• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ދެ ރައީސުންނާއެކު އެމްޑީޕީގެ ޑޯޓުޑޯ ހަރަކާތް ފަށައިފި

ދެ ރައީސުންނާއެކު އެމްޑީޕީގެ ޑޯޓުޑޯ ހަރަކާތް ފަށައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީީޕީގެ ޑޯޓުޑޯ ހަރަކާތް ފަށައިފިއެެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މާލޭގެ ބައެއް ގޭތަކަށް ދޮރުން ދޮރަށް ހިންގާވާފައެވެ.ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ފެއްޓުމުގެ ކުރިން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބާ، މަޖިލީސް އިންތިހާބުގައި ރައްޔިތުން އެމްޑީޕީ އަށް އިތުބާރުކޮށް ބޮޑު ޢައުލަބިއްޔާތެއް ދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހަބަކީ އޭގެ ތިން ވަނަ މަރުހަލާ ކަމަށާއި، ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ޢައުލަބިއްޔާތު ނުލިބިއްޖެނަމަ އެމްޑީޕީން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވިއްޖެއްޔާ، އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ކުރި މަސައްކަތްތައް ތަންފީޒު ކުރުމުގައި އުދަނގޫތަކެއް، ދަތިތަކެއް ކުރިމަތިވާނެ.
~ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމްޑީޕީ އަށް ބައެއް ކައުންސިލްތަކުގެ ގޮނޑިތައް މިހާރު ޔަގީންވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަމުން ވެސް އަންގައިދެނީ ރައްޔިތުން އެމްޑީޕީއާ ދޭތެރެ އޮތް އިތުބާރު ކަމަށެވެ.އެމްޑީޕީ ޖަގަހާގައި ތިބި މެމްބަރުންނާއި ވާހަަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ހޮނިހިރު ދުވަހު އެމްޑީޕީގެ އަންހެނުން ރޫހުން ކުރިޔަށް ގެންދާ ”ރަށްވެހި ފެސްޓިވަލް” އާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.ނަޝީދު ވިދާޅުވީ، އެ ޕްރޮގްރާމްގެ ތެރެއިން ކުރިޔަށްދާނީ، ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ހިނގަމުންދާ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމާއި އެކު އެކަންތައްތައް ސާފުކޮށް ކިޔައިދިނުން ކަމަށެވެ.ރަށްވެހި ޕެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.



Source link

Leave a Reply

Related Articles