• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 1

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 1


1- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ކިހިނެއް ހެއްޔެވެ؟ ސަޖިދައަށް ދާއިރު އަދި ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔަން ޖެހޭނެ ހެއްޔެވެ؟ އަދި ސަލާމްދޭން ޖެހޭނެހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ހަމައެކަނި ސަޖިދައަށް ދާއިރުއެވެ. ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔާކަށް ނުޖެހޭނެއެވެ. އަދި ސަލާމްދޭކަށްވެސް ނުޖެހޭނެއެވެ. އެހެނީ މިކަންތައްތަކުގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވާ ހަމައެކަނި ކަމަކީ ސަޖިދައަށް ދާއިރު ﷲ އަކްބަރު ކިޔުމެވެ. ނަމާދުގަ ފިޔަވައެވެ. ނަމާދުގައި ސަޖިދައިން ތެދުވާއިރު ﷲ އަކްބަރު ކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަމަގުން ވާރިދުވެފައިވެއެވެ.
عن ابنُ عمرَ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللِه صَلَّى اللُه عَلَيْهِ وَسَلَّمَ يَقْرَأُ عَلَيْنَا الْقُرْآنَ، فَإِذَا مَرَّ بِالسَّجْدَةِ كَبَّرَ وَسَجَدَ وَسَجَدْنَا ) أخرجه أحمد2/17، والبخاري 2/33،34 ، ومسلم 1/405 برقم (575)
މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނަށް ޤުރުއާން ކިޔަވާވިދާޅުވެއެވެ. ސަޖިދައިގެ އާޔަތަކާ ހަމަވުމުން ތަކްބީރު ކިޔުއްވާ ސަޖިދަކުރައްވައެވެ. ތިމަންމެންވެސް ސަޖިދަކުރަމެވެ.”
اللجنة الدائمة للبحوث العلمية والإفتاء 7/261

2- ތިލާވަތުގެ ސަޖިދާ ކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދަކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ނޫނެވެ.
(مجموع فتاوى ومقالات سماحة الشيخ ابن باز 11 / 406)

3- ތިލާވަތުގެ ސަޖިދާގައި ކިޔާނީ ކޮން ދުޢާއެއް ހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައިވެސް ކިޔާ ތަސްބީޙައެވެ. އަދި މީގެ އިތުރުން އަންނަނިވި ދުޢާތައްވެސް ތިލާވަތުގެ ސަޖިދާގައި ކިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިވެއެވެ.

“سَجَدَ وَجْهِيَ لِلَّذِيْ خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ”( رواه الترمذي وأحمد والحاكم وصحّحه ووافقه الذهبي )
މާނައީ: “އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނުހައްދަވާ އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނުސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ.”
“اَللَّهُمَّ اكْتُبْ لِيْ بِهاَ عِنْدَكَ أَجْرًا وَضَعْ عَنِّي بِهاَ وِزْرًا وَاجْعَلْهاَ لِيْ عِنْدَكَ ذُخْرًا وَتَقَبَّلْهاَ مِنِّيْ كَماَ تَقَبَّلْتَهاَ مِنْ عَبْدِكَ دَاوُدَ”( رواه الترمذي والحاكم وصحّحه ووافقه الذهبي)
މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް މިސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފައެއް ފުއްސަވާނދޭވެ! އަދި އިބަﷲގެ ޙަޟްރަތުގައި މިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މިސަޖިދަ ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ…



Source link

Leave a Reply

Related Articles