• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ފަށައިފި


ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ރަސްމީކޮށް ފަށައިފިއެވެ.ށ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގައި އަލަށް ޤާއިމް ކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވާ ދަތުގެ ފަރުވާދިނުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ.ހޮސްޕިޓަލު ހުންނަ ށ. ފުނަދޫއަކީ ގާތްގަނޑަކަށް 2632 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި އަތޮޅުގައި 14500 މީހުން ދިރިއުޅެއެވެ. ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން ދިޔުމަކީ މި ޚިދުމަތް ހޯދުމަށް ށ. ފުނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ދަތުގެ ޚިދުމަތް ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.ހެލްތް މިނިސްޓްރީން ބުނީ ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވީހިނދު ށ. އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމް ކުރެވުނު ޚިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިއްމު ޚިދުމަތެއްކަން ފާހަގަ ކުރާ ކަމަށެވެ.އެހެންކަމުން ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފު ކުރުމުގެ ސަބަބުން ށ. ފުނަދޫ ރައްޔިތުންނާއި އަދި އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޚީ ޚިދުމަތެއް ފޯރުކޮށް ދިނުމުގެ ޕްރޮގްރާމުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.Source link

Leave a Reply

Related Articles