• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ހެނދުނުގެ ނާސްތާ ކިހާ މުހިއްމުތަ؟

ހެނދުނުގެ ނާސްތާ ކިހާ މުހިއްމުތަ؟



ހެނދުނުގެ ނާސްތާއަކީ މުހިއްމު އެއްޗެއް ކަމަށް ބުނާތީ ކިތައް ފަހަރު އަޑު އެހިންތަ؟ މިކަމާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމްތަކުގައި ތަޖުރިބާކާރުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ފިޓްނަސް އިންސްޓްރަކުޓަރުންވެސް ވަނީ ވާހަކަދައްކާފައެވެ.
މިލިޔުމުގެ މިހާ ހިސާބުން މި ބަލާލަަނީ ހެނދުނުގެ ނާސްތާއަކީ މުހިއްމު އެއްޗެއްތޯ ބެލުމަށް ހަދާފައިވާ ކުޑަ ދިރާސާއަކަށެވެ.

ހެނދުނުގެ ނާސްތާ އަކީ ކިހާ މުހިއްމު އެއްޗެއް؟

މިކަމާއި ގުޅިގެން ތަފާތު ގިނަ ގޮތްތަށް ވަނީ ވާހަކަދެކެވިފައެވެ. ޖާރނަލްއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގައި އަކީ މުޅި ދުވަހުގައި އެންމެ ގިނައިން ކާ ވަގުތައް ހަދައިފި ނަމަ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަށްވުރެ ހެނދުނުގެ ނާސްތާ ނަގާ މީހުންގެ ބޮޑީ މާސް އިންޑެކްސް(ބީއެމްއައި) ބްލަޑް ޕްރެޝަރ، ކޮލެސްޓްރޯލް ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
އަދި ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަކީ ސިއްހަތު އެއްވަރެއްގައި ހިފަހައްޓާ ބައެއް ކަމަށާއި އަދި މި މީހުން ހެނދުނުގެ ނާސްތާ ނަގަން ފަށައިފި ނަމަ ވަރަށް އަވަހަށް ފަލަވާ ކަމަށް ޔޫޓާ ވެލީ ޔުނިވާރސިޓީން ހަދާފައިވާ ދިރާސާއިން ދައްކައެވެ.
އެހެންކަމުން މިއަދާއި ހަމައަށް އައި އިރުވެސް ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ ރަނގަޅު ކެއުންތޯ ދިރާސާ ކުރާ ފަރާތްތަކަށް ނިންމިފައެއް ނުވެއެވެ. އެހެންނަމަވެސް ތަޖްރިބާކާރުން އެއްބަސްވެވޭ އެއް ކަމެއް އެބައޮތެވެ. އެއީ ހެނދުނުގެ ނާސްތާގައި ކައިއުޅޭ އެއްޗެސްސަކީ އޭގެއިން އެކި ގޮތްތަށް މީހާގެ ހަށިގަނޑަށް އަސަރު ފޯރާ އެއްޗެސް ކަމަށެވެ.

ހެނދުނުގެ ނާސްތާއަށް އެންމެ ކަމު ނުދާ ތަކެއްޗަކީ

ސީރިއަލް

ހެނދުނުގެ ނާސްތާގައި ސީރިއަލް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސީރިއަލްއަކީ ގްރެއިންގެ ބާވަތަކުން ތައްޔާރުކުރާ އެއްޗަކަށްވާއިރު، ސީރިއަލް ހެދުމުގެ ތެރޭގައި ގިނަ އަދަދެއްގެ ނިއުޓްރިޝަން އެކުލެވޭ މާއްދާތައް ބޭރުކޮށްލުމަށްފަހު މިތަކެތި ހުންނަނީ ލޯ ކުއަލިޓީގައި ބާޒާރަށް ނެރެފައެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ވިޓަމިންއާއި މިނަރަލްސް ސީރިއަލްގައި ހިމެނެއެވެ. އަދި އެއް ޖޯޑް ސީރިއަލްގައި، އެއް ޑޯނަޓާއި އެއް ވަރަށް ހަކުރު އެކުލެވިގެންވާއިރު ހަކަތަ އިތުރުކޮށްދިނުމަށް މިކަމުން ހުރަސް އަޅައެވެ.

