• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ނިއުމަތް

ނިއުމަތް


133733

ނިއުމަތް ދެއްވަނީ الله سبحان و تعالىٰ. އެވެ. ނިއުމަތް އަނބުރާ ގެންދަނީވެސް الله سبحان و تعالىٰ. އެވެ. ނިއުމަތެއް ލިބުމުން އެ ނިއުމަތަކަށް ޝުކުރުނުކޮށް ހިތުހުރިހާ ގޮތަކަށް މިދުނިޔޭގަ އެއްވެސް ބިރެއްނެތި އުޅޭ އިންސާނުންވެސް މަދެއްނޫނެވެ.
އެމެރިކާގެ ބިލިޔަނަރެއްކަމުގާވާ ޓްރެވޯއަކީ އޭނާގެ މުއްސަނދިކަމަށް މަޝްހޫރު މީހެކެވެ. މީސްމިޑިއާގަވެސް އެހާ މަގްބޫލް މީހެކެވެ. ފައިސާއިން އޭނާއަށް ނުކުރެވޭ ކަމެއް ނޯވެޔެވެ. ޒަމާނީ ހަތިޔާރާއެކު އޭނާގެ ގެދޮރު ފޯރިމެރުމަށް ބައިތިއްބާފަ ތިބެނީ އެންމެ އަގުބޮޑު އަދި އެންމެ ތަޖުރިބާކާރު ސިފައިންނެވެ. މިލްކިއްޔާތުގާ ފަސް މެންޝަން އަދި ތިން އިމާރާތާ އެތައް އުޅަނދެއްއޮވެއެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ޓްރެވޯ ދިޔައީ އޭނާގެ ވިޔަފާރިޔާގެން ކުރިޔަށްށެވެ. އޮފީހުގާ އިނދެގެން އެކި މީހުންނަށް ގުޅާ ވާހަކަދައްކަމުންނެވެ. ދުވަހުގެ ތާވަލް ރޭވިފާވާ ގޮތުން މިއަދަކީ މެންދުރުން ފަށައިގެން ދިހަ ދުވަހަށް އޭނާ ޗުއްޓީ ހަދާލަން ތާކަށްދާދުވަސްކަމުން މަސައްކަތް މަޑުޖައްސާލާފަ އަމިއްލަ ޖެޓަށް ގުޅުމަށްފަހު އެއާޕޯޓްއަށްދިޔައެވެ. ޖެޓްއަށް އެރުމަށްފަހު ޕައިލްޓް ކައިރި އޭނާ އިޓަލީއަށް ގެންގޮސްދިނުމަށް އެދުނެވެ.
ދިގު ދަތުރަކަށްފަހު ޓްރެވޯއަށް އިޓަލީއަށް އާދެވިއްޖެއެވެ. އެންމެ ފުރުތަމަވެސް އޭނާ ބޭނުންވީ ވިއެންސްއަށް ގޮސްލާށެވެ. ދުވަހަކީ ހުކުރުދުވަހެވެ. ވިއެންސްގައި އުޅުމުގެތެރޭގައި އޭނާއަށްފެނިގެން ދިޔައީ ބޮޑެތި ޖަމާއަތްތައް ހަދައިގެން ބަޔަކުމީހުން ހަށަށްބަނދެގެންތިބިތަނެވެ. ޓްރެވޯ އޭނާގެ ހަށިފާރަވެރިޔެއް ކައިރި އެއީ ކޮންބައެއްތޯ އަހާލުމުން އެނގިގެންދިޔައީ އެއީ މުސްލިމުންކަމަށްށެވެ. ކޮންމެޔަކަސް ވިއެންސްގާ އިތުރަށް މަޑުނުކޮށް ދެން ޓްރެވޯ އެންމެ ބޭނުންވީ ފެރާރީއެއް ގަންނަންށެވެ. އެގޮތުން ފެރާރީގެ އެންމެ ފަހުގެ ވައްތަރު ވިއްކާ ފިހާރައަކަށް ދިޔުމުން އެފިހާރަގައި ބަންދުބޯޑު އަޅުވާފައި އިނެވެ. އެ ބޯޑުގާވާ ލިޔުންކޮޅު ކިޔާލިއިރު އޭގަ ލިޔެފައިވަނީ ވެރިފަރާތްވަނީ ހުކުރުނަމާދަށް ގޮސްކަމެވެ. އަދި ހުޅުވާނީ ދެގަޑި ބައިގަކަމަށްށެވެ.
