• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ އަލުވިކަވާބު

އަލުވިކަވާބު



ބޭނުންވާތަކެތި
1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ރޯމަސް
3 ޖޯޑު ފެނުކައްކާ ޗަސްކޮށްފައިއަލުވި
2 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)
2 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
2 ހިކަނދިފަތް ( ހިމުންކޮށް ކޮށާފައި)
2 ލުނބޯގެހުތް
1 ސައިސަމުސާ އަޖިނަމޮޓޯ
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑުފުށް
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ފިޔާ، މިރުސް، ލޮނު، އަދި މަސްއެއްކޮށް މޮޑެލާށެވެ. ދެން އަސޭމިރުސް ، އަޖިނަމޮޓޯ ، ހިކަނދިފަތް ، ހުތް، އަލުވި ކުރީގެ ބަޔާއި އެއްކޮށް ގުލަވެށޭވަރަށް މޮޑެލާށެވެ. ދެން ކުކުޅު ބިސް ޝޭޕަށް ގުޅަވަށާލާފައި ބަހައްޓާށެވެ. ދެން ފުށްކޮޅު ފެން ފޮދަކާއި ކުލަ ހިފާވަރަށް ރީނދޫކޮޅެއް ލާފައި އޮލަކަށް ގިރާލާށެވެ. ތަވާ އުދާލާފައި ތެޔޮ އަޅާލާށެވެ. ތެޔޮކެކިގަތީމާ ކަވާބްތައް ގިރާފައި ހުރި ފުށަށް ލާފައި ތެލުލާށެވެ.
 
ޖުވޭ



Source link

Leave a Reply

Related Articles