• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޖޭޕީން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓެއް ނުނެރޭ، ނިހާންގެ ތާއީދު މުއިއްޒަށް!

ޖޭޕީން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓެއް ނުނެރޭ، ނިހާންގެ ތާއީދު މުއިއްޒަށް!



ޖުމްހޫރީ ޕާޓީން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައިވާއިރު، އެ ޕާޓީ އިސް ސަފުގައި ހަރަކަތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަށް ތާއިދުކުރެއްވުމަށް ނިންމަވައިފި އެވެ. ގިނަ ދުވަސްތަކެއް ވަންދެން މުއިއްޒުއާއެކު ޕީޕީއެމްގައި ސިޔާސީ މަސައްކަތް ކުރެއްވި ނިހާން، މުއިއްޒުއަށް ތާއީދު ކުރެއްވިކަން ހާމަކުރެއްވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ. ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެގެ ރައްޔިތުން މާލެއާ މެދު ސީރިޔަސްކޮށް، ވިސްނުން ފުޅު ގެންގުޅުއްވާ ނަމަ، މިފަހަރު މުއިއްޒަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. އަދި އެ މަގާމަށް މުއިއްޒަށްވުރެ ތަޖުރިބާކާރު ބޭފުޅެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. “މުއިއްޒަށްވުރެ ވަކު ތަޖުރިބާ (ހިލްމާއި، ހިލްމީ) ހުރި ކެންޑިޑޭޓަކު މާލޭ މޭޔަރުކަމަށް ކުރިމަތުލާފައި ނެތް. މިއީ އެއް ނަންބަރު މޭޔަރަށް ވާނެ ބޭފުޅެއް،” މުއިއްޒުގެ ކެމްޕެއިން ޕޯސްޓަރަކާއެކު ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ. https://twitter.com/ahmed_nihan/status/1235524224317411328 ނިހާންގެ އެ ޓްވީޓަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީގެ ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެއްސެވީ، ނިހާން އަނެއްކާ ޕީޕީއެމަށް ބަދަލުވީތޯ އެވެ. ނުވަތަ”ޖޭޕީ ޕީޕީއެމް ނަގޫގޮށްޖެހުނީތޯ” ރީކޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ނިހާން ވިދާޅުވީ، މުއިއްޒަކީ ގާބިލު މީހަކަވުމުން އޭނާއަށް ތާއީދު ކުރެއްވީ ކަމަށެވެ. އަދި އެއީ މާލޭގެ ރައްވެއްސެއްގެ ހައިސިއްޔަތުން އޭނާ ހާމަކޮށްލި ހިޔާލެއް ކަމަށް ނިހާން ވިދާޅުވި އެވެ. “ޖޭޕީ އިން ކެންޑިޑޭޓެއް މާލޭ މޭތަރުކަމަށް ނުނިކުމޭ. އެހެންވީމަ ޕާޓީގެ ސްޓޭންޑް ނަގަން ޖެހޭ ކަމެއް ނެތް މިކަމުގައި،” ނިހާން ވިދާޅުވި އެވެ. https://twitter.com/ahmed_nihan/status/1235604940996800512 ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މާލޭ ސިޓީ މޭޔަރު ކަމަށް ކެންޑިޑޭޓަކު ނެރެފައި ނުވާއިރި، ކޯލިޝަންގެ ތެރެއިން އެ މަގާމަށް ވާދަ ކުރައްވަނީ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އިންނެވެ. އެ ޕާޓީޣެ ފަރާތުން ވާދަކުރައްވަނީ، ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އޭގެ އިތުރުން އަމިއްލަގޮތުން ދެން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ. ކައުންސިލް އިންތިހާބަށް 980 ބޭފުޅުން އިންތިހާބު ކުރާއިރު، ޖޭޕީން ވާދަ ކުރައްވަނީ ޖޭޕީގެ ފަރާތުން ވާދަ ކުރައްވަނީ 127 ކެންޑިޑޭޓުންނެވެ. މިހާތަނަށް އެ ޕާޓީން ވާދަ ނުކުރައްވާ ދާއިރާތަކާމެދު އަމަލުކުރައްވާނެ ގޮތެއް އެޕާޓީން ރަސްމީކޮށް އިއުލާން ނުކުރައްވަ އެވެ. މާލޭ މޭޔަރު ކަމަށް ނިހާންގެ ތާއީދު މުއިއްޒުއަށް ކުރި އިރު، މިކަމާ ގުޅިގެން އެޕާޓީގެ ރަސްމީ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.





Source link

Leave a Reply

Related Articles