• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟

ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟



ކޮންމެ އަހަރެއް ފެށޭއިރު އެންމެ ގިނަ މީހުން އެ އަހަރުގެ ތެރޭގައި ކުރަން ނިންމާ ކަންކަން ލިސްޓްކުރާއިރު އެންމެ ކުރީގައި ހިމެނެނީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ވާހަކައެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ވެސް ސޯޝަލް މީޑިޔާގެ އެންމެ ކުރީގައި ނިއު އިޔަރ ރިސޮލިއުޝަންގެ ގޮތުގައި އޮތީ ބަރުދަން ލުއިކުރުމެވެ.
ގިނަ މީހުންނަކީ ކޮންމެ ދުވަހަކުހެން ހެނދުނު ނޫނީ ރޭގަނޑު ނުވަތަ ދުވާލުގެ ކޮންމެވެސް ވަގުތެއްގައި ކަސްރަތު ކުރާ މީހުންނެވެ. އެހެންނަމަވެސް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ނުވަތަ ބޭނުންވާ ވަރަށް ލުއިނުވާ ސަބަބެއް އެބައޮތެވެ.
އެގޮތުން ކަސްރަތަށްވުރެ އަވަހަށް މީހާގެ ބަރުދަން ލުއިކޮށްދޭނީ ޑައިޓުން ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
ނިއުޓްރިޝަނުންވެސް ބުނާ ގޮތުގައި ގިނަ މީހުންގެ އާދައަކީ ކަސްރަތު ކުރުމަށްފަހުވެސް އެކަށީގެންވާ ގޮތުގައި ހަށިގަނޑަށް ރަނގަޅު ކާނާ ބޭނުން ކުރާ ބައެއް ނޫން ކަމަށާއި އެހެން ނަމަވެސް ކަސްރަތާއި އެއްވަރަށް ޑައިޓް ޕްލޭންއެއް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމީހުން ލަފާދެއެވެ.
ކެލޮރީސް ހަށިގަނޑުގައި ހުންނަނީ ކެއުން ބުއިމަށް ބޭނުންކުރާ އެއްޗެހީގެ ސަބަބުން ކަމަށްވާއިރު ކެލޮރީސް ހަށިގަނޑުން ބޭރުކުރެވޭނީ ކަސްރަތުކޮށްގެން ކަން ހަނދާންކުރަންވާނެ އެވެ.
ކަސްރަތު ކުރުމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށް ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗަކަށްވާއިރު، މިއީ އަވަހަށް މުސްކުޅިވުމުންވެސް ދުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވާ ވަރަކަށް ޑައިޓް ޕްލޭންއެއް ބޭނުންކުރަންވާނެ އެވެ.



Source link

Leave a Reply

Related Articles