• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މައިވަންތަ ލޯބި

މައިވަންތަ ލޯބި


233374

އަހަރެންގެ ދެ ލޯ މަޑުމަޑުން އަހަރެން ހުޅުވާލީމެވެ. މުޅި ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. އެކަނިވެރިކަމެވެ. އަހަރެން އެނދުމަތިން ތެދުވާ މަސައްކަތްކުރީމެވެ. ވަރަށް ޙާލުން އެނދުން ތެދުވެ ކޮޓަރީގެ ލައިޓް ޖައްސާލީމެވެ.
ފާރުގައި ހަރު ކޮށްފައިވާ ގަޑިން އޭރު ފަތިހު 05:30 ވަނީއެވެ. އަހަރެން ފާޚާނައަށް ވަދެ މޫނު ދޮވެލަމުން ބޭރަށް ނިކުތީމެވެ. އަހަރެން ސިއްސައިގެން ގޮސް ބަލައިލެވުނީ ގޭގެ އުނދޯލީގައި އިށީދެގެން އިން އީނާ އަށެވެ.
އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އީނާގެ ކައިރީގައި އޭނާގެ ފޮށިތައްމަތި ވެސް ހުއްޓެވެ. އަހަރެންނަށް ވެގެން އުޅޭގޮތް ކުޑަކޮށް ރޭކާލިއެވެ. އެވަގުތު އީނާ ފަހަތް ބަލާލަމުން ކޮޅަށް ތެދުވިއެވެ. އޭނާގެެ ދެ ލޯވަނީ ރޮއި ރޮއި ވަޅު ހެދިފައެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ.
“މަންމާ”
އަޑު ތުރުތުރު އަޅަމުން އީނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންނަށް އަހަރެންގެ މޫނު ބޭއިޚުތިޔާރުގައި އަނެއް ފަރާތަަށް އަނބުރާލެވުނެވެ.
“މަންމާ… އަހަރެންގެ މަންމާ… ލަވާން އަހަރެން ވަރި ކޮށްފި… އޭނަގެ ގެއިން އަހަރެން ނެރެލައިފި… މަންމާ… އަހަރެންނަށް މަޢާފު ކުރޭ…. އަހަރެންނަށް މިއަދު ވިސްނިއްޖެ…”
އީނާ އަހަރެންގެ ކޮނޑުގައި އަތް ޖައްސާލަމުން ރޮމުން ބުނެލިއެވެ. އަހަރެން އީނާ ގެ އަތް ދުރުކޮށްލަމުން އީނާއާއި ދުރަތަށް ޖެެހެލީމެވެ.
“ނޫން… މަންމާ… ތިހެން ނުހަދާ… އަހަރެންނަށް މަޢާފު ކުރޭ… މަންމާ..”
އީނާ އަހަރެން ގެ ފައި ބުޑަށް ވެއްޓި ގިސްލައި ރޯންފެށިއެވެ. އަހަރެންނަކަށް ކެތެއް ނުވިއެވެ. ހިތުގައި މައިވަންތަ ކަމުގެ ކުލުނު އާލާވާ ފެށިއެވެ. ލޮލުން ކަރުނަ ނުހިފެހެއްޓުނެވެ. ހޯސްލާފައި ކޯތާފަތް މައްޗަށް ކަރުނަތައް ބަންޑުންވިއެވެ. އަހަރެންގެ ފައިބުޑަށް މިއަދު ވެއްޓި ރޮމުން އެގެންދާ ދަރިއަކީ އަހަރެންނަށް ހާދަ އިޚާނެތިކޮށް ކަންތައް ކުރި ދަރިއެކެވެ. އަހަރެން އެދަރިފުޅަށް ހަމަ މަޢާފު ދޭންވީ ހެއްޔެވެ؟ އިސާހިތަކު އަހަރެންގެ ސިކުނޑި އަހަރެންގެ ހިތްދަތި މާޒީގެ ދުވަސްތަކުން ވަށާލިއެވެ.
—————————————————————————————
އެއީ މީގެ 26 ވަރަކަށް އަހަރު ކުރިއެވެ. އަހަރެންގެ ޒުވާން ދުވަސްވަރެވެ. އަހަރެން ކައިވެނިކޮށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަހަރެން ބަނޑު ބޮޑުވިއެވެ. ޒުވާން އުމުރުގައި ބަނޑު ބޮޑު ވުމުން އަހަރެންގެ ފިރިމީހާ އަހަރެންގެ މަތިން ފޫހިވާ ފެށިއެވެ. ދަރިފުޅު އުފަންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ ފިރިމީހާ އަހަރެން ވަރި ކުރިއެވެ. އަހަރެން ހާދަ ހިތާމައެއް ކުރީމެވެ. ހާދަ ރުއީމެވެ.
