• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ގަމާރު

ގަމާރު


301423

“ޕިސް ޕިސް ޕިސް! ކަލޭ ތީ ފިރިހެނެއްތަ؟ އަންހެނަަކަށް ވުރެއް ކަލޭގެ ގަަމާރުކަން ބޮޑުވިއްޔަ؟”
އެއީ ހަމަ އަހަންނާ ދިމާއަށް އެއްލި ބަހެކެވެ. ވަށް ބަހެއް ނޫނެވެ. ސީދާ އަހަންނަށް ނިސްބަތްކޮށް ބުނި ބަހެކެވެ. ކުރިމަތީހުރި ކޮފީތައްޓާ ދިމާއަށް އަހަރެން ބަލައިލީމެވެ. އޭނާއާ ހަތަރުކަޅި ކުރާނެ ހިތްވަރު ގައިގައި ނެތުމުންނެވެ. އަހަރެންގެ ލޮލަށް ބަރުވަމުންދިޔަ ކަރުނަތައް އެކަކަށްވެސް ދައްކާކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ މަޖުބޫރީ ދިރިއުޅުން އެކަކަށް ވެސް ރޭކާލާކަށް ހަމަށަކު އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން މަސައްކަތް ކުރީ ވާހަކަ އޮޅުވާލެވޭތޯއެވެ.
“ތިޔެއް ނޫނޭ! ކޮން އިރަކުންތަ ސައި ލިބޭނީ؟ ވަރަށް އަވަހަށް ކައިވެނީގެ ވަލުގައި ގޮށެއް ޖަހަން އުޅޭ ވާހަކަ އަޑުއެެހިން!”
ނާޔިފު އަހަރެން ހީކުރިވަރަށް ވުރެއް މާ ހުށިޔާރެވެ. އަދިވެސް އެ ޒުވާން ސިނކުޑީގައި ތެތްކަން އެބަހުއްޓެވެ.
“މިފްޒާލް! ވާހަކަ އޮޅުވާލަން މަސައްކަތް ނުކޮށްބަލަ! މިދައްކަނީ މިފްޒާލްގެ ދިރިއުޅުމުގެ ވާހަކަ! މިފްޒާލްގެ އަންހެނުންގެ ވާހަކަ! ކޮންމެ ރެއަކު ކޮންމެ ވެސް ފިރިހެނަކާ އެކީ މުޅި ރަށުގައި ބުރު ޖަހާ ވާހަކަ! އޭނާ އެކި މީސްމީހުންނާ ގުޅުން ބާއްވާ ވާހަކަ! މިފްޒާލް ކީއްވެތަ ތިހާ ފަސޭހައިން މިކަންތައް ތި ދޫކޮށްލަނީ! ތި ވަރަށް ޝަހުޒާއަށް އިތުބާރު ނުކޮށްބަލަ! ކޮންމެ މީހަކު ވެސް އެވާހަކަތައް ދައްކާއިރަށް ތިބުނަނީ ތިވާނީ ހީވާއެއްޗެއްކަމަށޭ! ތިމަންނަ ދެކެ ޝަހުޒާ ނިލާހިކު ލޯބިވެޔޭ! ބަލަ އެންމެން އެކައްޗެއް ކިޔާނީ ކޮންމެވެސް ސަބަބެއް އޮވެގެން ދޯ! ރަށުގައި އެއްއަޑެއް އަރާނީ ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭތީ ދޯ!”
އަހަރެންނެކޭ ޖަނާޒާއަކަށް ހާޒިރުވެފައިވާ މީހެކޭ އެއްފަދައެވެ. އަނގައިން އެންމެ ބަހެއް ވެސް ބޭރުނުކުރާތާ ނާޔިފާ ދިމާއަށް ބަލައިވެސް ނުލަމެވެ. ވެރިވެފައިވާ އަބުއި ހަމަހިމޭން ސިކުންތުތައް ފޫއްދުއްވައިލީ ނޮކިޔާގެ ހިތްގައިމު ރިންގްޓޮން އިން އެވެ.
“އެ ގުޅަނީ ކަލޭގެ މަހާރެހެންދި! ރަނގަޅަށް ވެއްޖެއްޔާ ކޮންމެވެސް ކަމެއް ބޭނުންވެގެން އެގުޅާނީ!”
ޝަހުޒާއަށް ނާޔިފު ކުރާ ނަފްރަތުން ހާމާވެގެންދަނީ ނާޔިފުގެ ހަަޔާތުގައި އަހަރެންގެ މަޤާމެވެ. އޭނާގެ ދިރިިއުޅުމުގައި އަހަންނަަށް ދެވިފައިވާ އިސްކަމެވެ. ތެދެކެވެ. ގުޅީ ޝަހުޒާއެވެ. ރިމެއިންޑާ އެއް ދިނުމަށެވެ. 10 މިނެޓް ތެރޭގައި ސުކޫލުދޮށަށް ދަރިފުޅު ބަލާދާން ޖެހޭނެކަން ހަނދުމަކޮށްދިނުމަށެވެ. އަދި އަންނަމުން ބަތް ޕާރުސަލްތައްޓެއް ގެންނާށޭ ބުނުމަށެވެ.
