• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާ ޤުރުއާން ކިޔަވާއިރު، މައުމޫމު އަޑުދަށުން ކިޔުން އެއީ ކޮންކަހަލަ ކަމެއްތޯ؟

އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާ ޤުރުއާން ކިޔަވާއިރު، މައުމޫމު އަޑުދަށުން ކިޔުން އެއީ ކޮންކަހަލަ ކަމެއްތޯ؟


ސުވާލު: އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާ ޤުރުއާން ކިޔަވާއިރު، މައުމޫމު އަޑުދަށުން ކިޔުން އެއީ ކޮންކަހަލަ ކަމެއްތޯ؟ މައުމޫމުންނަށް ކިޔެވޭނެތޯ؟ ނޫނީ އަޑުއެހުންތޯ އެންމެ ރަނގަޅީ؟

ޖަވާބު: އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަޑުހަރުކޮށް ކިޔަވާ ރަކްޢަތްތަކުގައި އިމާމު މީހާ ޤުރުއާން ކިޔަވާއިރު، މައުމޫމުން އަޑުއަހާނީއެވެ. އެއީ ސޫރަތުލް ފާތިޙާ ފިޔަވައެވެ. އަޑުހަރުކޮށް ކިޔަވާނަމާދުތަކުގައި އަޑުހަރުކޮށް ކިޔަވާ ރަކްޢަތްތަކުގައި މައުމޫމުން ކިޔަވާނީ ސޫރަތުލް ފާތިޙާއެވެ. އެހެން ސޫރަތެއް ކިޔަވާކަށް ނުޖެހޭނެއެވެ. އިމާމުމީހާ އެހެން ސޫރަތެއް ކިޔަވާ އަޑު އަހާނީއެވެ. މައުމޫމުން ފާތިޙާ ސޫރަތް ކިޔަވަން ފަށާނީ އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވާ ނިންމުމުން ލިބޭ ހުސްވަޤުތުކޮޅުގައެވެ. އެ ހުސްވަޤުތުކޮޅުން ނުފުދުނު ނަމަ އިމާމު މީހާ ސޫރަތް ކިޔަވަން ފެށިކަމުގައިވިޔަސް ފާތިޙާ ސޫރަތް ކިޔަވާ ނިންމާލަން ވާނެއެވެ. އޭގެ ފަހުގައި އިމާމާގެ ކިޔެވުން އަޑުއަހާނީއެވެ. މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް މައްސަލައެކެވެ. މި ދެންނެވީ މި މައްސަލާގައި އެންމެ ގިނަ ޢިލްމުވެރިން ރާޖިޙުކުރައްވާ ގޮތެވެ. ދަލީލުގެ ގޮތުން އެންމެ ވަރުގަދައީވެސް މިގޮތެވެ.
އެއް ރެއެއްގެ ފަތިސް ނަމާދުގައި އިތުރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަވާ ވިދާޅުވުމަށް ދަތިވެވަޑައިގެންނެވިއެވެ. ދެން ނަމާދުން އަވަދިވެވަޑައިގަތުމުން ހަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އިމާމުގެ ފަހަތުން ކިޔަވަމު ހެއްޔެވެ؟“ ތިމަން ބޭކަލުން ދެންނެވީމުއެވެ. ”އާއެކެވެ!“ ހަދީޘްކުރެއްވިއެވެ. (( فَلَا تَفْعَلُوا إِلا بِفَاتِحَةِ الْكِتَابِ , فَإِنَّهُ لا صَلاةَ لِمَنْ لَمْ يَقْرَأْ بِهَا )) رواه البخاري فِي “ جُزْء الْقِرَاءَة “ ”ފާތިހާ ސޫރަތް ފިޔަވައި ނުކިޔަވާށެވެ! ފަހެ ހަމަކަށަވަރުން ފާތިހާ ސޫރަތް ނުކިޔަވައިފި މީހެއްގެ ނަމާދެއް ނުވެއެވެ.“

 

ޖަވާބު ދެއްވީ = الشيخ محمد شافع


Source link

Leave a Reply

Related Articles