• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޖެންޑަރ މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި

ޖެންޑަރ މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި


މިިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް، އައްޔަންކުރެއްވީ ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްހަކީމެވެ.މިމަގާމަށް އައްޔަނު ކުރެއްވުމުގެ ކުރީން އަބްދުއްޝުކޫރު އަބްދުލްހަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުގައެވެ.އަބްދުއްޝުކޫރު އަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޢަބުދުއްޝުކޫރު އަބްދުލްޙަކީމް ވަނީ 26 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ.Source link

Leave a Reply

Related Articles