• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ ރިތޭޝް ބޭނުން ވަނީ ބައްޕަގެ ހަޔާތަށް ފިލްމެއް އުފައްދަން

ރިތޭޝް ބޭނުން ވަނީ ބައްޕަގެ ހަޔާތަށް ފިލްމެއް އުފައްދަން


Share

ބޮލީވުޑުގެ ތަރި، ރިތޭޝް ދޭޝްމުކް، އޭނާގެ ބައްޕަ އަދި އިންޑިއާގެ މަހަރާޝްތްރާގެ ކުރީގެ ޗީފް މިނިސްޓަރު، ވިލަސްރާއޯ ދޭޝްމުކްގެ ހަޔާތަށް ފިލްމެއް ނެރެން ބޭނުންވާ ކަމަށް ބުނެފި އެވެ.

Advertisement
ހައުސްފުލްގެ ފިލްމުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރިތޭޝް ބުނީ ބައްޕަގެ ހަޔާތަށް ފިލްމެއް ނެރުމަށް ވަރަށް ބޭނުންވާ ކަމަށައި އެގޮތުން މިހާރު އޭނާ އިންތިޒާރު ކުރަމުންދަނީ ރަނގަޅު ސްކްރިޕްޓަކަށް ކަމަށެވެ. ރިތޭޝް ބުނި ގޮތުގައި ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ބައްޕަގެ ދިރިއުޅުމަށް ސްކްރިޕްޓް ތައްޔާރުކޮށް، ފިލްމު އުފެއްދުމަށް އޭނާގެ ކައިރީ އެދިފަ އެވެ. ނަމަވެސް ރިތޭޝް ވަނީ އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.ރިތޭޝް އިތުރަށް ބުނެފައި ވަނީ އޭނާގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ބައްޕަގެ ހަޔާތަށް ފިލްމެއް ނެރުން ކަމަށެވެ. އަދި އިތުރަށް ބުނީމީހެއްގެ ދިރިއުޅުމަށް 500 ސޮފުހާގެ ފޮތެއް ނެރެފައިވީނަމަވެސް އެމީހާގެ ދިރިއުޅުން ދެތިން ގަޑިއިރުގެ ތެރޭގައި ދައްކަން ވަރަށް އުނދަގޫވާނެ ކަމަށެވެ.މިހެންކަމުން ފިލްމެއް އުފެއްދުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭކަން ފާހަގަކުރި އެވެ.ރިތޭޝް އާންމުކޮށް ފެނިގެންދަނީ މަޖާ ފިލްމުތަކުންނާއި ނުބައިބައި މީހެއްގެ ރޯލުންނެވެ. ރިތޭޝްގެ ކުރިއަށް އޮތް ފިލްމަކީ ބާގީ ތިނެކެވެ. މިއީ ޓައިގާ ޝްރޯފާއި ޝްރައްދާ ކަޕޫރާއެކު އޭނާ ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ނެރެން ނިންމާފައި ވަނީ މާޗު ހައެއްގަ އެވެ. Source link

Leave a Reply

Related Articles