• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިޓަލީން މީހުން ރާއްޖެ އައުން މަނާކޮށްފި

އިޓަލީން މީހުން ރާއްޖެ އައުން މަނާކޮށްފި


ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީހުން ރާއްޖެ އައުން އާދިއްތަ ދުވަހުން ފެށިގެން މަނާ ކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.

ރާއްޖޭން އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިޓަލީން މީހުން ރާއްޖެ އައުން މަނާކުރަން ސަރުކާރުން ނިންމީ ރާއްޖެ އަށް އެބަލި އަތުވެދާނެ ކަމުގެ ބިރު އޮތް މިންވަރު ބެލުމަށް ފަހުގައި ކަމަށެވެ.

“ކަންކަން ބެލުމަށް ފަހު އެނގުނީ ރާއްޖެ އަށް އެންމެ ރައްކާތެރި ގޮތަކީ އިޓަލީން މީހުން އައުން ހުއްޓާލުން ކަމަށް. އަޅުގަނޑުމެންނަށް އެންމެ މުހިންމު ވާނީ ރައްޔިތުންގެ އާއްމު ސިއްހަތު،” މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ އެ ބަލި ފެނުނު ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފަ އެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހާލަތު ބެލުމަށް ފަހުގައި އެހެން ގައުމަކުން ވެސް ރާއްޖެ އަށް ނުރައްކަލެއް އޮތްކަމަށް ބެލެވިއްޖެ ނަމަ އެ ގައުމަކުން ވެސް ރާއްޖެ އަށް މީހުން އައުން މަނާކުރާނެ ކަމަށެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ތިން ޓޫރިސްޓަކު އެ ބައްޔަށް ޝައްކު ކުރެވިގެން މިއަދު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީ އަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވެގެން އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ތިނަދޫ އާއި ކުރެއްދޫ އަށް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ޔޫރަޕްގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީގަ އެވެ. އެ ގައުމުން މިހާތަނަށް 3،858 މީހަކަށް ބަލި ޖެހިފައި ވާއިރު އޭގެ ތެރެއިން 148 މީހަކު ވަނީ މަރުވެފަ އެވެ.

ޖުމުލަ 12 ގައުމަކުން މިހާތަނަށް ވަނީ އިޓަލީން މީހުން ދިއުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.



Source link

Leave a Reply

Related Articles