• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ޗިކަން ބަންސް

ޗިކަން ބަންސް



ބޭނުންވާތަކެތި 
6 ވަށް ބަނަސް( ޕްލޭން)
1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ބޯންލެސްޗިކަން
4 މޭޒުމަތީ ސަމުސާ މެޔޮނައިސް
3 /1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)
1 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
ބަޓަރުކޮޅެއް
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ބަނަހުގެ މެދުން ދެފަޅިއަށް ވާގޮތަށް ( މުޅިން ވަކިނުކޮށް) ކަފާފައި ބަޓަރުހާކާފައި ބަހައްޓާށެވެ. ދެން ތަވާއުނދުންމައްޗަށް އުދާލާފައި ކުޑ ތެޔޮ ފޮދެއްއަޅާފައި ހޫނުވީމާ ފިޔާ، މިރުސް މަސް، ލޮނު އެއްކޮށް އަޅާފައި މަސްކޮޅު ރޯ ފިލަންދެން މަޑުގިނީގައި ދޭފައތުންހަލަމުން ދާށެވެ. ރޯފިލުމުން އުނދުން މަތިން ބާލާށެވެ. ހިހޫވީމާ އަސޭމިރުހާއި މެޔޮނައިސް އެއްކޮށް މޮޑެފައި ބަނަހުގެތެރެއަށްލާފައި ލެޓިއުސް ކޮޅެއް ނުވަތަ ޓޮމާޓޯ ފޮއްޗެއްލާށެވެ.
ޖުވޭ



Source link

Leave a Reply

Related Articles