• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މި ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަން ޖެހޭ: ނަޝީދު

މި ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަން ޖެހޭ: ނަޝީދު


ރައްޔިތުންނަށް ހެޔޮއެދިގެން އެެމްޑީޕީން މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްތައް ކޮށްދީފައިވީ ނަމަވެސް އެ ކަން ފާހަގަނުކޮށް، “މި ތިބެވެނީ މާ މަޑުން” ކަމަށާއި ޕާޓީ ހިންދެމިލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭން ކުރުމަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން، ވިލިމާލޭގައި ކުރިއަށް ގެންދާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، ސަރުކާރުން މިދިޔަ ދޮޅު އަހަރު ދުވަހު ހިންގާފައިވާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ގިނަ ކަމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މަޝްރޫއުތަކަށް ވުރެ މާ މުހިއްމު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ ޒުވާނުނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެއީ މާ ބާރުގަދަ މަސައްކަތެކެވެ. އަދި އެއީ “މާ ވަރުގަދަ އޮއިވަރެއް” ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގދ. ހޯޑެއްދޫން މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ 1995 ގައި އެ ރަށުން ޔުނިވާސިޓީއަކަށް ދިޔައީ އެންމެ ދަރިވަރެއް ކަމަށާއި ނަމަވެސް މިހާރު ހޯޑެއްދޫގެ 21 ދަރިވަރަކު ޔުނިވާސިޓީގައި ކިޔަވަން ސަރުކާރުން ފައިސާ ދީފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ކުރީ ކޮންކަމެއްތޯ އަހާއިރުގައި، ކޮންމެ ރަށެއް، ރާއްޖޭގެ، 10 ކުދިން 15 ކުދިން، ތިނަދޫ އިން 136 ކުދިން، ބޮޑެތި ރަށްރަށުން ކުދިން އެހާ ގިނަ، ޔުނިވާސިޓީ ނިންމަނީ މި. އަޅުގަނޑުމެން އޯ ލެވެލް ހެދި އިރުގައި ދެހާހެއްހާ ކުދިންނޭ އެކަން ކުރީ. މިއަދު ޔުނިވާސިޓީގައި 10،000 ކުދިން ކިޔަވަމުން އެ ދަނީ،” ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު.

ރާއްޖެ ބަދަލުކޮށް އިސްލާހު ކުރާނީ ވެސް އެމްޑީޕީން ކަމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ ބޮޑު މަސައްކަތެއް ކުރީ ވެސް އެ ޕާޓީން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ވިހެއުމުންދޭ ޗުއްޓީ އާއި ސްކޫލް ކުދިންގެ ނާސްތާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކެވެ. އެމްޑީޕީގެ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރިހަމަ އަށް ތަންޒު ކުރައްވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ނަޝީދު ތައުރީފު ވެސް ކުރެއްވި އެވެ. އެމްޑީޕީގެ ސަރުކާރެއް މިހާތަނަށް ހިންގާފައި ނެތް ކަމަށް ވިދާޅުވެ، ނަޝީދު އިސްކޮށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރާއި މިހާރުގެ ސަރުކާރާ އަޅައި ވެސް ކިޔުއްވި އެވެ.

ސަމާސާ ރާގެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަންހެނުންގެ ކޮންފަރެންސް ނިންމައި، މިރޭ 12 ޖަހާ އިރު ހަވާ ވެސް އަރުވަންވީ އެވެ. އެކަމަކު، ކޮންފަރެންސް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އެ ކަން އެ ގޮތަށް ކުރައްވަން ރުހިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Anhenunnah gondi haassa kurumuge faidhaa fennane: Raees
Mihaaru

“މާ މަޑުމަޑުންނޭ އަޅުގަނޑުމެން މި ތިބެނީ. އަޅުގަނޑުމެން ހެސްކިޔާފައި މަސައްކަތް އެބަކުރަން. ތިޔަ ބޭފުޅުން ރާއްޖޭގެ ރައްޔިތުންނަށް އިންތިހާ އަށް ހެޔޮއެދިވަޑައިގަންނަވާ. މި ވަޒީރު ބޭފުޅުން ވެސް އިންތިހާ އަށް މަސައްކަތް އެބަ ކުރައްވާ. ތިޔަ ބޭފުޅުންގެ މަސަައްކަތް ރާއްޖޭގެ ރައްޔިތުންނަށް މާ ސާފުކޮށް ފެނިގެން އެބަދޭ. އަޅުގަނޑުމެން ނުކުމެ، މާ ބޮޑަށް ހިންދެމިލާން ވެއްޖެ،” ނަޝީދު ވިދާޅުވި އެވެ.Source link

Leave a Reply

Related Articles