• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ޅައުމުރުން ފެށިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި

ޅައުމުރުން ފެށިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި


ޅައުމުރުން ފެށިގެންވެސް ކުދިންނަށް މަސައްކަތްތައް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެކުދިން ހެދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.”ދަރިންނަށް މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގެ މަސައްކަތްތަކުގައި ބައިވެރި ކުރުން” މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، މުރާލިކަމާއި ހީވާގި ކަމާއެކު ހުއްދަ މަސައްކަތުން ރިޒުޤު ހޯދުމަށް ދީނުގައި ގޮވާލާފައިވާ ކަަމަށާއި، މަސައްކަތް ކޮށްގެން ދިރިއުޅުން ބިނާ ކުރުމަށް މި ދީނުގައި ބާރުއަޅުއްްވާފައިވާ ކަމަށެވެ.އެގޮތުން ޅަ އުމުރުން ފެށިގެން ކުދިންނަށް މަސައްކަތުގެ ލޯބި ޖައްސުވައިދީ އެކި ބާވަތުގެ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މުހިއްމުކަމަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

އެކުދިންނަށް މަސައްކަތް ދަސްކޮށްދީ ޅައިރުންސުރެ މަސައްކަތަށް ލޯބި ޖައްސުވައި، ހީވާގި ބަޔަކަށް ހަދަން ޖެހޭނެއެވެ. އަމިއްލައަށް ކުރެވޭ ވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ ހަރުލައްވަން ޖެހޭނެއެވެ. ގޭތެރެއާއި މުޖުތަމައުގެ މަސައްކަތުގައި ބައިވެރި ވުމުގެ ރޫހު އަށަގަންނުވަންޖެހޭނެއެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަދީގެން ނުވާނެއެވެ.
~ ހުކުރު ޚުތުބާގެ ތެރެއިން

ޚުތުބާގައި އިތުރަށް ބުނީ، ކީރިތި ރަސޫލާވެސް ތުއްޕުޅު އިރުއްސުރެ މަސައްކަތް ކުރެއްވި ކަމަށާއި، އެގޮތުން ގޭތެރޭގެ މަސައްކަތާއި، ވިޔަފާރީގެ އެކިއެކި މަސައްކަތްތަކާއި، އެހެން މީހުންގެ މަސައްކަތްތަކާއި، ޖަމާއަތުގެ މަސައްކަތްތައްވެސް ކުރައްވާފައިވާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.މިސާލެއްގެ ގޮތުން ޚުތުބާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަސްޖިދުއްނަބަވީ ބިނާ ކުރެއްވިއިރު ހިލަ އުފުއްލެވުމާއި ވެލި އުފުއްލެވުމުގެ އިތުރުން އެކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުން ހިމެނެއެވެ.މަސައްކަތް ކުރުމަށާއި، މަސައްކަތްތެރިކަން ދަސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފައިވާއިރު، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ޤާއިމު ކުރުމުގެ މުހިއްމުކަމަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން މަސައްކަތުގެ ވެއްޓަކީ ހުރިހާ ގޮތަކުންވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަންތަނަށް ވާން ޖެހޭނެ ކަމަށާއި، އެކަމަށް ކީރިތި ރަސޫލާވެސް މި އުއްމަތަށް އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.



Source link

Leave a Reply

Related Articles