• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮރޯނާވައިރަހަށް ޝައްކުވެ އިޓަލީ މީހަކު އެކަހެރިކޮށްފި

ކޮރޯނާވައިރަހަށް ޝައްކުވެ އިޓަލީ މީހަކު އެކަހެރިކޮށްފި


ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ކަރަންޓީނު ކޮށްފިއެވެ.ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އިޓަލީގެ ފަތުރުވެރިޔަކު ކަރަންޓީނު ކޮށްފައިވާއިރު, އިޓަލީން ރާއްޖެއައި ދިވެއްސަކު ވަނީ ބުރާސްފަތި ދުވަހުގެރޭ ކަރަންޓީނު ކޮށްފައެވެ. އެމިހާވެސް އެ ބައްޔަށް ވަނީ ނެގެޓިވްވެފައެވެ.ރާއްޖެއިން އަދި މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.ރާއްޖެއިން އަދި މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ފެނިފައިނުވި ނަމަވެސް ވައިރަސް ފެތުރެމުންދާ ބައެއް ގައުމުތަކުން ދަތުރުކުރުމަށް ފަހު އަނބުރާ ރާއްޖެއައި މީހުން އެކަހެރިކޮށް އެ މީހުންގެ ޓެސްޓުތައް ވަނީ ހަދާފައެވެ.ކޮރޯނާ ފެތުރެމުންދާތީ، ޢާންމުން ހޭލުންތެރި ކުރުމުގެ އިތުުރުން ރާއްޖެއިން މި ވައިރަސް ޖެހިފާ މީހަކު ފެނިއްޖެ ޙާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކުން ކަންކުރާނެ މިޞްރާބު ހާމަކޮށްދިނުމުގެ ގޮތުން ޑްރިލްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.Source link

Leave a Reply

Related Articles