• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޗިލީ ފަތުރުވެރިޔާ ރާއްޖޭގައި އުޅުނު ތަންތައް ބަލައި، މޮނިޓާކުރަނީ

ޗިލީ ފަތުރުވެރިޔާ ރާއްޖޭގައި އުޅުނު ތަންތައް ބަލައި، މޮނިޓާކުރަނީ



ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށް އެނބުރި ދިޔުމަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވާ ޗިލީ ފަތުރުވެރިޔާ އުޅެފައިވާ ތަންތަން ދެނެގަނެ އެ ސަރަހައްދުތައް މޮނީޓާ ކުރަމުންގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިދިޔަ ބުދަ ދުވަހު ބުނީ ރާއްޖެއަށް ދަތުރުކުރި މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ދައުރުވަމުން އަންނަ ރިޕޯޓުތައް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޗިލީގެ ސިއްހަތާ ބެހޭ އިދާރާ އާއި، ގައުމީ އަދި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެޗްޕީއޭ އިން މިރޭ ބުނެފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ޗިލީގައި ކޮވިޑް -19 އަށް ޕޮޒިޓިވްވި، މީހާ ރާއްޖެ އައިސްފައިވާކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ޗިލީ ފަތުރުވެރިޔަކީ ކާކު ކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ. އަދި ފަތުރުވެރިޔާ އުޅެފައިވާ ތަންތަން ދެނެގަނެ އެ ސަރަހައްދުތަކުގައި ބަލީގެ އަލާމާތްހުރި މީހުން އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީއިން ބުނި ގޮތުގައި، އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އެއީ އެގައުމުގެ ޓަލްކާ ސިޓީގައި ހުރި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް އެ ނޫހުގައިވެ އެވެ. އެ މީހާއަށް ފަރުވާ ދެމުންދާ ޓަލްކާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފަ އެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައި ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައި ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އޭނާގެ އާއިލާގެ އެހެން މީހަކަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.



Source link

Leave a Reply

Related Articles