• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ އަނެއްކާ ވެސް ބިޕާޝާ އާއި ކަރަން މިއޮއް އުޅެނީ ރާއްޖޭގައި

އަނެއްކާ ވެސް ބިޕާޝާ އާއި ކަރަން މިއޮއް އުޅެނީ ރާއްޖޭގައި


Share

އެކްޓަރު، ކަރަން ސިންގް ގްރޯވާގެ އުފަން ދުވަސް ފާހަގަކުރުމަށް ކަރަންއާއެކު އޭނާގެ އަނބިމީހާ އަދި ބޮލީވުޑުގެ ބަތަލާ ބިޕާޝާ ބާސޫ ރާއްޖޭގައި އެބައުޅެ އެވެ.

Advertisement
މީގެ ދެ ދުވަސް ކުރިން މި ދެތަރިން ރާއްޖެ އައިސްފައިވާއިރު އިއްޔެއަކީ ކަރަންގެ 37 ވަނަ އުފަން ދުވަހެވެ. މި ދަތުރު، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހެރިޓެންސް އާރަށުގައި ހޭދަކުރަމުން އަންނައިރު މި ދެތަރިން ވެސް ވަނީ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމަށް ހިއްސާކޮށްފަ އެވެ.މިއީ ކަރަން އާއި ބިޕާޝާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ދެ މަހެއްހާ ކުރިން ވެސް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.އުމުރުން 41 އަހަރުގެ ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ތަރިންގެ ކައިވެންޏަށް އަދި ދަރިއަކު ވެސް ނުލިބެ އެވެ.ބިޕާޝާގެ މިއީ ފުރަތަމަ ކައިވެންޏެވެ. އޭނާ ކަރަން އާ ކައިވެނި ކުރުމުގެ ކުރިން އެކްޓަރު ޖޯން އަބްރަހަމް އާ ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ކަރަން ގެ މިއީ ތިން ވަނަ ކައިވެންޏެވެ. ކަރަން މީގެ ކުރިން ކައިވެނިކޮށްފައިވަނީ އެކްޓަރެސް ޖެނިފާ ވިންގެޓް އަދި ޝްރައްދާ ނިގަމް އާ އެވެ.



Source link

Leave a Reply

Related Articles