• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ބުޅަލުގެ މަސްކެޔުން ހުއްދަވާނެތޯ؟

ބުޅަލުގެ މަސްކެޔުން ހުއްދަވާނެތޯ؟


ބުޅަލުގެ މަސްކެޔުން ހުއްދައެއް ނުވާނެއެވެ. އެއީއެއްގަމު ޖަނަވާރުންގެ ތެރެއިން ފޭރާދަތުން ޝިކާރަކޮށްގެން ކައިބޮއިއުޅޭ ޖަނަވާރެކެވެ. އެއީ މިނިކާވަގު، ކުއްތާ، ސިންގާ، ސާރިދޯޅު ފަދަ ޖަނަވާރުތަކެވެ. އަބޫ ޘަޢުލަބަތުލް ޚުޝަނިއްޔި ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((أَنَّ رَسُولَ اللهِ صلّى الله عليه وسلّم نَهَى عَنْ أَكْلِ كُلِّ ذِي نَابٍ مِنَ السِّبَاعِ)) متفق عليه މާނައީ: “ހަމަކަށަވަރުން، ޝިކާރަކުރާ ޖަނަވާރުންގެ ތެރެއިން ފޭރާދަތްވާ (އެބަހީ: ފޭރާދަތުން ޝިކާރަކުރާ) ޖަނަވާރުކެއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަހީކުރެއްވިއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((كُلُّ ذِي نَابٍ مِنَ السِّبَاعِ فَأَكْلُهُ حَرَامٌ)) رواه مسلم މާނައީ: “ޝިކާރަކުރާ ޖަނަވާރުންގެ ތެރެއިން ފޭރާދަތްވާ (އެބަހީ: ފޭރާދަތުން ޝިކާރަކޮށްއުޅޭ) ކޮންމެ ޖަނަވާރެއް (ދަންނައެވެ.) ފަހެ، އެފަދަ ޖަނަވާރެއްކެއުމަކީ ޙަރާމްކަމެކެވެ.”

 

ޖަވާބު ދެއްވީ = الشيخ محمد شافع


Source link

Leave a Reply

Related Articles