• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ ބައްޕަމެންގެ އިސތިހާރަށް ތައިމޫރު ޖެހި ހިނިގަނޑުން ބޮޑު ސިހުމެއް!

ބައްޕަމެންގެ އިސތިހާރަށް ތައިމޫރު ޖެހި ހިނިގަނޑުން ބޮޑު ސިހުމެއް!


Share

ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރަކީ ބޮލީވުޑުގެ އެންމެ ބިޒީ ތަރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ދެތަރިންނެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް ދަރިފުޅު ތައިމޫރަށް މި މީހުން ވަގުތުދެ އެވެ. އެގޮތުން މިފަހަރު މިވަނީ ދެމީހުން އެކުގައި ކުޅޭ އިޝްތިހާރެއްގެ ޝޫޓިންއަށް ތައިމޫރު ގޮވައިގެންގޮސްފަ އެވެ.

ބައްޕަމެންގެ އިސތިހާރަށް ތައިމޫރު ޖެހި ހިނިގަނޑުން ބޮޑު ސިހުމެއް!

Advertisement
ހެއާސްޓައިލިސްޓް ޔިއަނީ ތަސަޕަޓޯރީ ސޯޝަލް މީޑިއާގައި ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ ތައިމޫރު، އޭނާގެ މަންމަ އާއި ބައްޕަ، އިޝްތިހާރެއް ކުޅޭ ތަނުގައި ހެވިފައި ހުރި މަންޒަރެވެ. އެގޮތުން ކްރޫ މެމްބަރުންނަށް ތައިމޫރު އެހީވާ މަންޒަރުވެސް މި ވީޑިއޯއިން ފެނިގެންދެ އެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ، ބޮލީވުޑުގެ ބަތަލާ، ދީޕިކާ ޕަޑުކޯން އާއި އާލިއާ ބަޓް ފަދަ ތަރިން ވަނީ ތައިމޫރް ލޯބިކަމުން ކޮމެންޓްކޮށްފަ އެވެ.އޭގެ އިތުރުން ވެސް ކަރީނާ އާއި ސައިފްގެ ބައެއް ސަޕޯޓަރުން ވެސް ވަނީ މި ވީޑިއޯއާ ގުޅިގެން ކޮމެންޓްކޮށްފަ އެވެ. އެގޮތުން ބުނީ ތައިމޫރަކީ އެންމެ “ކިއުޓް” އެއް ކުއްޖާ ކަމަށެވެ. މީގެ ކުރިން ކަރީނާ ވަނީ، “ހިއުމަން އޮފް ބޮމްބޭ” އަށް ދިން އިންޓަވިއުއެއްގައި ދަރިއަކު ލިބުމަކީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ސަޅި ތަޖުރިބާ ކަމަށާއި އެގޮތުން ތައިމޫރް އެންމެ ގަޑިއިރަކު ވެސް ނުފެނިދާނަމަ އޭނާއަށް އުނދަގޫވާ ކަމަށް ބުންޏެވެ. ކަރީނާ އިތުރަށް ބުނީ މަސައްކަތުގައި އުޅުނަސް ދަރިފުޅަށް އޭނާ އަބަދުވެސް ވަގުތު ދޭ ކަމަށެވެ. ބޮލީވުޑުގެ އެންމެ މަގުބޫލު އެއް “ސްޓާ ކިޑް” ގެ ގޮތުގައި އެންމެން ވެސް ފާހަގަކުރާ ތައިމޫރަށް އަބަދުވެސް ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ފޯރަ އެވެ.ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ދަރިއަކު ލިބިފައި ވަނީ 2016 ވަނަ އަހަރު އެވެ. ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ.Source link

Leave a Reply

Related Articles