• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟



ކުކުޅު ބިހަކީ ހަށިގަނޑަށް އެކި ގޮތް ގޮތުން ފައިދާ ހުންނަ އެއްޗެއް ކަމަށް ތަފާތު ދިރާސާތަކުން ދައްކައެވެ.
އެ ގޮތުން މިއީ ޕްރޮޓީން އާއި ހެލްތީ ފެޓް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗަކަށް ވާއިރު ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ އެއްޗެއް ވެސް މެއެވެ.
ގިނަ އަދަދަކަށް ނިއުޓްރިޝަންގެ މާއްދާތައް ވެސް އެކުލެވޭ ބިހަކީ ތަފާތު އެކި ގޮތްތުން ވެސް ހަށިގަނޑަށް ވަރަށް ފާއިދާ ހުރި އެއްޗެކެވެ. އެގޮތުން ބިހުގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި ދިފާއީ ނިޒާމު ވަރުދަގަކޮށްދިނުން ހިމެނެއެވެ.
އެހެން ނަމަވެސް އުފެދޭ ސުވާލަކީ ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތޯއެވެ.
ދިރާސާތަކުން މީގެ ކުރިން ދައްކާފައިވާ ގޮތުންނާއި ގިނަ ބަޔަކު ލަފާދޭ ގޮތުގައި ބިހުގައި ފާއިދާ ހުންނަނީ ހުދު ބައިގައެވެ. ބިހުގެ ގޮބޮޅި ބައި ކާން ގިނަ ބަޔަކު ދެކޮޅު ހަދައެވެ. އެއީ އެބައިގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް އާއި ފެޓްގެ މާއްދާ އެކުލެވޭތީއެވެ.
އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން ދެއްކި ގޮތުގައި ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވުމުގެ ސަބަބުން މިއީ ހަކުރުބަލި ހުންނަ މީހުން ކާން ވަރަށް ރަނގަޅު އެއްޗެކެވެ.
އެގޮތުން ބަލާއިރު ދުވާލެއްގެ މައްޗަށް ބިސް ކާންޖެހެނީ ވަކި މިންވަރަކަށެވެ. ހަކުރުބަލި ހުންނަ ދެ ވައްތަރެއްގެ މީހުން ތިބޭއިރު މާގިނައިން ބިސް ކައިފި ނަމަ ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކޮލެސްޓްރޯލް މައްޗަށް ގޮސްފި ނަމަ ހިތުގެ ބަލިތަކާއި ސްޓޯކް ޖެހުމަށް މަގުފަހިވެދެއެވެ. މިގޮތަށް ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް އެއް މިންވަރެއްގައި ކެއުން ބެހެއްޓުމަކީ މުހިއްމު ކަމެވެ.
ގިނަ އަދަދަކަށް ނިއުޓްރިޝަން އެކުލެވޭ ބިހަކީ ހެލްތީ ޑައިޓަކަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެންމެ ފަހުން ކުރި މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗުން ދައްކާ ގޮތުގައި ހަކުރުބަލި ހުންނަ މީހުން ދުވާލެއްގެ މައްޗަށް ކާންޖެހޭނީ އެންމެ ބިހެކެވެ.
ނިއުޓްރިޝަންސް، ވިޓަމިންސް، މިނަރަލަސް، ގިނަ އަދަދެއްގެ ޕްރޮޓީން، އަދި ގުޑް ފެޓްސް ހިމެނޭ ބިސް ދުވާލަކު އެއް ފަހަރު ކާއިރު ކައްކައިގެން ނުވަތަ ސްކްރަންބަލްޑްކޮށް ހަދައިގެން ވެސް ކެވިދާނެއެވެ.



Source link

Leave a Reply

Related Articles