ވާހަކަ ކުރުކޮށްލައި ސަލާން ގަލާންކޮށް ނާޔިފާ އަހަންނާ ވަކިވީ ދަރިފުޅު ބަލައި ސުކޫލުދޮށަށް ދާންޖެހޭ ކަމަށް ބުނަމުންނެވެ. އަދިއެއްފަހަރު ކޮފީއަކަށް އަރަންވާނެއޭ ބުނެފައެވެ. ހެޔޮދުއާއާއި ސަލާންތަކުން ހިތް ބަރާކުރަމުންނެވެ.
ސައިކަލު ސުކޫލުދޮށާ ހަމައަށް ނުފޯރަނީސް ރަނގަބީލުގެ އަޑު އިވުނެވެ. އަވަސް އަވަސްކޮށް ބާރުބާރަށް ދުއްވާފައި ސުކޫލުގެ ކައިރިއަށް އާދެވުނުއިރު 05 މިނެޓް ލަސްވެއްޖެކަން ސުކޫލުގެ ގޭޓް ކައިރީ ހުރި އަންހެންކުއްޖާގެ މޫނުމަތިން އަހަންނަށް އެނގުނެވެ.
“ބައްޕީ! މިއަދު ވެސް 05 މިނެޓް ލޭޓް ވެގެން ތިޔައީ! ބައްޕި ކައިރީ ކިތައްފަހަރު ކޮއްކި ބުނަންވީ ގަޑިއަަށް އަންނާށޭ! އަދި ބުންޏަސް މިބޮޑު ބޮޑު ދެކަންފަތަށް އަޑެއް ވެސް ނީވޭނެ!”
ނީރާގެ މައުސޫމުކަން ފެނި އަހަރެންގެ ލޮލުން ކަރުނަތައް ފާއްދައިލިއެވެ. އުމުރުން އެންމެ 07 އަހަރު ވިޔެއްކަމަކު ބޮޑު މީހަކަށް ދޫނުކުރާނެ ވަރު އަނގައެއް އޮންނާނެއެވެ. ދެ ފަރާތައް ފުނާއަޅައި ޔުނީފޯރމް ލައިގެން ހުރިއިރު ހީވަނީ ކުޑަކުޑަ ޕަރީއެއް ހެންނެވެ.
“ބައްޕިގެ ޕަރީ! ދެން ސޮރީއޭ! ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިޔާއަކާ ދިމާކޮށްފައި އައީމައޭ ލޭޓްވީ!”
“އަޅޭ ބައްޕީ! ސޮރީއޭ ނުބުނާނެއޭ! ކޮއްކިއަށް އެނގެޔޭ ބައްޕި ގަސްތުގައި ލޭޓް ނުވާނެކަން!”
ނީރާ އައިސް އަހަރެންގެ ގައިގައި ބާރުބާރަށް ބައްދައިލިއެވެ. އެ މައުސޫމް ހަށިގަނޑުގެ އެންމެހާ އިހުސާސްތަކެއް އަހަންނަށް އިހުސާސްކުރެވުނެވެ. ބޭނުންވަނީ ބާރުބާރަށް ރޮއިލާށެވެ. ހިތުގައިވާ ހުރިހާ އުދާސްތަކެއް ބޭރުކޮށްލާށެވެ. ނަމަވެސް، އަމިއްލަ ނަފްސަށް ކެތްތެރިވުމަށް ހިތްވަރު ދެމުން ދިޔައީމެވެ.
