• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އައްޑޫ ސިޓީން 7 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ

އައްޑޫ ސިޓީން 7 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ


އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގުޅިފައިވާ ރަށްރަށަށް ކަރަންޓް ދެމުންދާ އިންޖީނުގެ (ސެންޓްރަލް ޕަވަރހައުސް) ގެ އެޕްގްރޭޑިންގް މަސައްކަތަކަށް އެރަށްތަކުން 7 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.ފެނަކައިން ބުނީ އަލަށް އެ ސިޓީއަށް ގެންދިޔަ ދެ އިންޖީން ކަރަންޓް ވިއުގައަށް ގުޅުމުގެ މަސައްކަތް ކުރުމަށް މި ހިނގާ މާރޗް މަހުގެ 7 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އިންޖީނުގެ އާއި ގުޅިފައިވާ ހުރިހާ ތަނަކުން ކަރަންޓް ކަނޑައިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ނުޖެހި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ހަމަ އެ ދުވަހުގެ ހަވީރު 4:00 އަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.މި މަސައްކަތް ކުރުމަށްޓަކައި ކަރަންޓް ކަނޑާފައި ހުންނަ ވަގުތު ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދޭ އެއްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.Source link

Leave a Reply

Related Articles