• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އޯގާތެރި އެކުވެރިޔާ

އޯގާތެރި އެކުވެރިޔާ


151535

އޯގާތެރި އެކުވެރިންނަކީ ވަރަށް މަދު ބަޔެކެވެ. އެއީ ރަން މުތުންނޭ ބުންޏަކަސް ގޯހަކަށް ނުވާނެއެވެ. ތިމާ އެންމެ ބޭނުން ޖެހޭ ދުވަހު ތިމާއަށް އަޅާލާ ފަޅުފިލުވާދީ އެކަނިވިޔަނުދޭނި ހަމަ އެފަދަ އެކުވެރިންނެވެ.
މީސް މީޑިޔާއަކީ އަބަދުވެސް އަހަރެން ކޮންމެ ދުވަހަކު ހާވާއެއްޗެކެވެ. މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ބަލާލާ ސަމާސަކޮށްލުން އެއީ އަބަދުވެސް އަހަރެން ކުރާހިއްވާ ކަމެކެވެ. މިހެން އުޅުމުގެ ތެރޭގަ އަހަރެންނަށް އާ ރަހްމަތްތެރިޔަކު ލިބިގެންދިޔައެވެ. އަންހެން ރަހްމަތްތެރިޔެކެވެ. ވަރަށްވެސް ސަމާސާބޮޑު އަނގަތަޅާ ތަފާތު އަންހެނެކެވެ. ޖެއްސުންވެސް ބައެއްފަހަރު އެހާމެކޮށްލައެވެ. އޮންލައިންވާއިރަށް އެންމެ ފުރުތަމަވެސް ގޮވާލާނެއެވެ. ނުކައި ނުބޮއެ ހުރިކަން އިނގިއްޖެނަމަ ހަޅޭއްވެސް ލަވާނެއެވެ. މިވަރުގެ އަންހެނަކު އަދި އަހަރެން ދުވަހަކުވެސް ނުދެކެމެވެ.
ރޯދަމަސް އައިސްވެސް ޖެހިއްޖެއެވެ. އެކުވެރިޔާ އަބަދުވެސް އަހަރެންގެ ހާލު ބަލާހަދައެވެ. އެކަނި ދިރިއުޅުމެއް އުޅެމުންދާތީ ރޯދަ ވިއްލަން ހަދަނީ ކިހިނެއްތޯ އަބަދުވެސް ސުވާލުކުރެއެވެ. ނަމާދަށް ބަރާބަރަށް ދޭތޯ ބަލައެވެ. ދީނީގޮތުން ދޭންވާ އެތައް ނަސޭހަތެއްދެއެވެ. އަދި މީހަކާ އަވަހަށް އިނުމަށް ނަސޭހަތްތެރިވެއެވެ. އެކުވެރިޔާގެ ނަސޭހަތްތައް އަބަދުވެސް އަހަރެން އަޑުއަހަނީ އަޑުއަހާ ހިތުންނެވެ. އެންމެ ފަހަށް މީސްމީޑިއާއިން ނަމްބަރު ލިބި ވައިބާއިން ދެމީހުން ވާހަކަދައްކަންފެށީމެވެ. އެކަކު އަނެކަކަށް ބައެއްފަހަރު ގުޅާ ޖެއްސުންކުރަންވެސް ފެށިގެންދިޔައެވެ. އެކުވެރިޔާ އަބަދުވެސް އެދެނީ އޭނާ ގޭގަ އޮންނަން ފޫހިވާތީ ބޭރަށް ގެންދިޔުމަށްށެވެ. އަހަރެން ވީވަރަކުން ވަގުތު ހޯދައިގެން އެކުވެރިޔާ ގޮވައިގެން ބޭރަށްދާންފެށިމެވެ. މިހެން އުޅުމުގެތެރޭގަ އޭނާ ގޮވައިގެން ގެޔަކަށް ދިޔުމަށް އެދުނެވެ. އެގެޔަކަށް ދިޔުމުން އަހަރެންނަށް ލިބުނީ އިތުރު އުފަލެކެވެ. އަހަރެންގެ އެކުވެރިޔާއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްގެ ދޮންތައެވެ. އެހިސާބުން ގުޅުން އިތުރަށް ވަރުގަދަވިޔެވެ.
ދުވަސްގަނޑަކަށްފަހު ދެމީހުން ދެމެދުގާ ވަރަށް ބޮޑަށް އިތުބާރު އުފެދުނެވެ. އެކުވެރިޔާގެ ފޮރުވިފައިވާ ބޮޑެތި ހިތާމަތައް އޭނާ އަހަރެންނާ ހިއްސާކުރިޔެވެ. އޭނާއަކީ ބަލިމީހެއްކަން އަހަރެންނަށް އެހިސާބުން އެނގުނެވެ. އަދި ހަޔާތުގާ ކަންތައް ދިމާވެފާނީ ވަރަށް ހިތްދަތިކޮށްކަން އެނގިގެންދިޔައެވެ. އެހިސާބުން އަހަރެންނަށް ވެވުނު އެހީއެއް އެކުވެރިޔާއަށް ވާންފެށިމެވެ. އެކަމާ އެކުވެރިޔާ ވަރަށް އުފާކުރިޔެވެ. އަދި އަބަދުވެސް ޝުކުރުއަދާކުރެއެވެ. މިއަދު އޭނާ މިދުނިޔޭގަ އެންމެ އިތުބާރުކުރާ މީހަކަށް އަހަރެން ވެގެންދިޔައެވެ.
އަހަރުތަކަށްފަހު އަހަރެން ކައިވެނިކޮށްފީމެވެ. އެކުވެރިޔާ އެކަމާ ވަރަށްވެސް އުފާކުރިޔެވެ. ކައިވެނިކޮށްގެން އަހަރެން އަންހެނުން ރަށަށް ބަދަލްވެ އެހެން އަންނަ ދަތުރުވަރެއްގާ ވަރަށް މަދުފަހަރަކުނޫނީ އެކުވެރިޔާއާ ދިމާވެސްނުވެއެވެ. މިހެން އުޅެމުން ގޮސް އަހަރެންގެ ކައިވެންޏަށް އަހަރެއްވީ ދުވަހު އަހަރެން ހެނދުނު ސައިބޮއެގެން އައިސް ފޯނު ބަލާލިތަނުން ފެނިގެންދިޔައީ މިސްކޯލްއަކާ މެސެޖެކެވެ. މިސްކޯލްއަކީ އަހަރެން އެކުވެރިޔާގެ ބޭބެގެ މިސްކޯލްއެކެވެ. މެސެޖްގައިވަނީ އެކުވެރިޔާ ނިޔާވި ވާހަކައެވެ. އަހަރެންނަށް ގަބޫލްވެސް ފުރުތަމަ ނުކުރެވުނެވެ. އަވަސްއަވަހަށް ގުޅާލީމެވެ. ގުޅާލުމުން އެނގިގެންދިޔައީ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރުވަނަ ދުވަހު ކުއްލިއަކަށް ނިޔާވިކަމެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންގެ ހިތް ހަމަ ދިޔައީ ފަޅަފަޅާގެންނެވެ. ލޮލުން ކަރުނަ ބާލާހާލު އަންގަންވާ ބަޔަކަށް އަންގަމުންދިޔައީމެވެ. އެންމެ ބޮޑަށް ދެރަވީ އެކުވެރިޔާގެ މޫނު ނުފެނި ޖަނާޒާގާ ބައިވެރި ނުވެވޭތީއެވެ. ނަމަވެސް އަބަދުވެސް ތި ލޯބި އެކުވެރިޔާއަށް އަހަރެން ހެޔޮ ދުއާކުރާނަމެވެ.
– ނިމުނީ –
ނޯޓް : މިއީ އަޅުގަނޑުގެ ލޮބުވެތި އެކުވެރިޔާ ފާތިމަތު ނަދީމާގެ ހަޔާތަށް ބިނާކޮށް ލިޔެވިފާވާ ވާހަކައެކެވެ. الله سبحان و تعالىٰ. ނަދީގެ ފުރާނައަށް ހެޔޮ ރަހްމަތްލައްވާ ކަށްވަޅުގެ އަޒާބުން ރައްކާތެރިކުރެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށެވެ.
ކެޓެގަރީ: ކުރުވާހަކަ

1515

ނަޖާ

0.0

އާމީން އެކުވެރިޔާއަށް ރަހުމަތްލައްވާށި

1

23 hours ago

Liu

0.0

Aameen

2

2 months ago

ޝަމްވީލް

0.0

އާމީން

6

2 months ago

#

0.0

އާމީން

5

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles