• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެފުރާނަ އެކުވެފައިވާ

ދެފުރާނަ އެކުވެފައިވާ


387088

ނޯޓް: މި ވާހަކައަކީ އަޅުގަނޑުގެ ވާހަކަތަކަށް ވަރަށް ބޮޑު ތަރުޙީބެއް ދޭ ކިޔުންތެރިއެއް ކަމަށްވާ މައިޝާ އަށް ޚާއްޞަކޮށްފައިވާ ވާހަކައެކެވެ. އެގޮތުން މިވާހަކަ ލިޔެފައިވަނީ ވެސް މައިޝާ ހުށަހަޅައިދިން ޚިޔާލެއްގެ މައްޗަށެވެ. ޝުކުރިއްޔާ މައިޝާ
——
ހަވީރުގެ ފިނިފިނި މަރިޔާދު ވަގުތެވެ. ޖެހެމުން ދިޔައީ ހިތަށް ފިނިކަން ލިބިދޭ ޝަބުނަމްގެ އަރާމް ވައިބާނި ތަކެވެ. އެ އުފާވެރި ހިތްފަސޭހަ ވަގުތު ރަށުގެ ގިނަބަޔަކު މަސްޢޫލުވަމުން ދިޔައީ އަހަރެންގެ ކައިވެނީގެ ވަލީމާ ޤައުމީ ފެންވަރުގައި ބޭއްވުމަށެވެ. އަންހެންވެރިން ތައްޔާރު ކުރަމުން ދިޔަ ތަފާތު މީރު އެކި ބާވަތްތަކުގެ ކެއުންތަކުން މުޅިތަން ދިޔައީ އެއްވަސް ކުރަމުންނެވެ. ދުވާ މީރު ވަހުން ކޮންމެ މީހެއްގެ ވެސް ބަނޑު ފުރި ބަންޑުން ވާވަރުވެއެވެ. ތަފާތު އެކި ކުލަތަކުގެ ކުލަބޮކިތައް މުޅި ގޯތިތެރޭގައި ހަރުކުރެވި، މުޅި ގެ ދިއްލާ ވިދާ ބަބުޅަން ރަށުގެ ފިރިހެންވެރިން ފޯރިއާއި އެކު އުޅުނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.
ތައްޔާރު ކުރެވެމުން ދަނީ އަހަރެންގެ ކައިވެނީގެ ވަލީމާއެވެ. މިދަނޑިވަޅުގައި އަހަަރެންގެ އިޙުސާސްތައް ހުރީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހިތައްވެސް ބަޔާން ނުކުރެވޭނެއެވެ. ކިތަންމެ މޮޅު ޅެންވެރިޔަކަށް، ޅެމުގެ މާނަ ބަނޑުގެ އެންމެ ފުނަށް ލައިގެންވެސް އަހަރެންގެ ހިތަށް ލިބިފައި މިވާ އުފާވެރިކަން، ހިތްހަމަޖެހުން ނޭނގޭނެއެވެ. އާނއެކެވެ. ކޮޅުނެތް ކޮޅަށް އަހަރެން މިހުރީ އުފާވެފައެވެ. އުފަލުންް ގޮސް ހީވަނީ ރޮވިދާނެ ހެންނެވެ. މީ އަހަރެން ހާދަ ގިނަ ދުވަސްވަންދެން ދުށް ހުވަފެނެކެވެ. އަހަރެން ހާދަ އިންތިޒާރު ކުރި ދުވަހެކެވެ.
އަހަރެންގެ މޫނުމަތީގައި ވެސް ކޮންމެވެސް ވަރަކަށް ވަނީ މޭކަޕް ކުރެވިފައެވެ. އިސްތަށިގަނޑު ވަނީ ވަަރަށް ޗާލުކުރެވިފައެވެ. ފިރިހެނެއް ކަމަކު ވަލީމާއަށް ހިތް ފުރޭވަރަށް މޭކަޕްކޮށް ރީތިވެގެން ދިޔުމަކީ މައްސަލައެއް ނޫންތާއެވެ؟ މީ ދުނިޔޭގެ ވެސް އާދައެވެ. ކޮޓަރިތެރޭގައި ފޫހިކަމެއް ނެތި ފިނި ބުރުވަމުން ދިޔަ އޭސީއަށް ބަަލައިލަމުން އަހަރެން ގޮނޑިން ތެދުވެގެން ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.
“މާޝާﷲ” އަހަރެން ވަަރަށް ރީތިއެވެ. ބޮލުގައި ކޮޅަށް ޖެހިފައި ހުރި އިސްތަށިކޮޅުން ފެށިގެން ފައިގެ އިނގިލި ކޮޅާއި ހަަމައަށް ފެންނަމުން ދިޔައީ އަހަރެންގެ ފުރިހަމަ ކަމަވެ. އަހަރެންގެ ފިރިހެންވަންތަ ކަމެވެ. މިފަދަ ފުރިހަމަ ޚަފުލާއަކަށް ތައްޔާރު ކުރެވޭނެ އެންމެ މަތީ ދަރަޖައަށް އަހަރެން މިވަނީ ތައްޔާރުކުރެވިފައެވެ. މަޑުމަޑުން އަހަރެން ލޯގަނޑު ކުރިމަތީގައި ހުއްޓި އަހަރެންގެ މޫނަށް ބަލައިލީމެވެ. އަހަރެންގެ ކަންފަތުގައި މުދި ހަރުކޮށްފައެއް ނެތެވެ. އިސްތަށިގަނޑު ވަނީ ރީތިކޮށް ކޮށައިލެވިފައެވެ. އަހަރެންގެ ދަތްތައް ފެންނަ ވަަރަށް އަހަރެން ހީނލީމެވެ. އެއާއި އެކު އަހަރެންގެ ދޫ ހަރަކާތް ކޮށްލީ “ސާރާ” ގެ ނަމުންނެވެ.
ސާރާ އަކީ އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރެންގެ ދިރިއުޅުމުގެ ކައްޕިތާނެވެ. އަހަރެންގެ ވާން އުޅޭ އަނބިމީހާއެެވެ. އަހަރެން ސާރާ ދެކެ ވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އަހަރެންގެ ހިތުގައި ސާރާއަށް ދެވިފައިވަނީ ވަރަށް ޚާއްޞަ މަޤާމެކެވެ. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަހަރެން ސާރާ ދެކެވީ މާތް މަތިވެރި ޤަދަރުވެރި ލޯތްބެކެވެ. މިފަދަ މާތް ލޯތްބެއް ވާކަށް މިހާރުގެ ގިނަ ލޯބިވެރިންނަށް ނޭނގޭނެކަން އަހަރެންނަށް ކަށަވަރެވެ.
ވަގުތު ކޮޅަކު އަހަރެން ދެލޯ މަރައިލުމަށްފަހު މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އަދި އަހަރެންގެ ކަޅި ލޯގަނޑަށް އަނެއްކާވެސް އަމާޒުކޮށްލެވުނެވެ. ލޯގަނޑުގެ ކުރިމަތީގައި އެހުރީ އަހަރެންގެ ޙަޔާތުގައި އަހަރެންނަށް އެހީތެރިވި ބައިވެރިޔާއެވެ. ޙަޔާތުގެ ދަތުރުގައި އަހަރެން އުފުލި ހުރިހާ ވޭނަކާއި ހިތާމައެއް އެންމެ ގާތުން ފެނި އަހަރެންނަށް ނަޞޭހަތްްތެރިވި އަހަރެންގެ ބެސްޓް ފްރެންޑެވެ.
“ތޭންކްސް ދާނިޝް…” ލޯގަނޑުން ފެންނަށް ހުރި އަހަަރެންނަށް އެހީތެރިވި އަހަރެންގެ ބެސްޓްފްރެންޑަށް އަހަރެން ޝުކުރު އަދާކުރީމެވެ. ދާނިޝް ނެތް ނަމަ އަހަރެންނަށް މިއަދު މިހިސާބަކަށް ނާދެވުނީސް ކަން ކަށަވަރެވެ. މަޑުމަޑުން ލޯނގަޑުގެ ތެރެއިން އަހަރެންގެ މާޒީ އަހަރެންނަށް ފެންނަމުން ދިޔައެވެ. އަހަރެންގެ މާޒީ މިވަނީ އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލައިފައެވެ. އަހަރެން ހަރުދަނާ މީހަކަށް ހެދީ އަހަރެންގެ މާޒީއެވެ. އެއީ މީގެ 5 އަހަރު ކުރިއެވެ.
——————————————————————————-
“އަހަރެންގެ މައިންބަފައިންގެ ނުޤަބޫލުގަ މިގުޅުން އިތުރަކަށް ކުރިއަކަށް ނުގެންދެވޭނެ… ސޮރީ…”
އަހަރެންގެ ކަންފަތުގެ ހިނދުރި ބުރުމާ ކަށްޓަކުން ތޮރުފާލި ކަހަލައެވެ. އަހަރެންނަށް މުޅި ދުނިޔެ ހިމޭންވިއެވެ. ދާންވީ މިޝްރާބު ނޭނގުނެވެ. އަހަރެންވީ ހަޤީޤީ ލޯބި “ސޮރީ” އިން ނިމިގެން ދާތަން ބަަލަން އަހަރެންގެ ދެލޯ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ނާޒުކު މިހިތުގެ ވިންދު އަބަދުމެ ގޮވަމުން ދާ ސާރާ ގެ ނަމާއި ނުލައި މިހިތުގައި ވިންދު ޖަހާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ސާރާ ދެކެ ވަރަށް ލޯބި ވަަމެވެ. އެހެނަސް ސާރާގެ ކިބައިގައި އަހަރެންގެ ހިތް ނުރުހޭ ހުރީ ހަމަ އެންމެ ސިފައެކެވެ. އަހަރެންގެ އަމިއްލަ ކަންތަކާއި ބެހުމެވެ. އެންމެ ބޮޑު ކަމަކަށް އަހަރެންގެ އިސްތަށިގަނޑެވެ. އަހަރެންނަށް ޤުދުރަތުން ދެއްވައިފައިވަނީ ވަރުގަދަ ބޮޑު ބުޅި އިސްތަށިގަނޑެކެވެ. އުނުގަނޑާއި ހަަމައަށް އޮތް އަހަރެންގެ އިސްތަށިގަނޑު ސާރާއަކަށް ކަމަކު ނުދެއެވެ. ސާރާގެ މައިންބަފައިން އަހަރެންނަކީ ސާރާގެ ލޯބިވެރިޔާ އޭ ބުނަން ސަހަރޯ ހީވެއެވެ. އެއީ ވެސް ހަމަ އަހަރެންގެ އިސްތަށިގަނޑާއި ހުރެއެވެ. މުޖުތަމަޢު ދެކޭނެ ގޮތް ވަރަށް ހަޑިކަމަށް ބުނާނެއެވެ. ސާރާގެ އާއިލާއަށް ފިރިހެންކުދިންގެ އިސްތަށިގަނޑު ދިގުކުރުމަކީ ހަޑިކަމެކެވެ. ރަނޑުކަމެކެވެ. އަހަރެން އެކަން ޤަބޫލެއް ނުކުރަމެވެ. ފަހުން ކަންފަތު މުދިވެސް ލީމެވެ. ކަރު ފަށްވެސް އެޅީމެވެ. އަހަރެން ޤަބޫލު ކުރާ ގޮތުގައި ހުރިހާ ވެސް އެއްޗަކީ މީހާގެ ނިޔަތެވެ. ކުރާ އަމަލުތަކެވެ. ﷲ އާއި ތިބާ އާއި ދޭތެރޭގައި އޮތް ގުޅުމެވެ.
ސާރާގެ އާއިލާގެ ފުރިހަމަ ރުހުން އަހަރެމެންގެ ގުޅުމަށް ނުލިބުނަސް އަހަރެމެންގެ ލޯބީގެ ގުޅުން އަހަރެމެން ކުރިއަށް ގެންދިޔައީމެވެ. ނުހަނު އުފަލާއި އެކުގައެވެ. އަހަރެންނާއި ސާރާގެ ދެމެދުގައި ވާ ލޯބީގެ ގުޅުމަކީ އިތުބާރެވެ. އަޅާލުމެވެ. ޒިނޭ ކުރުމަކީ އަހަރެމެންގެ ނަޒަރުގައި ލޯބީގެ ގުޅުމެއް ނޫނެވެ. ހަޤީޤީ ލޯބިވާ ދެ ލޯބިވެރިން، އެމިހެއްގެ ބައިވެރިޔާ ނަރަކައިގެ ހޫނު އަލިފާނަށް ލާން ބޭނުން ވާނެ ހެެއްޔެވެ؟؟ ނުވާނެކަން ކަށަވަރެވެ. އަހަރެން ސާރާ އާއި އެކު އެފަދަ ގުޅުމެއް ނުހިންގީ އެހެންވެގެންނެވެ. ސާރާއަށް ދެރައެއް ނުދިނުމަށެވެ. އަހަރެން ސާރާ ދެކެވާ ޤަދަރުވެރި ލޯތްބެއްގެ ސަބަބުންނެވެ.
އެހެނަސް ފަހުން ވާނެ ގޮތެއް ނޭނގޭނޭ އެންމެންވެސް ބުނެއެވެ. އަހަރެން އެހާ ލޯބިވި ސާރާ އަހަރެންނަށް ގެއްލުނެވެ. “ސޮރީ” އިން އަހަރެންގެ ދިރިއުޅުން ސާރާ ސިއްކަ ޖެހިއެވެ. އަހަރެން ހުންނަ ގޮތް، އަހަރެން ޒިންމާދާރު ނުވުން، އަހަރެން އަތުގައި އެކަށީގެންވާ ވަަރަށް ފައިސާ ނެތުންވީ ސާރާ އާއި އަހަރެން ވަކިވާން ޖެހުނު ސަބަބުތަކަށެވެ. ސާރާ އިންގްލޭންޑަށް 5 އަހަރަށް ކިޔަވަން ފުރުޞަތު ލިބުމުން ސާރާ އަހަރެންނަށް ދިން ހަދިޔާ އަކީ “ސޮރީ” އެވެ. ސާރާ އެގޮތަށް ނިންމީ އޭނާގެ މައިންބަފައިން ރޮއި އާދޭސް ކޮށްގެންނެވެ.
އަހަރެން ވިސްނާ ލީމެވެ. ވަރަށް ބޮޑަށް ވިސްނީމެވެ. ސާރާ އަށް ޓަކައި އަހަރެންގެ ދިރިއުޅުން ބަދަލު ނުކުރާންވީ ކީއްވެ ހެއްޔެވެ؟ އަހަރެން އެހާ ލޯބިވާ މީހަކަށްޓަކައި ބޮލުގައި އޮތް އިސްތަށިގަނޑު ކޮށާލުން އެއީ ނުވާނެ ވަރު ކަމެއް ހެއްޔެވެ؟؟ އިސްތަށިގަނޑު ދިގުކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އަހަރެން އިސްތަށިގަނޑު ދިގުކުރުމުން ސާރާ އާއި ސާރާގެ އާއިލާއަށަ ކަމުނުދަންޏާ، އަހަރެން ގޮތް ދޫކޮށް އިސްތަށިގަނޑު ރީތިކޮށް، ކުރުކޮށް ކޮށާލުމުން، އަހަރެންނަށް އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަހަރެންނަށް ލިބޭ ދަރިންގެ މަންމަ ގެ މަޤާމު ހަވާލުކުރެވޭނެ ފަދަ ލޯބިވާ މީހަކަށް އެކަން ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
ސާރާ ފުރުމުގެ ކުރިން އަހަރެން ސާރާ އާއި ބައްދަލު ކުރީމެވެ. މަޢާފަށް އެދުނީމެވެ. ސާރާ އާއި ސާރާގެ އާއިލާ އެދޭ ފަދަ ހަރުދަނާ މީހަކަށް ވާނެ ކަމުގެ ޔަޤީންކަން އަހަރެން ދިނީމެވެ. އެހެނަސް އަހަރެން ސާރާގެ ގާތުން އެދުނީ ހަމަ އެންމެ ކަމެކެވެ. އަހަރެންނާއި ސާރާގެ ދެ ހަށިގަނޑު ދެތާގައި ވީ ކަމުގައި ވީނަމަވެސް އެއް ފުރާނައެއްގެ ގޮތުގައި ތާއަބަދު ވުމަށެވެ. އަހަރެން ވަރަށް އުފާވީމެވެ. ސާރާ އެކަން ޤަބޫލުކުރީ ނުހަނު އުފަލުންނެވެ. ސާރާ އަހަރެންދެކެ ވަރަށް ލޯބިވާކަން ހާމަ ކުރިއެވެ. ކިޔަވައިގެން އަންނަ ގޮތަށް އަހަރެންގެ މީހަކަށް ވާނެކަމަށް ސާރާ ވަޢުދު ވިއެވެ. އެހަނަސް އެއީ އަހަރެންގެ ޙަޔާތައް ބަދަލުތަކެއް އަންނާނެކަމަށް އަހަރެން ކުރިން ވަޢުދުވުމުންނެވެ.
ސާރާ ފުރައިގެން ދިޔުމާއި އެކު އަހަރެން އަބަދުވެސް އިސްތަށިގަނޑު ރީތި ވަަރަކަށް ބަހައްޓަމެވެ. ކަރުގައި ފަށް އެޅުމާއި، ކަންފަތު މުދިލުން ފަދަ ރަނޑު ކަންތައް އަހަރެން މުޅިން ދޫކޮށްލީމެވެ. ރަނގަޅަށް ކިޔަވައި ހަރުދަނާ މީހަކަށް ވުމަށް އިންތިހާއަށް މަސައްކަތް ކުރީމެވެ. އެކަނި ވާ ވަގުތުތަކު ލޯގަނޑު ކުރިމަތީގައި ހުއްޓި އަހަރެންގެ އަމިއްލަ ނަފުސާއި އަހަރެން ވާހަކަދައްކަމެވެ. އަހަރެންގެ އަމިއްލަ ނަފުސް އަހަރެން ދާންވީ ގޮތް ދައްކައިދެއެވެ. ރަނގަޅު ގޮތް ކިޔައިދެއެވެ.
އަހަރެންގެ ރަޙުމަތްތެރިން ބުނެއުޅެއެވެ. “ލޯންގް ޑިސްޓޭންސް ރިލޭޝަންޝިޕް” އަކީ ފަނި އެއްޗެކެވެ. އެއީ އެއްގޮތަކަށްވެސް މަސައްކަތް ކުރާނެ ފޯރމިޔުލާއެއް ނޫން ކަމަށެވެ. ދޮގު ހެދުމާއި އޮޅުވާލުމުން ފުރިފައިވާ ޚީލަތްތެރި ކަމެއްގެ ގޮތުގައެވެ. އެހެނަސް އެނގޭ ހެއްޔެވެ؟ ދުރުގައި އެތައް އަހަރަކު އުޅުނަސް އަހަރެންނާއި ސާރާގެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއީ އަހަރެންނާއި ސާރާގެ ލޯބީގެ ގުޅުމަކީ އިތުބާރެވެ. އަޅާލުމެވެ. މިހާރުގެ ރިލޭޝަންޝިޕް ގޮތަށް ” ލަވް އިޒް ސެކްސް” އެއް ނޫނެވެ.
ސާރާ ކިޔެވުން ނިންމާފައި އައި އިރު އަހަރެން މިވަނީ ސާރާގެ މީހަކަށް ވުމަށް ފައްކާވެފައެވެ. މިއަދު އަހަރެންނަކީ ސާރާގެ އާއިލާ އާއި މުޅި ޤައުމު ފަޚުރުވެރިވާ ޒުވާނެކެވެ. ސާރާގެ ދާއިރާ، ހިތަދޫ މެދު ދާއިރާގެ މަޖިލަސް މެމްބަރަކީ އަހަންނެވެ.
” ދާނިޝް” އަހަރެންނަށް ސިއްސައިގެން ގޮސް ފަހަތަށް ބަލައިލެވުނެވެ. އޭރު އަހަަރެންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔައެވެ. އަހަރެންގެ ގާތުގައި، ކައިވެނީގެ ހެދުމުގައި އެހުރީ އަހަރެންގެ ލޯބިލޯބި ސާރާއެެވެ. ދުރުގައި 5 އަހަރު ހޭދަކޮށްފައި، މިއަދު އަހަރެންގެ ގާތުގައި ސާރާ އައިސް އެހުރީ އަހަރެންގެ ދިރިއުޅުމުގެ ހުންގާނުގައި ހިފާށެވެ. އަހަރެން މި ދިރިއުޅުމުގެ ރާސްތާ، ސާރާ އާއި އެކު އެއްހަށިގަނޑެއްގެ މިސާލުގައި ފުރިހަމަ ކުރާނަމެވެ.
ނިމުނީ
ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ

3870

Janoo#jan

0.0

So nice. Varah loabi story.

6 days ago

Maisha

0.0

Welcome baby??

2 weeks ago

Mohamed Naaim

0.0

Varah reethi vaahakaeh

2 weeks ago

Aish

0.0

Valeemaa gaumee fenvaruga faahaga
?
?kureytha

1

2 months ago

ކިޔުންތެރިޔާ

ކީއްވެ ނުބޭންވެންވީ؟؟ މުއްސަނދި، ތައުލީމީ، މީހުންގެ ލޯބި ލިބެގެންވާ، މަޖިލިސް މެމްބަރެއް ގެ ވަލީމާ ގައުމީ ފެންވަރުގަ ބޭއްވިދާނު

17

2 months ago

Anonymous

0.0

V interesting story ❤?

7

2 months ago

Anonymous

0.0

. Thank you maisha

7

2 months ago

Zee

0.0

Mashah ves livebalavaahakayeh loabee
gett varugadha misaaleh

10

2 months ago

Anonymous

0.0

ވަރަށް ސަޅި

10

2 months ago

Ss

0.0

V reeeeethi vaaahaka eh.

10

2 months ago

ކިޔުންތެރިޔާ

0.0

ވަރަށް ރީތި.. މަށަށް ވެސް ޙާއްޞަކޮށްފައި ލިޔެބަލަ ސްޓޯރީއެއް…މީވެސް ޒެލްގެ ފޭނެއް

27

1

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles