• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ފަރުދާ

ފަރުދާ


247631

“ނޫން ޝަމީލް.. ނޫން.. ތިހެން ނުބުނޭ…ޝަމީލް……ހެޔޮނުވާނެ….މާތް ރަސްކަލާނގެ ވަޖުހުފުޅަށްޓަކައި މި ބުނަނީ… އަހަންނަށް ތިހެން ނުހަދާ…….އަހަރެން ދޫކޮށްނުލާ……”
“ކިތައް ފަހަރުތަ ނަދީމާ ކައިރީ ބުނަންވީ؟ އޭން! ސާފު ދިވެހި ބަހުން މިބުނަނީ! ކަލޭ ތިހުރީ ވަރިކޮށްފަ! މި ގެއިން މިހާރު ވަގުތު ނިކުމޭ!”
“ޝަމީލް! ޝަމީލް…ނޫން………ކޮބައިތަ އަހަރެންގެ ކުށަކީ؟ ކޮން ކަމެއްތަ އަހަރެން ރަނގަޅު ކުރަންވީ؟ ޝަމީލަށް ތިވަރު ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެތަ؟ އަހަރުމެން ދެމީހުންގެ ކައިވެންޏަށް އަދި 03 މަސް ވެސް ނުވޭ! އަހަރުމެން އުޅުނީ ކިހާ ލޯބިން! ކިހާ ގުޅިގެން! ދެން ކީއްވެ ޝަމީލް؟ ކީއްވެ؟”
އަހަރެންގެ ގަޔަކު ހަކަތައެއް ނެތެވެ. ދެލޯވަނީ ދުޅަވެ ރަތްވެފައެވެ. އަދިވެސް ހުއްޓުމެއްނެތި އަހަރެންގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަލަތު ކައިވެންނެވެ. އަހަރެންގެ ލޯބިވާއެވެ. ދެމީހުން ރައްޓެހިވެގެން 03 އަހަރު އުޅުނީމެވެ. ދުވަހަކުވެސް އެއްްވެސް މައްސަލައެއް ޖެހިފައެއް ނޯންނާއެވެ. ކައިވެންޏަށް 03 މަސް ވެސް ނުވަނީހެން ވަރިފަށަށް ގޮސް އަހަރެމެން ދެމީހުން ވަކިވީއޭ ބުންޏަސް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ.
“ޝަމީލް! އެނގޭތަ؟ މިއަދު މިއީ މެއި މަހުގެ 05 ވަނަ ދުވަސް! ޝަމީލް އަހަރެންގެ ކައިރީ ރައްޓެހިވާން އެހި ދުވަސް! ދެމީހުން ރޭގަނޑުގެ އެެ ހިތްގައިމު ވަގުތުގައި އަތް ގުޅާލައިގެން ގޮނޑުދޮށް ކައިރީ ހިނގަމުން ދިރިއުޅުމުގެ ކަންތައްތައް އެކަކު އަނެއްކަަކާ ހިއްސާ ކުރަމުން ދިޔަ ދުވަސް! ހަނދުތަކާއި ތަރިތައް ހެކިކޮށް ދުވަހަކު ވެސް ދެމީހުން އެކަކު އަނެއްކަކާ ވަކި ނުވާނެކަމަށް ވައުދާއި ހުވާތައް ކުރި ދުވަސް! އެ ހުރިހާ ހަނދާނެއްް! އެ ހުރިހާ އުފާެވެރި ވަގުތުތައް ޝަމީލްގެ ސިކުނޑީން ފޮހެލަން ހަމަ އެހާ ފަސޭހައީތަ؟”