ޕްރޮސެސްޑް މީޓްސް

ބޭކަން، ސޮސެޖް، ފަދަ ތަކެއްޗަކީ އޭގެ ޒާތުގައި މީހުންގެ މަޤްބޫލުކަން ހޯދާފައިވާ އެއްޗެއް ނަމަވެސް ހެނދުނުގެ ނާސްތާއަށް އެންމެ ކަމު ނުދާ އެއްޗެސެވެ. މިތަކެތީގައި ގިނަ އަދަދަކަށް ސޯޑިއަމް، ފެޓްސް، ނައިޓްރޭޓްސް، ފަދަ މާއްދާތައް ގިނަ ވުމުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާނެއެވެ.

އޮރެންޖް ޖޫސް

އޮރެންޖް ޖޫހަކީ އޭގެ ޒާތުގައި ގިނަ އަދަދެއްގެ ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް ހިތާމައަކީ 12 އައުންސް އޮރެންޖް ޖޫހުގައި 9 ސައިސަމްސާއާއި އެއްވަރަށް ހަކުރު އެކުލެވިގެންވެއެވެ. ހުސްބަނޑާއި ހުރެ އެންމެ ފުރަތަމަވެސް ހެނދުނު ގަޑީގައި އެއްޗެއްކާއިރު ހަކުރު އެކުލެވޭ އެއްވެސް އެއްޗެއް ކެއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މިގޮތަށް ހަކުރު އެކުލެވޭ އެއްޗެއް ކައިފި ނަމަ އެއާއި އެއްވަރަށް ފައިބަރ އެކުލެވޭ އެއްޗެއް ކެއުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫނީ ލިވަރގެ މައްސަލަތައް ޖެހުމަށް މަގުފަހިވާނެއެވެ.

ހެނދުނުގެ ނާސްތާއަށް އެންމެ ރަނގަޅު އެއްޗެއްސަކީ:-

ޔޯގަޓް

ޔޯގަޓަކީ ހެނދުނުގެ ނާސްތާއަށް އެންމެ ރަނގަޅު އެކައްޗެވެ. ޔޯގަޓްގައި ގިނަ އަދަދަކަށް ކެލްސިއަމް، ބީ ވިޓަމިންސް، ޕްރޮޓީން ހިމެނެއެވެ. ޔޯގަޓްގެ ތެރެއިންވެސް އެންމެ ރަނގަޅީ ފުރުޓް ފްލޭވާޑް ޔޯގަޓަށްވުރެ ޕްލެއިން ޔޯގަޓެވެ.

ފްރެޝް ފުރުޓް ސެލެޑް

ތާޒާ މޭވާ ހެނދުނު ގަޑީގައި ނާސްތާގެ ގޮތުގައި ނެގުމަކީ މޭވާ ޖޫސްތައްޓެއް ބޯލުމަށްވުރެ ރަނގަޅު ކަމެކެވެ. މޭވާގައި ގިނަ އަދަދަކަށް ފައިބަރގެ މާއްދާ އެކުލެވުމުން ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައިތައް ނައްތާލާނެއެވެ. ދިރާސާކުރާ މީހުންވެސް އެއްބަސްވާގޮތުގައި ހެނދުނު ގަޑީގައި ފުރުޓް ޖޫސް ބުއިމަށްވުރެ ރަނގަޅީ މޭވާ ވަކިން ކެއުމެވެ. އެއީ މިގޮތަށް ކެއުމުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ގިނަ އަދަދަކަށް ލިއްބައިދޭނެއެވެ.

ވެޖީ އޮމްލެޓް

ވެޖީ އޮމްލެޓަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗަކަށްވާއިރު ބިހުގެ ހުދު ބައި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ސްޕީނަޗް، ޕެޕަރ އަދި ޓުމާޓޯ އިތުރުކޮށްލުމަށްފަހު ބިސްގަނޑު އަޅާށެވެ. ބިހުގެ ޔޯލްކްގައި ފެޓް، ކޮލެސްޓްރޯލް ގިނަ އަދަދަކަށް ހިމެނުމުން ބިސްގަނޑު އަޅާއިރު މިބައި ނަގާލުން ރަނގަޅުވާނެއެެވެ.
އެހެންކަމުން ދުވަސް ފަށައިގަންނަ ނާސްތާއަކީ ސިއްހަތަށް ފާއިދާ ހުރި ނާސްތާއަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
 



Source link

Leave a Reply

Related Articles