• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޙިއްޞުތައް ދެއްވެވީ ހަމައެކަނި އަމިއްލައަށް މޮޅު ގޮތް ހޯދަން މަސައްކަތް ކުރާކަށް ނޫނެވެ!

ޙިއްޞުތައް ދެއްވެވީ ހަމައެކަނި އަމިއްލައަށް މޮޅު ގޮތް ހޯދަން މަސައްކަތް ކުރާކަށް ނޫނެވެ!



އަހަރެމެންގެ މުޅި ހަށިގަނޑަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. އެހަށިގަނޑުގައި ޙިއްޞުތައް ލެއްވެވީވެސް ހަަމ ﷲ ތަޢާލާއެވެ! މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ!
“އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ.” (އަލްމުއްމިނޫން: 78)
އިވުމާއި، ފެނުމާއި، ހިތްތައް ދެއްވެވީ ﷲ ތަޢާލާކަން ބަޔާން ކުރައްވަވާފައި އޮތުމުން އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަހަރެމެންނަސް ފެނުން ދެއްވެވީ ހަމައެކަނި އަހަރެމެންނަށް ފައިދާކުރާނެ ތަންތަން ބަލާކަށް ނޫނެވެ. އިވުން ދެއްވެވީ ވެސް ހަމައެކަނި އަހަރެމެންނަށް ފައިދާހުރި އަޑުތައް އަހާކަށް ނޫނެވެ. އަދި ހިތް ދެއްވެވީ ވެސް ހަމައެކަނި އެމިހާއަށް އުފާވެރިކަން ލިބިގަންނާކަށް ނޫނެވެ.
ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނާނެއެވެ. އުފާވެރިކަންވެސް ލިބިގަންނާނެއެވެ. ނަމަވެސް ހަމަ އަހަރެމެން ފަދަ އެހެން މުސްލިމުންގެ ރުއިމުގެ އަޑުވެސް އަހަންވާނެއެވެ! އެހެން މުސްލިމުންނަށް ކުރިމަތިވެފައިވާ ހިތްދަތި ޙާލަތު ވެސް ފެންނަން ވާނެއެވެ! އަދި އެކަންކަމުން ތިމާގެ ހިތަށް އަސަރުވެސް ކުރަން ޖެހޭނެއެވެ!
ވީމާ މުޞީބާތާއި ދަތިޙާލުގައިވާ މީހުންނަށް އެމީހެއްގެ ފެންވަރުން އެހީތެރިވެދޭށެވެ! ހެޔޮ ދުޢާކުރާށެވެ! ތިމާއަށް ދެއްވެވި ޙިއްޞުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން ކަމަށްވާނީ ދަތިޙާލުގައިވާ މީހުންނާއިވެސް ބައިވެރިވުމުންނެވެ!
ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން މިއަދު ރޮމުން ގެންދާ ރުއިމުގެ އަޑުއަހާށެވެ! އެ ހިތްދަތި، ބިރުވެރި ޙާލަތުން އެމީހުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެއީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް މަތިވެރި ވާޖިބެކެވެ!
–އިސްލާމީ ތިލަފަތުގެ ދަރުސަކުން



Source link

Leave a Reply

Related Articles