• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އައިޓީބީ ކެންސަލްވުމާއެކު އޭގެ ގެއްލުން ދަނީ ވަމުން: ތޮއްޔިބު

އައިޓީބީ ކެންސަލްވުމާއެކު އޭގެ ގެއްލުން ދަނީ ވަމުން: ތޮއްޔިބު


ޖަރުމަނުވިލާތުގައި ބައްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީ ފެއަރ ކެންސަލްވުމާއެކު އޭގެ ގެއްލުންވަމުންދާ ކަމަށާއި، ގެއްލުންތައް ކުޑަ ކުރުމަށް މިހާރު ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގައި ހަލުހި މިނެއްގައި ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން މިހާރު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.ފަތުރުވެރިން ދަތުރުކުރުން މަދުކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މިހާރު ވެސް އެނގުން ވެފައިވާ ކަމަށާއި، ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖެއިން މިވައިރަސް ފެނިފައިނުވުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.އެހެންކަމުން ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، މިފަހަރު އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތަފާތު ގޮތަކަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރަޝިޔާ އާއި އިންޑިޔާއަށް ކަމަށެވެ.މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ދަތުރުކޮށްގެން ހިންގާ ކެމްޕެއިންތައް ހުއްޓާލި ނަމަވެސް އެމްއެމްޕީއާރްސީން ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރަމުންދާ ކަމަށެވެ. އަދި ސިންގަޕޫރު އެއާލައިން އާއި އެއާ އޭޝިޔާއާ އެކު ވެސް ޚާއްސަ މާކެޓިން ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަމަށްވާ ތޮމްސަން ހޮލިޑޭސް އާއި އަލްޕިޓޫރް ފަދަ ކުންފުނިތަކާ ގުޅިގެން ވެސް ހާއްސަ ކެމްޕެއިންތަކެއް ފަށާފައިވާ ކަމަށެވެ.ޗައިނާގައި ވީޗެޓް ކެމްޕޭނެއް ފަށާފައިވާކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ ވީޗެޓުން ހިތްވަރުދިނުމުގެ ތަފާތު މެސެޖްތައް ފޯރުކޮށްދެމުންދާ ކަމަށާއި، އުންމީދު ކުރަނީ މިހާރުގެ ހާލަތުން އަރައިގަނެ ދާދި އަވަހަށް އެގައުމުގެ ރައްޔިތުން ރާއްޖެއިން ފެނިގެން ދިއުން ކަމަށެވެ. އަދި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން އައުޓްޑޯ ކެމްޕޭންތައް އިޓަލީ، އިނގެރޭސިވިލާތް، އޭޝިއާ، ޗައިނާ، ޖަރުމަނުގައި ހިންގަމުންދާކަން ވެސް ތޮއްޔިބު ފާހަގަކުރެއްވިއެވެ.ކޮވިޑް19 ފެތުރެމުން ދާތީ ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލް ކޮށްފައެވެ. އައިޓީބީ އިންޑިއާ އާއެކު މިހާތަނަށް އައި އިރު ތިން ފެއާ އެއް ވަނީ ކެންސަލް ވެފައެވެ. އަދި ހަތަރު ރޯޑްޝޯ އެއް ކެންސަލް ކޮށްފައިވާއިރު ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވަނީ ކެންސަލްކޮށްފައެވެ.Source link

Leave a Reply

Related Articles