އަހަރެންގެ މުޅި ޒުވާން ދުވަސްތައް އަހަރެން ހޭދަކުރީ އަހަރެންގެ ދަރިފުޅު އީނާ އާއި އެކުގައެވެ. އިތުރު ކައިވެންޏެއް ވެސް އަހަރެން ނުކުރަމެވެ. އެދަރިފުޅަށް ލޯބި ދީ އަހަރެން އެދަރިފުޅު ބަލައި ބޮޑު ކުރީމެވެ. ހޮޔޮ ނުބައި ވަކިކޮށް ދިނީމެވެ. އެހެންނަމަވެސް އެދަރިފުޅުގެ ފަރާތުން އަހަރެންނަށް އެހީ ބޭނުންވި ދުވަހު އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ.
އަހަރެން ވެގެން ދިޔައީ ބަދުނަސީބު މަންމައަކަށެވެ. ލިބުނު އެކްސިޑެންޓެއްގައި އަހަރެންގެ ފައި ބިއްދައިގެން ދިޔައެވެ. ހިނގާ ބިގާވެ އުޅެން ދަތިވިއެވެ. އެ ހާލަތުގައި އަހަރެންނަށް އެހީތެރިވުން އީނާއަށް ވީ ބޮޑު ވޭނަކަށެވެ. ބޮޑު މުސީބާތަކަށެވެ. އަހަރެންނަށް ކާން ވެސް ނުދެއެވެ. އެތައް ދުވަހަކު ނުކައި ހުސް ބަނޑަށް އަހަރެން ހުންނަމެވެ. އެނދުމަތިން ނުތެދުވެ އެތަށް ދުވަހެއް އަހަރެން އެނދުމަތީގައި އޮންނަމެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން މުހިންމެއް ނުވިއެވެ. އަަހަރެން ނެތި ދިޔަސް އީނާއަށް ވަރިހަަމައެވެ.
އަހަރެން މިޙާލުގައި އެނދުމަތީގައި އޮންނަ އިރު ކަންފަތުގެ ހިނދުރި ފަޅައިގެންދާ ވަރަށް އީނާ އަހަރެންނަށް ހަޅޭލަވައެވެ. ހިތަށް އައިހާ އެއްޗެއް ގޮވަމުން ދިޔައެވެ. އަހަރެންގެ ހިތް ފަޅައިގެން ދާވަރުވިއެވެ. މައި ލަގޮނޑި ކުދިކުދި ވާވަރުވިއެވެ. އެހެނަސް އީނާގެ ހިތުގައި އަހަރެންނާއި ދޭތެރޭ އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނެތެވެ. އެތައް ފަހަރަކު އަހަރެންނާއި ދިމާލަށް ތީ އަހަރެންގެ މަންމައެއް ނޫނޭވެސް އީނާ ބުނެއެވެ. ދަރިއެއް ގެ ފަރާތުން މިފަދަ ވިހަގަދަ ބަސްތައް ބަނޑު އަޅާ ވިހެއި މައިމީހާ އާއި ދިމާލަށް ބުނާ އިރު މައިމީހާއަށް ކެތްކުރަން ކިހާ އުނދަގު ވާނެ ހެއްޔެވެ؟
އީނާ ލޯބިވެރިޔަކު ހޯދައި، ރެޔާއި ދުވާލު އެމީހާ އާއި އެކު ކޮޓަރި ތެރެއިންނާއި ބޭރެތެރިން ހުތުރު ގޮތުގައި އުޅެމުންދިޔައެވެ.
އަހަރެން މިޙާލުގައި ބަލި އެނދުގައި ދޫކޮށްލުމަށްފަހު އަހަރެންގެ ދެ ލޯ މަތީގައި އަޅައިގެން ގެންގުޅުނު އީނާ އަހަރެން ދޫކޮށް ފިލީއެވެ. އޭނާގެ ލޯބިވެރިޔާ އާއިއެކުގައެވެ. އަހަރެން ހިތާމަ ކޮށްކޮށް ވަރުބަލި ވިއެވެ. ދުވަސް ކޮޅެއް ފަހުން އިވުނީ އީނާ ކައިވެނި ކުރި ޚަބަރެވެ. އަހަރެން އުފާވީމެވެ. ހިލޭ ފިރިހެނަކާއި އެކު އުޅުމަށް ވުރެށް އަހަރެންގެ ދަރިފުޅު އޭނާގެ ފިރިމީހާއި އެކު އެޅޭކަން އެނގުމުންނެވެ. އެހެންނަމަވެސް އަހަރެންގެ ދަރިފުޅު އެ ދިޔައީ އަހަރެން މުޅިން އެކަނި ކޮށްލާފައެވެ.
