• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ 444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟


އަޖައިބުވަނިވި ސިޔާސީންތަކެއް އުޅޭ ޤައުމެކެވެ. ފިކުރު ތަފާތުވާ މީހާގެ ވާހަކައެއް ދައްކަނީނަމަ، ކަރުގައި ހުރި ހުރިހާ ނާރެއް ފުފި ފަޅައިގެން ދާވަރަށް، އަޑު ގަދައެވެ. ފިކުރު އެއްގޮތްވިޔަސް، ހަމަ އެވަރަށް ނާރު އަރުވާފައި ނިކުމެއެވެ. އެކަމަކު އެހެން މަޤުޞަދެއްގައެވެ. ޓީމް މޭޓު ދިފާޢުކުރުމަށެވެ. ހަމަ އަންތަރީހެވެ.މިފަހުން ޤައުމުގެ ސަމާލުކަން ހުއްޓިގެން ދިޔަ އެއް ޚަބަރަކީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކާއި ގުޅިގެން 444 ރުފިޔާ ދައްކަވަން އޭސީސީން އެންގުމެވެ. ނަޝީދާ އިދިކޮޅު ފިކުރުގެ ފަރާތްތަކަށް ހީވޭ އީދެއް އައިހެނެވެ. ރަށްރަށުގެ ބަނދަރަށް ވަދެ މެކުނު އައިނު އައިސް ފުމެގަންނަ މަންޒަރު ސިފަވާކަހަލައެވެ.ޗޭނު ޖަހައިގެން ބިން މަތީ މީހުން ދަމާ މަންޒަރު “އޮޅުމަކުން” ޙިއްސާކުރެވޭ ގާޒީންނާއި، މިހާރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ބައެއް ފަރާތްތަކުން ގެންދަވަނީ ނަޝީދުގެ މައްސަލައިގައި އެ ފަރާތްތަކުގެ ރަޢުޔު ހާމަކުރައްވަމުންނެވެ. މަޤާމަށް ކުފޫ ހަމަނުވާ ކަމަށް އެއް ބަޔަކު ކަނޑައަޅާފައިވާއިރު، އަނެއް ބަޔަކު ވަނީ ވަގުތުން އިސްތިޢުފާދެއްވުމަށް ޖެހިވަޑައިގަންނަވާ ކަމަށް ބަސް އިއްވާފައެވެ.ސީދާ އޭސީސީން މިކަމާ ދޭތެރޭ އެންގި އެންގުމާ ގުޅިގެން އެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ކަންކަން އޮޅުން ފިލުވައިދީފައެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރު ޢަލީ އަޝްރަފް ވަނީ އެކަމުގެ ކޮރަޕްޝަނުގެ ޢަމަލެއް ނުހިމެނޭ ކަމަށް ވިދާޅުވެފައެވެ. އޭސީސީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަކީލްގެ ވާހަކަތައްވެސް ހުރީ މި މޭރުމުންނެވެ. އޭސީސީން ނިންމީ އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށެވެ. ދެން ކޮރަޕްޝަން ނުހިމެނޭ ކަމަށް ނިންމި ސަބަބެއް އެކޮމިޝަނުން އޮޅުން ފިލުވާލުން ރަނގަޅެވެ.ދެން ފާހަގަކޮށްލަން ބޭނުންވަނީ، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ޚަބަރެވެ. ކުރީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެކަކު ކަމުގައިވާ، އަބްދުއްރަހީމް ޢަބްދުﷲގެ ދަރިފުޅު، އިބްރާހިމް ފައިސަލް އާއި އޭނާގެ އަންހެނުންނަށް ޕްރާޑާ ބްރޭންޑުގެ އައިނުތަކެއް ގަންނަން 72000 ރުފިޔާ ޚަރަދުކުރި ވާހަކައެވެ. ހަމަ ދައުލަތުގެ ފައިސާއިންނެވެ. މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ މަޤާމެއްގައި ހުންނަވައިގެން ދައުލަތުގެ ފައިސާއިން ސަޅި އައިނެއް ގަނެލީއެވެ.މިކަމާއި ގުޅިގެން އެއްކަލަ އިދިކޮޅުން ދައްކާނެ ހަމަ އެއްވެސް ވާހަކައެއް ނެތެވެ. އިއްވާނެ މޮޅު ރަޢުޔެއްވެސް ނެތެވެ. ބުނާނެ ހަމަ އެއްވެސް ބަހެއް ނެތީތޯއެވެ. ނޫނީ 444ރ. ގޯސްވެފައި 72000ރ. އޯކޭވީތޯ؟ އެވެ. ރައްޔިތުންގެ ޙައްޤޭ ކިޔައިގެން ދައްކާނެ ހަމަ އެއްވެސް ވާހަކައެއް، ފާޅުކޮށްލާނެ އެއްވެސް ޝުޢޫރެއް ހަމަ ނެތީތޯ؟ އެވެ.މިއީ އަދުގެ ސިޔާސީންގެ ޙާލަތެވެ. ތިމާ ނުރުހޭ ބަޔަކު ނޫނީ މީހަކު ކަމެއް ކޮށްފިއްޔާ ރައްޔިތުންގެ ޙައްޤޭ ކިޔައިގެން ލަވާ ހަޅޭކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެކަމަކު ރުހޭ މީހާ ރޯމާ ދުވާލު މީހަކު ލައިގެން ހުރި ހެދުންކޮޅު ފޭރިގަތަސް، އެބަޔަކު ދިފާޢުކުރަން ތެދުވަނީއެވެ. ގޯސްވެސް ނުވަނީއެވެ. ބޮޑެތި ޖަރީމާތައް ހިންގިޔަސް ހަމަ ވަރިހަމައެވެ.ތިޔަ ވަރު މީހުން ރަނގަޅުވާނީ ރައްޔިތުންގެ ޙައްޤޭ ކިޔައިގެން އެއްޗެކޭ ނުބުނީއާއެވެ. ޙައްޤޭ ކިޔަައިގެން ވާހަކަ ދެއްކީމާ، ރައްޔިތުން މިއަދު އަންނަނީ ޒާތެއް ހިންޏެކެވެ. ސިޔާސީންނަށް ފައްފަށުން ސަލާމެވެ.Source link

Leave a Reply

Related Articles