” އަހަރެން މި ބުނަނީނު ނަދީމާގެ އެއްވެސް ކުށެއް ނެތޭ! ދެން ކޮންކަމަކާ ހާސް ވާންވީ؟ ނަދީމާއަށް ވުރެއް އަހަރެން ދެކެ ލޯބިވާ މާ މުއްސަނދި ކުއްޖެއް އަހަންނަށް ލިބިއްޖެ! އެލިޔާ އެއީ އަހަރެންގެ ނަސީބު. ނަދީމާ ހީކުރަނީތަ ކޮންމެ 02 ހަފްތާއަކުން އެއް ފަހަރު އަހަރެން މިދަނީ އޮފީސް ދަތުރެކޭ؟ ހައް! އެއީ ހަމަ އެލިޔާއަށް ބައްދަލުކޮށްނުލާ ހިތަށް ކެތް ނުވެގެން! އެލިޔާގެ 05 ފިހާރައާއި 02 އެޕާޓްމެންޓް ހަމަ އެކަނި އޮސްޓްރޭލިއާގައި ހުންނާނެ! ނަދީމާއަށް އެވަރުވާނެތަ؟”
” ތިއީ އަހަރެން ދަންނަ ޝަމީލެއް ނޫން! ޝަމީލަކީ ދުވަހަކުވެސް ފައިސާއާ މުދަލާ ހެދި އުޅުނު މީހެއް ނޫން! އެހެންނޫންނަމަ މި ހުރިހާ ދުވަހަކު އަހަރެންނާ ގުޅިގެންނެއް ނޫޅޭނެ!”
” ބަލަ ނަދީމާ! ކޮން މަހެއްތަ ފެން އޮތް ތާކަށް ނުދުވާނީ؟ ޒަމާން ބަދަލުވެއްޖެ! ހަޤީޤަތާ ކުރިމަތިލާ! އަހަރެން ވެސް މިއަދު ލޯބިކުރަނީ މުއްސަނދިކަމަށް! ފައިސާއާއި މުދަލަށް!”
“ތިހެން ނުބުނޭ ޝަމީލް ހެޔޮނުވާނެ! އަހަރެންގެ ހިތް ދެފަޅިވެދާނެ! އަހަރެން މޮޔަވެދާނެ!”
ބާރުބާރަށް ގޮސް ޝަމީލްގެ ގައިގައި އޮޅުލައިގަތީމެވެ. ރޮމުން ގިސްލަމުންނެވެ. ޝަމީލްގެ ކޮނޑުގައި ބޯ އަޅައިލީމެވެ. ޝަމީލްގެ ގައިގައި ބާރުބާރަށް ބައްދައިލީމެވެ. ދެއަތް ތުރުތުރުއަޅަމުން ދިޔައެއްކަމަކު އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. ޝަމީލްގެ ދެއަތްތިލަ ހަމަ ގައިމުވެސް އަހަރެންގެ ބުރިކަށީގައި ޖެހުނު އިހުސާސް އަަހަންނަށް ކުރެވުނެވެ. ކޮނޑުމަތިން މޫނު ހިއްލާލުމަށްފަހު އެ ކަތި ނަޒަރަށް ބަލައިލީމެވެ. ޝަމީލްގެ ލޮލުން އެއްވެސް ރުޅިވެރިމެއް އަހަންނަކަށް ނުފެނެއެވެ. އެ ބޮޑު ދެލޮލުގައި ފޭއްދީފައިވަނީ ކަރުނަތަކެވެ.
ހަތަރު ކަޅި ހަމަވެ 05 ސިކުންތު ނުވަނީސް ޝަމީލް އަހަރެން ބާރުބާރަށް އެ ހަށިގަނޑާ ދުރުކޮށްލިއެވެ. އަދި އިސްޖަހައިގެން 10 ސިކުންތު ވާންދެން ހިމޭންކަމާއެކު އެއްވެސް ބަހެއް ދުލުން ބޭރުކުރުމެއްނެތި ހުއްޓެވެ.
“ނަދީމާ! ބައްޔެންނު ދެން! އަހަންނަށް އެބަ ލަސްވޭ! އަހަންނަށް ނުދެވިގެން މީޓިން ނުފެށިގެން އެއުޅެނީ! ދެން ވެސް ބަސް ޤަބޫލުކޮށްގެން މިތަނުން ދާންއުޅޭ!”
ޝަމީލް އިޝާރާތްކޮށްލީ އޭނާގެ އަތުގައިވާ ކަޅުކުލައިގެ ފައިލާއި އޭނާގެ އަތުގައި އަޅާފައިވާ މުށިކުލައިގެ ގަޑިއަށެވެ. އަދި ބާރުބާރަށް ހިނގާގަތެވެ. އަހަންނަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ޝަމީލްގެ ސޫރަ މިގެއިން އަހަންނަަށް ފެންނާނެ އެންމެ ފަހު ސިކުންތުކޮޅެވެ. ދުވަމުން ގޮސް ޝަމީލްގެ ފައިބުޑަށް ޖެހިގަތީމެވެ. އެހިނދު ޝަމީލްގެ އަތުގައިވާ ފައިލް އަހަރެންގެ ކަކޫ ކައިރިއަށް ވެއްޓުނެވެ.
