• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީނަމަވެސް މާޔޫސްނުވެ ތައުބާވުމަށް ޚުތުބާގައި ގޮވާލައިފި

ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީނަމަވެސް މާޔޫސްނުވެ ތައުބާވުމަށް ޚުތުބާގައި ގޮވާލައިފި


ދިރިއުޅުމުގައި ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީނަމަވެސް އެކަމަށް މާޔޫސްނުވެ އަވަހަށް ތައުބާވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.”ﷲ ގެ ތަނަވަސް ރަޙުމަތްފުޅު” މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ފާފަ ކުރެވުމަކީ ﷲ ގެ ރަޙުމަތްފުޅުން އުއްމީދު ކަނޑާލަންޖެހޭ ކަމެއް ނޫން ކަމަށާއި، އިހުލާސްތެރި ތައުބާއަކުން ތައުބާވެއްޖެ ނަމަ އެންމެހައި ފާފަތައް ފުއްސަވާނެ ކަމަށް ﷲ އަންގަވާފައިވާ ކަމަށެވެ. އެގޮތުން ހެއު އަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފުހެވިގެންދާ ކަމެއް ކަމަށާއި، ތައުބާވުން އަވަސް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަ ގިނައިން ފާފަ ފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެއެވެ.
~ ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ

ޚުތުބާގައި އިތުރަށް ބުނީ، ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީ ނަމަވެސް އެނބުރި ﷲ ގެ މަގަށް ރުޖޫއަވުމުގެ ފުރުސަތު އޮތް ކަމަށާއި، މީހަކު ކުރި ނުބައި އަމަލެއްގެ ޖަޒާ ދެއްވަނީ އެ އަމަލަކާ އެއްވަރަށް ކަމަށެވެ. ނަމަވެސް ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ހެޔޮ ޖަޒާ ދިހަ ގުނައިން ފެށިގެން 700 ގުނައަށް އިތުރުކުރައްވާ ކަމަށާއި، އެކަމުންވެސް ދޭހަވަނީ ﷲ ގެ އޯގާވަންތަކަން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.އޭގެ އިތުރުން، ނޭނގިގެން ފާފައަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން ﷲ އެ ފާފައެއް ފުއްސަވާނެ ކަަމަށާއި، އެމީހަކަށް ރަހުމަތް ލައްވާނެ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އިންސާނުންވެސް އެއް ބަޔަކު އަނެއް ބަޔަކަށް ރަހުމު ކުރަންޖެހޭނެ ކަމަށާއި، ރަހުމު ކުރުމަކީ ދީލަތި ކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.



Source link

Leave a Reply

Related Articles