• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!

ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!



ހިކަނދިފަތަކީ ދިވެހިންނާ ވަރަށް ގާތް އެއްޗެކެވެ. ކައްކަން ބޭނުން ކުރާ ކޮންމެ އެއްޗަކަށް ރަހަ މީރުކުރަން އަޅައެވެ. ހެދިކާޔަކަސް ނުވަތަ ލައިގެންކާ އެއްޗެއް ހެދިކަމުގައި ވިޔަސް ހިކަނދިފަތާ ނުލައި ފުރިހަމައެއް ނުވެއެވެ. ނަމަވެސް ދެރަކަމަކީ ދިވެހިން ހިކަނދިފަތް ބޭނުން ކުރަނީ ހަމައެކަނި ކާ އެއްޗެހީގައި ރަހަލައްވަން ކަމަށް ވާތީއެވެ. ކާ އެތިކޮޅު ހަދައި ނިމި ކާންޖެހޭ ވަގުތު އެ ހުރިހާ ހިކަނދިފަތެއް ނަގައި އެއްކައިރި ކޮށްލައެވެ. ނަމަވެސް އެ ހިކަނދިފަތުން ލިބޭ ފައިދާ އިނގޭ ނަމަ އެހެނެއް ނުހަދާނެކަން ކަށަވެރެވެ. ހިކަނދިފަތުން އިންސާނާގެ ހަށިގަނޑަށް ކާބޯހައިޑްރޭޓްސް، ފައިބަރ، ކެލްސިއަމް، ފޮސްފަރަސް، އަޔަން އަދި ވިޓަމިން ލިއްބައި ދެއެވެ. މީގެ އިތުރުން ވެސް އިންސާނާގެ ހަށިގަނޑައް ލިއްބައިދޭ ފައިދާތައް ވަރަށް ވެސް ގިނައެވެ.
ޑައިބެޓިކްސް ބަލިން ދުރުކޮށްދިނުން:
ހިކަނދިފަތުގެ ސަބަބުން ހަށިގަނޑުގައިވާ އިންސިއުލިން (ލޭގައި ގުލްކޯޒް އުފައްދާ މާއްދާ) އެއްވަރު ކޮށްދީ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށް ކޮށްދެއެވެ. އޭގެ އިތުރުން މި އަޖައިބު ކުރަނިވި ފަތުގައިވާ ފައިބަރގެ މާއްދާތަކަކީ ވެސް ޑައިބެޓިކްސް ބަލިން ދުރުކޮށްދޭ އެއްޗެކެވެ. ކުރުކޮށް ދަންނަވާ ކަމުގައި ވާނަމަ ހިކަނދިފަތަކީ ޑައިބެޓިކްސް ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއެވެ.
ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން:
ހިކަނދިފަތުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ އިތުރު ފެޓްސް އަވަހަށް ހަޖަމުކޮށްދީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހި ކޮށްދެއެވެ.
ކޮލެސްޓްރޯލް ލެވަލް ދައްކޮށްދިނުން:
ދިވެހިންގެ ތެރޭގައި މިހާރު އެންމެ އާންމު އެއް ކަމަކީ ކޮލަސްޓްރޯލް މައްޗައް ދިއުމެވެ. ނަމަވެސް ހިކަނދިފަތުގެ ސަބަބުން އެލް.ޑީ.އެލް ކޮލެސްޓްރޯލް (ނުބައި ކޮލަސްޓްރޯލް) އުފެދުމުން ދުރުކޮށްދެއެވެ. އަދި އެޗް.ޑީ.އެލް (ރަނގަޅު ކޮލެސްޓްރޯލް) އުފެދުމަށް މަގުފަހި ކޮށްދެއެވެ. އެހެން ކަމުން ހިތުގެ ބަލި ފަދަ ކޮލަސްޓްރޯލްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން އިންސާނާ ސަލާމަތްކޮށްދެއެވެ.
ބަރުދަން ލުއި ކޮށްދިނުމަށް އެހީވެ ދިނުން:
ހިކަނދިފަތަކީ އިންސާނާގެ ހަށިގަނޑުގައިވާ ޖުމުލަ ފެޓްސް ލެވެލް ދައްކޮށްދޭ އެއްޗެކެވެ. އޭގައިވާ އަޖައިބު ކުރަނިވި މާއްދާތަކުގެ ސަބަބުން އިންސާނާގެ ބަރުދަން މުޅިން ލުއި ކޮށްލަދެއެވެ. ހަށިގަނޑުން މުޅިން ފެޓްސް ދުއްވާލައި ރީތި ހަށިގަނޑެއް ބައްޓަންކުރަން ބޭނުންވާ މީހަކަށް ހިކަނދިފަތަކީ އެންމެ ރަނގަޅު ހައްލެވެ.
ގޭސް ވުމުން ދުރުކޮށްދިނުން:
ހިކަނދިފަތަކީ ގުތުރަތީ ބޭސްވެރިކަކަމުގައި ވެސް އެންމެ ގިނައިން ބެނުންކުރާ އާލާތެކެވެ. ވަކިން ހާއްސަކޮށް ގޭސްވާ ފަރާތްތައް ބޭނުން ކުރަން އެންމެ އައުލާކަން ބޮޑު ބޭހެވެ. ހެނދުނު ހުސް ބަނޑާ ހުރެ ހިކަދިފަތާއި ލުނބޯހުތް ބޭނުން ކޮށްގެން ތައްޔާރުކުރާ ޖޫހެއް ބޯލުމަކީ އެންމެ ފަސޭހައިން ގޭސް ވުން ހައްލުވާ ކަމެކެވެ.



Source link

Leave a Reply

Related Articles