އެ ފައިލް ނެގުމަށް ޝަމީލް އަވަސް އަވަހަށް ތިރިވިއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެެވެ. ފައިލް ވެއްޓުނުލެއް ބާރުކަމުން އޭގައިވާ ކަރުދާސްތައް އަހަރެންގެ ކައިރީ އުދުހެމުން ދިޔައެވެ. އަހަރެންގެ ކަކޫ ކައިރީގައިވާ ކަރުދާހަކަށް ލޯބޮޑުކޮށްގެން އަހަރެން ބަލަން ހުރީމެވެ. ޝަމީލްގެ ހުރިހާ މުދަލަކާއި ފައިސާއެއް އަހަންނަށް މިލްކުކުރި ކަމުގެ ލިޔުމެވެ. އަދި އެ ކަރުދާހުގެ ފަހަތުން ކޮންމެވެސް ގަނޑުކޮޅެއް ބޯދެމުން ދާތީ ބަލައިލީމެވެ.އެ ކަރުދާސް ކޮޅު ނަގައި އޭގައިވާ އެއްޗެއް އަޑު ހަރުކޮށް ކިޔައިލީމެވެ.
” އަރބަން ހޮސްޕިޓަލް”
“ޓެސްޓް ރިސަލްޓް”
” ނޭމް: މުހައްމަދު ޝަމީލް”
“ބްލަޑް ކެންސަރ: ޕޮސިޓިވް”
“އެސްޓިމޭޓެޑް ލައިފް ޓައިމް: ލެސް ދެން ވަން އިޔަރ”
ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކާއެކު އަހަރެން މައްޗަށް ބަލައިލީމެވެ. ޝަމީލް ހުރީ އަހަރެންގެ ކައިރި ބަލާށެވެ. އެދެލޮލުން ކަރުނަަތައް ހުސްވުމެއް ނެތި ފައިބަމުން ދިޔައެވެ. އެ މޫނުމަތީގައިވާ ރީތި ޑިންޕަލް މިއަދު އެވަނީ ފޭއްދިފައެވެ. އެ އުޖާލާ މޫނު މިއަދު އެވަނީ އަނދިރިވެފައެވެ. އަދި މަޑު މަޑުން ބޯ ޖަހައިލިއެވެ. ހަޤީޤަތާ ކުރިމަތިލާށޭ ބުނި ކަހަލައެވެ. އެ މޫނުމަތިން އަހަންނަށް ފެނުނީ މަޖުބޫރުކަމެވެ. ނުތަނަވަސްކަމާއި ހާސްކަމެވެ. އަހަރެންގެ ދެކެވާ ލޯތްބެވެ.
ކެޓެގަރީ: ކުރުވާހަކަ

2476

Human

0.0

??Mee koacheh
Kada☹

3 weeks ago

Saara

0.0

Vaahaka varah reethi ?… keep it up.?.

1

1 month ago

Ss

0.0

Mi ah vure dhigu kohli nama varah salhi veees.

3

2 months ago

Babuhan

0.0

Dhon klw nabuhaan! Mee kuru vahaka ekeyh!

1

2 months ago

nabuhan

0.0

މަާ ކުރު

2

2 months ago

nabuhan

0.0

ކަޑަ ވަރަށް

3

2 months ago

Kiuntherieh

0.0

Varah reethi mi vaahaka. ♥

5

2 months ago

Anonymous

0.0

Bolheh

1

7

2 months ago

Ma

Liyuntheriyaa aa dheythereyga ehaa negative nuvebala dho. ✌

5

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles