• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އަންހެނުންގެ ރޫހުގެ ކޮންފަރެންސްގައި 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރ ކޮށްފައިވޭ: އެމްޑީޕީ

އަންހެނުންގެ ރޫހުގެ ކޮންފަރެންސްގައި 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރ ކޮށްފައިވޭ: އެމްޑީޕީ


ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު، “ރަށްވެހި ފަތިސް” ކެމްޕެއިންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބާއްވާ “އަންހެނުންގެ ރޫހުގެ ކޮންފަރެންސް” ގައި 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރވެފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އަންހެނުންގެ ރޫހުގެ ކޮންފަރެންސް” 09:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު “ރަށްވެހި ފެސްޓިވަލް” ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ.މި ފެސްޓިވަލް ގައި މަދަނީ ޖަމުއިއްޔާ ތަކުންނާއި ކައުންސިލް ގޮނިޑިތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނާއި، ޑަބްލިއުޑީސީ އަށް ކުރިމައްލައްވާ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.މި ކެމްޕޭން ހަރަކާތުގައި އަންހެނުންނަށް ކައުންސިލް ތަކުގަ އާއި ކޮމިޓީ ތަކުގައި އަދާކުރެވޭނެ މުހިއްމު ދައުރާއި ރަށަށް ނުވަތަ މުޖްތަމައުއަށް ގެނެވޭނެ ތަރައްޤީ އާއި އަދާކުރެވޭނެ ދައުރުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ. އަދި ރަށްވެހި ފަތިސް ފެސްޓިވަލްގައި އެމްޑީޕީގެ މައިގަނޑު ފަސް ވައުދަށް ބިނާކޮށް 10 ސްޓޯލް ހެދިފައިވާނެ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.މި ސްޓޯލްތަކުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އެކިއެކި ބެފުޅުން މައުލޫމާތު ދެއްވާ އާންމުންނާއި ސުވާލުތަކަށް ޖަވާބުދެއްވާ އެކިއެކި ކަންކަން ސާފުކޮށްދެއްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.



Source link

Leave a Reply

Related Articles