ގޭދޮށު އަވަށްޓެރިންގެ ފަރާތުން އަހަރެންނަށް ވަރަށް އެހީތެރިކަން ލިބުނެވެ. އެ މީހުންގެ އެހީތެރިކާއި އެކު އަހަރެން ޑޮކްޓަރަށް ދައްކައި އަހަރެންގެ ފައި މުޅިން ރަނގަޅު ކުރިއެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުވާތާ މިހާރު އަހަރެއް ވަނީއެވެ. އެކަނި މާ އެކަނި ދަރިއަކު ބަލައި ބޮޑުކުރުމުން އަހަރެންނަށް މި ލިބުނީ ކޮންފަދަ ބަދަލެއް ހެއްޔެވެ؟ މިކަމާ ދޭތެރޭ ވިސްނާ ލިޔަސް އަހަރެންގެ މި ހިތް ރޫޅި ސުންނާފަތި ވާވަރުވެއެވެ.
އަހަރެންނަށް ހޭވެރިކަން ވީ އަހަރެންގެ ފައިތިލަ ތެމޭ ކަމުގެ އިޙުސާސް ކުރެވިގެންނެވެ. އޭރުވެސް އީނާ އަހަރެންގެ ފައި ބުޑަށް ވެއްޓި ރޮމުން ގެންދިޔައެވެ.
އަހަރެންގެ ހިތް ހަލާކުވީ އިރުވެސް އީނާ އެކަމެއް ނުދަތުނެވެ. އަހަރެން ދޫކޮށް ދިޔައީއެވެ. ފިލީއެވެ. އަހަރެން ރޮއިރޮއި އޮއްވައެވެ. އެތަކެއް އާދޭސްތަކެއް ކޮށްކޮށް ހުއްޓައެވެ. އީނާ އަހަރެންނާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައި ވިޔަސް، އަހަރެންގެ ހިތަކީ އެހާ ހަރު ހިލަ ހިތެއް ނޫނެވެ. އެއީ އަހަރެން ދަރިއެކެވެ. އަހަރެން އީނާގެ ކޮނޑުގައި ހިފައި ކޮޅަށް ނެގީމެވެ. އޭރު އީނާގެ ދަތްދޮޅިން ކަރުނަ އާއި ނޭފަތުން ފައިބަމުން ދިޔަ ފެން އެކުވެ ތިކިތިކި ޖަހަމުން ދިޔައެވެ. އީނާގެ ދަތްދޮޅި ހިތާމައިގެ ވޭނުން ތުރުތުރު އަޅައެވެ.
“މިއަދު މަންމަ އީނާއަށް މަޢާފު ދޭނަން… އެކަމު މަންމަގެ ހިތުން ދުވަހަކު ވެސް އީނާ މަންމަ އަށް ޖެއްސި ޙާލު ފިލައިގެން ނުދާނެ… މައެއްގެ ހިތުގައި އަޅާ އެންމެ ކޫރުމެއްގެ އަސަރު މުޅި އުމުރަށް ވެސް ހުންނާނެ..” އަހަރެންނަށް ވެސް ރޮވޭ ގޮތްވިއެވެ.
“މަންމާ.. މަންމާ… އަހަރެންނަށް އެނގޭ….އަހަރެންނަށް އެނގޭ މަންމަގެ ހިތް ހަލާކު ވީ އިރު މަންމަ ގާތުގައި އަހަރެން ނެތްކަން… އެކަމާ އަހަރެން މިހާރު ހިތާމަކުރަން… ދެން އަހަރެން ވާނީ މަންމަ ދެކެ ލޯބިވާ ދަރިއަކަށް…. މަންމަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް… މަންމަ ގެ ޚިދުމަތުގައި އަހަރެން ތާއަބަދު ދެމި ހުންނާނަން…”
އީނާ އެހެން ބުނަމުން އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންވެސް އީނާގެ ބުރަކަށީގައި ފިރުމާލީމެވެ. ކޮންމެ ގޮތެއްވިޔަސް މައިވަންތަ ލޯތްބަކީ ބަޔާންކުރަން ދަތި ލޯތްބެކެވެ.
ނިމުނީ
ކެޓެގަރީ: ހަޤީޤީ ވާހަކަ ހިތާމަވެރި ކުރުވާހަކަ

2333

Aakko luv ❤️

0.0

………… Varah reethi ur my fav writer

2

2 months ago

Ss

0.0

V reeethi vaaahak. Adhi ehaaame asaru gadha.

4

2 months ago

Kiuntherieh

0.0

Reethi

9

1

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles