• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން: ޚުތުބާ

ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން: ޚުތުބާ


ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.މުޖުތަމައުއެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ހެޔޮލަފާ nދަރިފަސްކޮޅެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކާފައެވެ. އަދި ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅަށް ހަވާލާދީ ބުނެފައިވަނީ ޚުތުބާގައި ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން ކަމަށެވެ.އައިލާއެއް އުފެދިގެން އަންނަނީ، ޒަވާޖީ ޙަޔާތަކުންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ހަރުދަނާ ގޮތެއްގައި ޒަވާޖީ ޙަޔާތެއް ބިނާކުރުމަށް ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރަން ޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ, ކައިވެނިކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް ޢާއްމުކޮށް މީހުން ބަލައި އުޅެއެވެ. އެއީ، އޭނާގެ ފައިސާވެރި ކަމަށާއި، އޭނާގެ ޙަސަބާއި ނަސަބަށާއި، އޭނާގެ ރީތިކަމަށާއި، އޭނާގެ ދީންވެރި ކަމަށެވެ. ފަހެ ދީންވެރި އަންހެނެއް ލިބިގަތުމުގެ ނަސީބު ހޯދާށެވެ! ހުރިހާ ހެވެއް އޮތީ އެގޮތުގައެވެ. އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ, ދުނިޔެއަކީ ހިތްހަމަޖެހުން ޙާޞިލުކުރުމުގެ ތަނެކެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނެކެވެ. ހަމަ މިފަދައިން އަންހެނަކު ކާވެނިކުރާއިރު ވެސް އިސްކަންދޭންވާނީ ދީންވެރި ޞާލިޙް ފިރިހެނަކު އިޚުތިޔާރު ކުރުމަށެވެ.
~ ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ

ޚުތުބާގައި ބުނީ އާއިލީ ލޯތްބާއި ކުލުނާއި އޯގާތެރިކަން ދެމި އޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިންމު ރުކުން ކަމަށާއި، އަނބިދަރިންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެއް ކަމަށެވެ.މީގެ އިތުރުން ޚުތުބާގައި ބުނީ މައިންބަފައިން ކުރާ ހެޔޮ އަމަލުތަކުގެ ހެޔޮ އަސަރު ދަރިންނަށް ކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރު ވެސް އެދަރިންނަށް ކުރާނެ ކަމަށެވެ. އަދި ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް، މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެކަމަށެވެ.ޚުތުބާގައި ބުނީ ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށް އެންމެހާ ފާފަތަކުން ދުރުވާންޖެހޭ ކަމަށާއި، މައިންބަފައިން ދަރިން ބޮޑުކުރުމަށް ހޯދާ މުދަލާމެދު ވެސް ސަމާލުވާންޖެހޭ ކަމަށެވެ. އަދި އެ މުދަލަކީ ޙަރާމް މުދާކަމުގައި ވާނަމަ، އޭގެ ނުބައި އަސަރު ވެސް ދަރިންނަށް ކުރާނެ ކަމަށް ޚުތުބާގައި ބުނެއެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ، އެއްވެސް މަސްގަނޑެއް ޙަރާމް މުދަލުން ހެދިބޮޑުވެއްޖެނަމަ، އެ މަސްގަނޑަކަށް ނަރަކަ އައުލާކަން ބޮޑުވެގެންވެއެވެ.
~ ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ

ޚުތުބާގައި ބުނީ ދަރިންނަކީ ކިޔަމަންތެރި ހެޔޮލަފާ ދަރިންތަކަކަށް ވާނީ މައިންބަފައިން ރިވެތި ނަމޫނާ ދައްކައިގެން ކަމަށާއި، މަންމަ އާއި ބައްޕަ ފަސްނަމާދުކޮށް، ދީނީ އެހެނިހެން ވާޖިބުތަކަށް ރައްކާތެރިވާނަމަ، އެ ދެމީހުންގެ ކިބައިން ދަރިން ލިބިގަންނާނީ ހަމަ އެފަދަ ނަމޫނާ ކަމަށެވެ.ޚުތުބާގައި ބުނީ އިންސާނީ މުޖްތަމަޢެއް އުފެދެނީ ކުދިކުދި ޢާއިލާތަކަކުން ކަމަށާއި، އެއާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ، ހަރުދަނާ މުޖްތަމައުއެއް ބިނާ ނުކުރެވޭނެ ކަމަށެވެ.



Source link

Leave a Reply

Related Articles