• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ވެރިކަން ޙަވާލުކުރެއްވެވުމުން ތެދުވެރި ނުވި މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ!

ވެރިކަން ޙަވާލުކުރެއްވެވުމުން ތެދުވެރި ނުވި މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ!



“އެއްވެސް ބައެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން އެބައެއްގެ ކަންކަން ބެލެހެއްޓުމުގައި ތެދުވެރިނުވެއްޖެ މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭ ހެއްޓެވެ!” (ޞަޙީޙް ބުޚާރީ: 7150) 
މީސްތަކުންނޭވެ! ވެރިކަމުގެ ދަހިވެތިކަމުގައި އެންމެން ތެޅިފޮޅެމުންދާއިރު ތެދުބަހުން ބުނާނަމަ ތެދުވެރިކަމެއް ނެތެވެ. ތެދުވެރިކަން ހުރި މީހަކު ހަމަ ނެތްކަމަށް ބުނަން ޖެހޭ ޙާލަތަކަށް ތެދުވެރިކަން މިވަނީ ފިލައިގެން ގޮސްފައެވެ. ނަތީޖާއަކަށްވެފައިވެފައި މިވަނީ ވެރިކަމާއި ތެދުވެރިކަމާއި އެއްވެސް ގުޅުމެއް ނެތުމެވެ. 
ވައްކަކާއި މަކަރާއި ޙީލަތް ހެދުމާއި ޚިޔާނާތްތެރިވުން އިތުރުވަމުން ގޮސް ހައްދުފަހަނައަޅައި ދިއުމުން ރައްޔިތުންގެ ލޯމަތީގައި މަންޒަރު ރީތިކުރަން ތަފާތު ނަންނަމުގައި މުއައްސަސާތައް ހަދާނެއެވެ! އުފެއްދުމުން އެ މުއްސަސާތަކުން ވެސް ކުރާތަން ފެންނަނީ ހަމަ އެއްބާވަތުގެ ކަންކަމެވެ. 
އެކަން އެހެން އެވަނީ އެކަމާއި ފަހުޒަމާނުގައި ފައުޅުވާނެ މުޢްޖިޒާތްތަކާއި ގުޅިފައިވުމެވެ. ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ނާޤާބިލު މީހުން އިސްކުރާނެކަން އެއީ ފަހުޒަމާނުގެ ޢަލާމާތެކެވެ. އެއް ބައެއްގެ ކަންކަން ބަލަން އިސްކުރަނީ އެއަށްވުރެ ނާޤާބިލު އެހެން ބައެކެވެ. ނަތީޖާއަކަށްވަނީ ކަންކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކުރެވުމެވެ. ވައްކަމާއި ކޮރަޕްޝަނާއި މަކަރާއި ޙީލަތް ހެދުން އިތުރުވަމުން ދިއުމެވެ.
މީސްތަކުންނޭވެ! އިސްލާމީ އުންމަތް ދިރި އުޖާލާވަމުން މުސްލިމުންގެ ވެރިންގެ މެދުގައި ތެދުވެރިކަން އޮތް ޒަމާނުގައެވެ. ވެރިން ތެދުވެރިވުމުން ރައްޔިތުންނަށް ތެދުވެރިވާން މަޖުބުރުވާނެއެވެ!  ނަމަވެސް ވެރި މީހާ ތެދުވެރި ނޫން ނަމަ މީސްތަކުން ދާނީ ހަލާކުގެ މަގަށެވެ. މިއަދު ފެންނަމުން މިދަނީ އެކަންކަމެވެ. 
Narrated Ma’qil: 
I heard the Prophet (ﷺ) saying, “Any man whom Allah has given the authority of ruling some people and he does not look after them in an honest manner, will never feel even the smell of Paradise.” 

Reference

 : Sahih al-Bukhari 7150

 
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 



Source link

Leave a Reply

Related Articles