• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ކާބުލްގައި ބަޑިން ހަމަލާ ދީ، 27 މީހަކު މަރާލައިފި

ކާބުލްގައި ބަޑިން ހަމަލާ ދީ، 27 މީހަކު މަރާލައިފި



ކާބުލް (މާޗް 6): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު އެގައުމުގެ ސިޔާސީ އިސް ލީޑަރުންތަކެއް ބައިވެރިވި ހަފްލާއެއްގައި ބަޑިން ހަމަލާދީ، 27 މީހަކު މަރާލައިފި އެވެ. އެ ހަމަލާ ދިން އިރު ހަފްލާގައި ހުންނެވި އަފްޣާން ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވަނީ އެއްވެސް އަނިޔާއެއް ނުލިބި އޭނާ ސަލާމަތްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައްވާފަ އެވެ. އަފްޣާން ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ބަޑީގެ އިތުރުން ރޮކެޓު ހަމަލާތައް ވެސް އަމާޒުވި އެ ހަފްލާގައި 27 މީހަކު މަރުވުމުގެ އިތުރުން 29 މީހަކަށް އަނިޔާވި އެވެ. އަދި އެމީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަފްޣާން ރައީސް އަޝްރަފް ޣަނީ ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާ، އެއީ “އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް”ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އެ ހަމަލާއަކީ އެމެރިކާ އާއި ތާލިބާން ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރި ފަހުން އަފްޣާނިސްތާނުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން 14 މަސްތެރޭގައި އެގައުމުން ބޭލުމަށެވެ. އަދި އޭގެ ބަދަލުގައި ތާލިބާނުން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި އަލްގައިދާ ޖަމާއަތް އޮޕަރޭޓު ކުރުމަށް ފުރުސަތު ނުދީ، ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށްފަ އެވެ.



Source link

Leave a Reply

Related Articles