• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ބަންގި ގޮވުމަށްފަހު އިމާމުމީހާ ދުޢާކުރަންޖެހޭނެތޯ؟ އަދި އެނޫން މީހުންނަށް އެގަޑީގައި ދުޢާކުރުން ހުއްދަވެގެންވޭތޯ؟

ބަންގި ގޮވުމަށްފަހު އިމާމުމީހާ ދުޢާކުރަންޖެހޭނެތޯ؟ އަދި އެނޫން މީހުންނަށް އެގަޑީގައި ދުޢާކުރުން ހުއްދަވެގެންވޭތޯ؟


ސުވާލު: ބަންގި ގޮވުމަށްފަހު އިމާމުމީހާ ދުޢާކުރަންޖެހޭނެތޯ؟ އަދި އެނޫން މީހުންނަށް އެގަޑީގައި ދުޢާކުރުން ހުއްދަވެގެންވޭތޯ؟

ޖަވާބު: ބަންގިއާއި ޤަމަތާ ދެމެދުގެ ވަޤުތަކީ ދުޢާ އިޖާބަކުރައްވާ ވަޤުތެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ) [رواه الترمذي في سننه وصححه الألباني] މާނައީ: “ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إذا نَادَى المُنَادِي فُتِحَتْ أبْوابُ السَّمَاءِ وَاستُجِيبَ الدعاءُ.- رواه أبوعوانة في مسنده، والحاكم في المستدرك، وصححه الألباني. މާނައީ: “ބަންގި ގޮވާ މީހާ ބަންގި ގޮވައިފިނަމަ، އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެހާރުން ދުޢާ އިޖާބަވެއެވެ.”
އެހެންކަމުން ބަންގިއާ ޤަމަތާ ދެމެދު ދުޢާކުރުމަކީ ވަރަށް ރަނގަޅުކަމެކެވެ. ބަންގި ގޮވާ މީހާވެސް އަދި އެނޫން މީހުންވެސް މެއެވެ. އެއީ ދުޢާ އިޖާބަވުން އުއްމީދު ކުރެވޭ ވަޤުތެކެވެ. ވަﷲ އަޢުލަމު

ޖަވާބު ދެއްވީ = الشيخ محمد شافع






Source link

Leave a Reply

Related Articles