ކައިރީގަ ހުރި ކޮފީ ޝޮޕްއަކަށްވަދެ ޓްރެވޯ މަޑުކޮށްލައިގެން އިނދާ އިރުކޮޅަކުން ފިހާރާއިގެ ވެރިމީހާ އައިސް ފިހާރަ ހުޅުވިތަން ފެނިގެންދިޔައެވެ. ފިހާރަ ހުޅުވުމާއެކު އަވަސް އަވަހަށް ޓްރެވޯ ގޮސް ފިހާރައަށްވަނެވެ. އަދި އެންމެ ފަހުގެ ފެރާރީ މޮޑެލް ދައްކާލުމަށްއެދުނެވެ. ވެރިމީހާ އެންމެ ފަހުގެ މޮޑެލް ދައްކާލުމުން ވަގުތުން ފައިސާ ދައްކާފަ ޓްރެވޯ އޭނާގެ ފެރާރީ ގަނެގެން ނުކުތެވެ. އެއަށްފަހު ފެރާރީގައި މުޅި އިޓަލީގަ ބުރެއްޖަހަން ނިންމިއެވެ. އެތައް އިރަކު ދުއްވުމަށްފަހު ވަރުބަލި ފިލުވާލުމަށް ފެހިކަން ގަދަ ރީތި މާތައްހުރި ބިމަކަށް މަޑުކޮށްލިޔެވެ. އެއަށްފަހު ފެރާރީއާއެކު ސެލްފީއެއްނެގިއެވެ. އަދި އަޕްލޯޑްކުރަމުން ސްޓޭޓަސްގާ ޖަހާލިޔެވެ. މިއީ އަހަރެންނާއެކު ދެން އޮތް ދުނިޔެއަށްވެސް ގެންދާނެ ކާރެވެ. އަހަރެން މިކާރުގާ ދިގުދެމިގެންވާ ދަތުރުތައް ކުރާނަމެވެ.
އަޕްލޯޑްކުރުމާއެކު ތައުރީފްގެ ބަދަލްގާ ޓްރެވޯއަށް ލިބެންފެށީ މަލާމާތާ ލަދެވެ. މީހުންގެ ނުރުންވި ބަސްތައް ފަތިފަޗަށް ޓްރެވޯގެ ދެލޮލަށް ދިޔައީ ފެންނަމުންނެވެ. މި ސްޓޭޓަސްގެ ސަބަބުން ބައެއް ޙަބަރުތަކުގާވެސް އިސާހިތަކު އެ ވާހަކަ ލިޔެވިގެންދިޔައެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގި ހުރެ އެ ސްޓޭޓަސް ފުހެލިޔެވެ. އެއަށްފަހު ފެރާރީއަށް އަރާ ދުއްވާލިޔެވެ. މިހެން ދުއްވުމުގެ ތެރޭގަ ކުޑަ އަވަށަކަށް އާދެވިއްޖެއެވެ. އެ އަވަށުގެ މީހުންވަނީ ގެޔަކަށް ވަނުމަށް ދިގު ސަފެއް ހަދާފައެވެ. ވެގެން އުޅޭގޮތް ބަލާލުމަށް ޓްރެވޯ އަވަސްވެގަތެވެ. އެތަނުން މީހަކާ ސުވާލުކޮށްލުމުން މީހަކު މަރުވެގެން އުޅޭ ވާހަކަ ބުނެލިޔެވެ. އަދި މޫނު ބަލާލަން އައުމަށް ދައުވަތުދިނެވެ. ޓްރެވޯ އިރުކޮޅަކު ކިޔުގަ ހުރެފަ އެތެރެޔަށްވަނެވެ. ފުރުތަމަވެސް ނޭފަތުގާ ޖެހުނީ ދުވަހަކުވެސް ނުދުވާހާ މީރުވަހެވެ. މައްޔިތާއާ ކައިރިވިވަރަކަށް ދިޔައީ މީރުވަސް ގަދަވަމުންނެވެ. މައްޔިތާއާ ކައިރި ވުމާއެކު ފެނިގެންދިޔައީ އުޖާލާ މޫނެކެވެ. އެމޫނުގާ އުފާވެރި ހިނިތުންވުމެއްހުއްޓެވެ. ހައިރާންވެފާހުރި ޓްރެވޯ އެތައް އިރަކު ބަލަން ހުރުމަށްފަހު އެގެއިން ނުކުތެވެ. އަދި މައްޔިތާގެ އާއިލާ މީހުންނާ ބައްދަލްކުރިޔެވެ. މައްޔިތާގެ ބައްޕަ ޓްރެވޯ ގޮވައިގެން ގޮސް ހަލާކުވާން ކައިރިވެފާހުރި ޖިފުޓިގަނޑަކަށްވަނެވެ. އެއަށްފަހު ކިޔާދޭންފެށިއެވެ.
” މިއީ އަހަރެންގެ ދަރިފުޅު އުޅެ ބޮޑުވިގެ. އޭނާއަށް ކުއްލި މުއްސަނދިކަމެއްލިބުނު ނަމަވެސް އޭނާ އެ ބޭނުންކުރީ އަހަރުމެން ހީވެސް ނުކުރާގޮތަށް. އޭނާއަށް ލިބުނު މުއްސަނދިކަމުން އޭނާ އެންމެ ފުރުތަމަވެސް އަހަރުމެން ގޮވައިގެން ދިޔައީ ހައްޖަށް އަދި ހައްޖަށް ނުދެވިފާތިބި އެތައް ބަޔަކު ފޮނުވާދިން. އެއަށްފަހު ސަދަގާތްގިނަކުރި އަދި މިތަނުގާ މިސްކިތެއްވެސްއެޅި. އޭނާގެ ކޮންމެ ދަތުރަކީ އިންސާނިއްޔަތައް އެހީވުމަށްކުރި ދަތުރެއް. އެތައް ބަޔަކަށް އޭނާގެ ފަރާތު އެހީލިބުން. މިހެން އުޅެނިކޮށް ދުވަސްގަނޑަކަށްފަހު އޭނާ ވަރަށް ބަލިވި އަދި އަނބުރާ މިތަނަށް އައި. އެ އައި ގޮތަށް އޭނާ ބޭނުންވީ މި ޖިފުޓީގަ އޭނާގެ ބާކީ ދުވަސްތައް ހޭދަކުރަން. ކޮންމެ ދުވަހަކު އޭނާ އެތައް ކުދިންނަށް އިލްމު އުނގަނާދޭ ހާއްސަކޮށް ގުރުއާން. އިއްޔެ އޭނާ ހަބަރެއް ނުވެގެން އައިސް އަހަރެން ބެލިއިރު ކުނާމަތީގާ އޭނާ އޮށޯވެލައިގެން އޮތް އަހަރެން ވަތްތަނުން އެދުނީ ވަރަށް އަވަހަށް ގޭތެރެ ރީތިކޮށްދިނުމަށް މެހެމާނުންތަކެއް އޭނާ ބަލާ އައިސް އެބަތިބިކަމަށް. އަހަރެން އަވަސް އަވަހަށް ގޭތެރެ ސާފުކޮށް ދޮރަށް ބަލަހައްޓައިގެން ހުރި ނަމަވެސް އަހަރެންނަށް އެބުނާ މެހެމާނުންނެއް ނުފެނުން. އެންމެ ފަހަށް ދަރިފުޅަށް ބަލާލިއިރު އޮތީ ހިނިތުންވުމާއެކު ނިޔާވެފަ. އަދިވެސް އޭނާގެ މިލްކިއްޔާތުގާ އެތައް އެއްޗެއް އެބަހުރި. އެކަމު އޭނާ ދާން އެ ޖެހުނީ ހުސްއަތާ. ގެންދެވުނީ ފިލާކޮޅަކާ ފޮތިކޮޅެއް އަދި އޭނާގެ ހެޔޮ އަމަލް. އޭ އަހަރެންގެ މެހެމާނާ. މިއަދު އަހަރެން އުފާކުރަމެވެ. އަހަރެންގެ ދަރިފުޅަށް އެވަނީ الله سبحان و تعالىٰ. ހެޔޮމަރެއް ދެއްވާފައެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއް ކިތަންމެ ބޮޑު މުއްސަނޖަކަސް ރަނުންނާ ޖަވާހުރުން ސަންދޯކް ހަދައިގެން އުޅުނަސް އެކައްޗެއްވެސް ދެން އޮތް ދުނިޔެއަކަށް ނުގެންދެވޭނެކަން ހަނދާންކުރާތި ”
މައްޔިތާގެ ބައްޕަ ކިޔާދިން ވާހަކަ ޓްރެވޯ ރަނގަޅަށް އަޑުއެހުމަށްފަހު ފުންކޮށް ވިސްނަންފެށިއެވެ. އަދި އޭނާ ގަނެފައިވާ ފެރާރީއަށް ބަލާލިޔެވެ. އެއީ އޭނާގެ ހަރުމުދާކަން އެނގެއެވެ. ނަމަވެސް މާދަންވެސް އޭނާ މަރުވެއްޖެނަމަ އެ ނުގެންދެވޭނެކަން އޭނާއަށް ވިސްނެންފެށިއެވެ. މައްޔިތާ ބައްޕަގެ އެހީއާއެކު އިސްލާމްދީންގެ ހުރިހާ މައުލޫމާތެއް ޓްރެވޯ ހޯދިޔެވެ. އަދި ޝަހާދަތްކިޔާ އިސްލާމްވުމަށްފަހު އޭނާގެ މިލްކިއްޔާތު ހެޔޮގޮތުގާ ބޭނުންކުރުމަށް އަޒުމް ކަނޑައެޅިޔެވެ.
– ނިމުނީ –
ކެޓެގަރީ: ކުރުވާހަކަ

1337

Sum

0.0

Sindbaadh vaahaka hutaalee tha

1

1 month ago

އަބްދުﷲ ނަޝީދު Listing Owner

ސަބްމިޓްކޮށްފަ އިންނާނީ އެނގޭތޯ. ކުރުވާހަކައަށްވެސް ޖާގަދޭތީ ލަސްވަނީ

1

1 month ago

ޝަމްވީލް

0.0

ވަރަށް ރީތި ވާހަކައެއް

2

2

2 months ago

ލިއުޝާ

0.0

މާޝާﷲ! ވަރަށް އިބުރަތްތެރި، ރީތި ވާހަކަ އެއް!

8

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles