• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ތިނަދޫއަށް މީހުން އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފި

ތިނަދޫއަށް މީހުން އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފި



ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބައްޔަށް ޓެސްޓުކުރަމުން ދާތީ، ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެރަށަށް އަރައިފޭބުން މަނާކޮށްފިއެވެ. ތިނަދޫއިން ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިގެން، އޭނާ އެކަހެރިކޮށް ޓެސްޓުތައް ހަދަން ފެށީ މިއަދެެވެ. މިކަމާ ގުޅިގެން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އޭނާ މިހާރު ހުރީ ފަރުކޮޅުފުށީގައި ގާއުމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އަމީން ވިދާޅުވީ މިހާރު އޭނާއާ ބައްދަލުވެ ކޮންްޓެކްޓުވި މީހުން ޓްރޭސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަތީޖާ ލިބެންދެން އެރަށަށް މީހުން އަރައި ފޭބުން ވަގުތީގޮތިން މަނާކޮށްފައިވާ ކަމަށެވެ. ޓެސްޓުތަކުގެ ނަތީިޖާ ލިބޭނޭ މާދަމާއެވެ. އަދި އެއްވެސް ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަކީ ހަމަޖައްސާފައިވާ އުސޫލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޕްރެސްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޕެނިކް ވާން ޖެހޭ ހާލަތެއް އަދި ނާންނަ ކަމަށާއި، ރިސޯޓަށް މީހުން އަރާ ފޭބުން މަނާކުރީ ނަތީޖާ ލިބެންދެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. “މިއީ ވަގުތީ ޑިޒިޝަނެއް އަޅުގަނޑުމެން ދެން ނަގާނެ ފިޔަވަޅެއް އެނގޭނީ މާދަމާގެ ރިޒަލްޓަށް ފަހު،” އަލީ ވަހީދު ވިދާޅުވިއެވެ. އެމީހާ ރާއްޖެއިން ފުރައިގެން ދިޔައީ އިއްޔެ ކަމަށްވެއެވެ. އަދި އެމީހާ އެއާޕޯޓުން ފުރައިންގެ ދިޔައިރު އަލާމާތެއް ހުރިތޯ އާއި އޭނާއަށް ފުރައިގެން ދެވުނީ ކީއްވެތޯ ބަލަން ރައީސް އަންގަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޑަ އާބާދީއެއް އޮންނަ ތިނަދޫ އަކީ ފަތުރުވެރިކަމަށް ބަރޯސާވާ ރަށެކެވެ. އެރަށުގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޅ. ކުރެއްދޫ ރިސޯޓުން ވެސް މީހަކު ވަނީ އެކަހެރި ކޮށްފައެވެ. މިހާރު ފަރުކޮޅުފުށީގައި ހަ މީހަކު ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އެއީ ދިވެހި އަންހެނަކާ ކުޑަކުއްޖެއްގެ އިތުރުން އިޓަލީގެ ތިން މީހަކާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެވެ. އިޓަލީވިލާތުގެ އުތުރުގައި ވަރަށް ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ އިރު، 3،858 މީހަކަށް އެ ބަލި ޖެހި 148 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.



Source link

Leave a Reply

Related Articles