• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ މިއޮތީ ބަލިވެ އިނދެގެން އުޅޭ މީހުންނަށް ނެހާ ދޫޕިއާގެ ނަސޭހަތެއް!

މިއޮތީ ބަލިވެ އިނދެގެން އުޅޭ މީހުންނަށް ނެހާ ދޫޕިއާގެ ނަސޭހަތެއް!


Share

ދާދިފަހުން ބޮލީވުޑުގެ ބަތަލާ، ނެހާ ދޫޕިއާއަށް ވެސް މިވަނީ ދަރިއަކު ލިބިފަ އެވެ. އެގޮތުން ބަލިވެއިންކަން އެނގުން ހިސާބަކީ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުކަން ފާހަގަ ކުރަމުން ނެހާ ބުނީ، ބަލިވެ އިނުމާއެކު އޭނާ ކާހިތްވާ ހުރިހާ އެއްޗެއް ވެސް ކެއި ކަމަށެވެ.

Advertisement
ފިލްމީ ދާއިރާގައި 15 އަހަރު ހޭދަކޮށްފައިވާ ނެހާ ބުނީ އެ 15 އަހަރު އޭނާ އުޅުނީ ވަކި އެއްޗެއް ކައި ބޮއެގެން ކަމަށެވެ. ނަމަވެސް ބަލިވެ އިނުމާއެކު އެ ވަގުތެއްގައި ކާންބޭނުންވި އެއްޗެއް ކަމުން ދިޔަ ކަމަށެވެ. ނެހާ ވަނީ ދުވަހަކު ނުކައި އެއްޗެހި ވެސް ބަލިވެ އިން ދުވަސްވަރު ކާހިތްވެގެން  ކައިފައިވާނެ ކަމަށާއި އެގޮތުން އެވަރަށް ކެޔަސް ބަލިވެ އިނދެގެން އުޅުން އިރުވެސް ކަސްރަތުތައް ކުރުމުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްފައި ކަމަށް ވެސް ބުނެފަ އެވެ. ބަލިވެ އިނދެގެން އުޅޭ މީހުންނަށް ނެހާ ވަނީ ނަސޭހަތެއް ވެސް ދީފަ އެވެ. އެގޮތުން ކާން ބޭނުންވާ އެއްޗެއް ބަލިވެ އިނދެގެން އުޅޭއިރު ކެއުމަށާއި ގޭގައި އުޅޭނަމަ އެމީހަކު ހިތްޖެހިފައިވާ ކަމެއްގައި ގިނަ ވަގުތު ހޭދަކުރުމަށް ވެސް އޭނާ ނަސޭހަތްތެރިވި އެވެ. ނެހާ އިތުރަށް ބުނީ، ބަލިވެ އިނުމުން ކަމަށް ބުނެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ނުގެނައުމަށް ވެސް އެދޭ ކަމަށެވެ.ދެހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި ނެހާ އާއި އެކްޓަރު އަންގަދު ބޭޑީ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ. ދަރިއަކު ލިބުމުން ދިރިއުޅުން އިތުރަށް ފުރިހަމަވެފައިވާ ކަމަށް ނެހާ ބުނެ އެވެ.



Source link

Leave a Reply

Related Articles