• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ތުނބުޅި މަތިމަހުން މާސްކުން ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަމަށް ހުރަސްއަޅާ

ތުނބުޅި މަތިމަހުން މާސްކުން ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަމަށް ހުރަސްއަޅާސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިންޒާރު ދީފައިވާގޮތުގައި މޫނުގައި ހުންނަ ތުނބުޅި މަތިމަސް ފަދަ އިސްތަށީގެ ސަބަބުން ކޮރޯނާ ފަދަ ނުރައްކާތެރި ވައިރަސް ތަކުން ސަލާމަތް ވުމަށް ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން މާސްކުން ނުލިބޭނެއެވެ.މިވައިރަސް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 81،000 ވަރަކަށް މީހުންނަށް ތަހައްމަލް ކުރަންޖެހިފައި ވާއިރު، އާންމު ގޮތެއްގައި މިވައިރަސް އިން ރައްކާތެރި ވުމަށް އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކީ މާސްކު ބޭނުން ކުރުމެވެ.2017 ވަނަ އަހަރު ސިއްހީ ވުޒާރާއަކުން އާންމު ކޮށްފައިވާ ކުރެހުމަކުން ދައްކާ ގޮތުގައި ބައެއް ތުބުޅި މަތިމަސް ހުންނަ ގޮތުން، މާސްކު ބޭނުން ކުރިކަމުގައި ވިޔަސް މާސްކުން ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަމެއް ނުލިބެއެވެ. ބައެއް މާސްކަކީ ނޭވާ އަދި ވައި ދަރުރުކުރުމަށް ހާއްސަ ވޭލްވް ތައް ހިމަނައިގެން އުފައްދާފައިވާ މާސްކުތަކަށް ވާއިރު ތުނބުޅީ މަތިމަހުގެ ބައެއް ޑިޒައިނުގެ ސަބަބުން ނޭވާ ނުވަތަ ވައި ދައުރުކުރުވާ ވޭލްވް އަށްހުރަސްއަޅައި މާސްކުގެ ބޭނުން ރަނގަޅަށް ނުހިފެއެވެ.އާންމުކޮށްފައިވާ ތުނބުޅި މަތިމަހުގެ ކުރެހުމުގައި ވާގޮތުން މާސްކުން ރައްކާތެރިކަން ފޯރުކޮށްނުދެނީ ޗިން ކާރޓެއިންސް، އެކްސްޓެންޑަޑް ގޯޓީސް، ސަރކަލް ބިއަރޑް، ހުލިހީ، ފްރެންޗް ފޯރކް އަދި ޑަކްޓެއިލް ފަދަ ތުބުޅި ޑިޒައިންތަކުންނެވެ. އަދި ސޯލް ޕެޗް، ސައިޑް ވިޝްކަރސް ، ޕެންސިލް މޫސްޓޭޝް، ވޮލްރަސް މޫސްޓޭޝް ނުވަތަ ހެންޑްލް ބާރ މުސްޓޭޝް ފަދަ ޑިޒައިނަށް މަތިމަސް ހުންނަ މީހުންނަށް މާސްކުން ފުރިހަމަ އަށް ރައްކާތެރިކަން ލިބޭކަމަށް މި ކުރެހުމުގައި ވަނީ ހާމަކޮށްފައެވެ.ތުނބުޅި މަތިމަހާ ބެހޭ މިކުރެހުން ސޯޝަލް މީޑިއާގައި އާންމުވުމުން ގިނަބަޔަކު ވަނީ މިކުރެހުމާ މެދު ހިޔާލު ފާޅުކޮށްފައެވެ. އަދި މިކުރެހުންވަނީ ވައިރަލް ވެފައެވެ.ސޯޝަލް މީޑިއާގައި މީހަކު ހާމަކޮށްފައިވާ ގޮތުގައި ކޮންމެސް މީހަކު ކޮންމެވެސް ދުވަހަކުން ތުނބުޅި މަތިމަހުގެ ޑިޒައިންތަކާމެދު އެއްޗެއް ބުނާނެކަމަށް އަބަދުވެސް ހީކުރެވުނު ކަމަށާއި، ނަމަވެސް އެކަންކުރާނީ ކޮރޯނާވައިރަސް އާގުޅިގެން ސީޑީސީން ކަމަކަށް ދުވަހަކުވެސް ހިތައް ނުގެނެވޭކަމަށް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

100.0 %
އުފާވި

0 %
ދެރަވި

0 %
ރުޅިއައި

0 %
މައުލޫމާތު މުއްސަނދިވިSource link

Leave a Reply

Related Articles