކާރުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އެވެ. ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީވެސް ޝަރީއަތުގެ އަޑުއެހުމަކަށް ވަޑައިގެން އިންނަވަނިކޮށް، ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް، ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ.



Source link

Leave a Reply

Related Articles