ގެޔަށް އައިސް ވަނުމާއެކު ބަތް ޕާރުސަލް ލިބުމާއެކު ޝަހުޒާ ދިޔައީ ބޭރަށް ދާންޖެހިއްޖެއޭ ކިޔާ ބޭރަށެވެ. ނީރާއަށް ގޮވާނުލާތާ އެފަކީރު ކައިރި ބަލައިވެސް ނުލިއެވެ. އަހަރެން އަވަސް އަވަސްކޮށްލައިގެން ދިޔައީ ގަޑި ޖެހުމުގެ ކުރިން ނީރާއަށް ކޮންމެވެސް ކާއެއްޗެއް ދެވޭތޯ މަސައްކަތްކުރާށެވެ. ނީރާއަށް އަބަދުވެސް އެންމެ މީރު ނޫޑްލީސް ކެއްކުމަށް ނެގީ އެންމެ 05 މިނެޓެވެ. އާދައިގެން މަތިން އަބަދު ކުރާކަމަކަށް ފަރިތަ ނުވާނީ ކާކު ހެއްޔެވެ؟
ތަށްޓަށް ނޫޑްލީސް އަޅައިދީ ޖޫސްތައްޓެއް ގިރައިދިނުމަށްފަހު އަހަރެންގެ ދިޔައީ ފާހަނާއަކަށް ދާންޖެހިއްޖެއޭ ބުނެފައެވެ. ފާހަނާއަށް ގޮސް ޒިންކުގެ އިސްކުރު ދޫކޮށްލީމެވެ. އަދި ރަނގަޅަށް މޫނު ދޮވެލީމެވެ. މިލާމޯޅިވެފައިވާ މޫނަށް ތާޒާކަމެއް ލިބޭތޯއެވެ. ނަމަވެސް އަހަރެންގެ މޫނު ފެނުމުން އަހަންނަށް ފެށުނީ ރޯށެެވެ. ކަރުނަތައް ހިފަހައްޓާލައިގެން އަހަންނަށް ހުރެވުނީ ހަމަކިރިޔާއެވެ. ބާރުބާރަށް އަހަރެން ހަޅޭަލަވާގަނީމެވެ. ދެއަތުން އިސްތަށިގަނޑުގައި ބާރުބާރަށް ހިފައިގަތީމެވެ. ރޮމުން ގިސްލަމުން ދެކަކޫ މައްޗަށް ތިރިވީމެވެ.
އަހަރެންގެ އުމުރުން އެންމެ 03 އަހަރުގައި އަހަރެންގެ މައިންބަފައިންގެ ކައިވެނީގެ ގޮށް މޮހައިލިއެވެ. މަންމަ ބޭނުންވާތީއެވެ. މަންމައަށް އެެހެން ފިރިހެނެއްދެކެ މާބޮޑަށް ލޯބިވެވިގެންނެވެ. އަހަރެމެން ދެބަފައިން އެކަނި ކޮށްލާފައި ދިޔައީ ހިތުަގައި އެއްވެސް ރަހުމެއް ކުލުނެއް ނެތީމައެއް ނޫން ހެއްޔެވެ؟ ދުނިޔެމަތީގައި މަންމައަށް މުހިއްމުވީ ދުނިޔެވީ ޗާލު ކުލަތަކެވެ. ބުރަސޫރަ ރީތި ފިރިހެނުންނެެވެ. އަރާމާއި އުފަލެވެ.
ދުނިޔެ އަހަރެން ކުރިމަތިކުރުވީ އިތުރު އިމްތިހާނެކެވެ. މަންމަ އަހަރެމެން ދޫކޮށްފައި ދިޔަތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ. އަހަރެންނަށް ހަޤީޤީ ދުނިޔެއަށް ކުރިމަތިލާން ޖެހުނެވެ. އެދުވަހުއްސުރެއް އަހަރެން ބެލުމުގެ ޒިންމާ ނެގީ އަހަރެންގެ ބޮޑުދައިތައެވެ. ބޭނުންވެގެންނެއް ނޫނެވެ. ދުނިޔޭގައި ލަދުން އެއްކިބާވުމަށެވެ. އަހަންނަށް ލޯތްބާއި އަޅާލުންދޭކަން ދުނިޔޭގެ ލޯތަކަަށް ދައްކާށެވެ.
ބޮޑުދައިތަގެ އަނިޔާތަކާއި ވޭންތަކުން އަހަންނަށް މަޖުބޫރުވީ އެހެން ގޮތެއް އިހުތިޔާރު ކުރާށެވެ. ސުކޫލުން ކެނޑިގެން ގދ ތިނަދޫއަށް އަހަރެން ހިޖުރަ ކުރީ ވެސް މިސަބަބުތަކާ ހެދީއެވެ. އެރަށުން ކޮންމެ ވެސް ވަޒީފާއަށް ހޯދާށެވެ. ނޯކިރީކަން ކޮށްގެން ކައިގެން ބޮއިގެން އުޅުނަސް އަހަރެންގެ ނަފްސަށް މާބޮޑަށް ހިތްހަމަޖެހުން ލިބޭނެހެން އަހަންނަށް ހީވުމުންނެވެ. އެގޮތުން، ޝަހުޒާގެ ގެއިން އަހަންނަށް ވަޒީފާއެއް ހޯދައިދިނީ ނާޔިފެެވެ. ޝަހުޒާގެ މައިންބަފައިންނަކީ ވިޔަފާރީގެ ކަންތައްތަކުގައި މަހަކު ދެފަހަރު ރާއްޖެއިން ބޭރަށް ދާންޖެހޭ ބައެއްްކަމުން ގޭތެރޭގެ އެންމެހާ ކަންތައްތައް ކޮށްދިނުމާއި ޝަހުޒާގެ ހަށި ރައްކަލައްގެ ގޮތުަގައެވެ.
ނަމަވެސް ޝަހުޒާގެ އަމަލުތައް ހުރިގޮތުން، އަހަންނަށް އަހަރެންގެ ފެންވަރު އޮޅުނީއެވެ. އަހަރެން މިއީ ކާކުކަން އަހަންނަަށް ހަނދާންނެތުނީއެވެ. ޝަހުޒާ އަހަންނަށް ލޯބި ހުށައެޅެމުން އަހަންނަަށް އެލޯބި ޤަބޫލުކުރެވުނީއެވެ. ލޯތްބަކީ ކަނު އެއްޗެކެެވެ. ލޯބިވުމުގައި އުމުރެއް، ތަނަވަސްކަމެއް، ހަސަބެއް ނަސަބެއްނެތެވެ. އަހަންނަށް ޝަހުޒާ ދެކެ ލޯބިވެވުނީ އަހަރެންގެ ހިތަށް ކުޅަދާނަވެސް ނުވާ މިންވަރަކަށެވެ.
ޝަހުޒާގެ މައިންބަފައިން ކައިވެންޏަށް ޤަބޫލުވުުމުން ވަގުތީ އުފާފާޅުކުުރުމުގައި އަހަރެން ހުއްޓާ އަހަރެންގެ ނިދިން އަހަރެން ހޭއްލަވައިލީ އަހަންނަށް ދަރިއަކު ލިބި އެކުއްޖާއަށް 02 އަހަރު ފުރިގެން ވެސް ދިޔަފަހުންނެވެ. ޝަހުޒާގެ ކިބައިން އަހަންނަށް ފެނުނީ އެދެވޭ ބަދަލުތަކެއް ނޫނެވެ. ނީރާގެ އެއްވެސް ކަމެއްގައި ސަމާލުކަމެއް ނުދެއެވެ. އަބަދުހެން އުޅެނީ ގެއިން ބޭރުގައެވެ. އޮފީހުގައެވެ. ކޮފީ ތަކުގައެވެ. ފިރިހެނުންތަކުގެ ސައިކަލުގެ ފަހަތް ފަޅުފިލުވައިދިނުމުގައެވެ. އެއްދުވަހެއްގައި އެކަމާ ނުރުހުންވެ އެއްޗެކޭ ބުނުމުން އަހަންނާ ދިމާއަށް ބުނި ބަސްތައް އަދިވެސް އަހަރެންގެ ސިކުނޑީގައި ކަނޑާނަގައި ލިޔެވިފައި އެބަހުއްޓެެވެ.
“ބަަލަ މިފްޒާލަކަށް ނޫންތަ އަމިއްލަ ނަފްސުގެ ފެންވަރު އޮޅުނީ! ކަލޭ ބޭނުމިއްޔާ މިހާރު ވެސް ވަރިކޮށްފައި ދަރި ގޮވައިގެން މިތަނުންދާންވީ! މަހިތާމައެއް ނުކުރާނަން އެކަމަކާއެއް! ނުވިތާކަށް މަ މިއުޅުން ބަދަލެއް ވެސް ނުކުރާނަން! އެކަމު މިފްޒާލު ވެސް ވިސްނަންވާނެ! ވަރިކޮށްފައި ގޮސް ވަންނާނެ ތަނެއް ހޯދަންވާނެދޯ! ދަރިއަށް ޚަރަދުކުރާނެ ގޮތެއް ހޯދަންވާނެ! މިހާރު ވެސް ތިއުޅެނީ މަގޭ ތައްޕާހުގައި! ހުއްހު!”
ނުސީދާ ގޮތެއްގައި ވެސް އަހަންނާ ދިމާއަށް ކުރީ މަލާމާތެވެ. ތެދެކެވެ. އަހަރެން ޝަހުޒާ ވަރިކޮށްފައި ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ ރަށުގައި އުޅޭނެ ތަނެއް ނެތެެވެ. ބޯހިޔާވަހިކަމެއް ދޭނެ މީހަކު ނުހުންނާނެއެވެ. ތަނެއް ހިފައިގެން އުޅެވޭނީ ފުރަަތަމަ ރަނގަޅު ވަޒީފާއެއް ހޯދައިގެންނެވެ. ނުކިޔަވާ ހުރި މީހަކަށް އެފެންވަރުުގެ ވަޒީފާއެއް ލިބޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ މަޖުބޫރީ ފާރަކުން ޝަހުޒާ އަހަރެން ރަނގަޅަށް ވެސް ހައްޔަރުކުރުވިއެވެ. އަހަރެން އުޅުނު ހާލުގައި ނީރާ ބޮޑުވުމަކަށް އަހަރެންގެ ހިތެއް ނޭނދެއެވެ. މައިވަންތަ ލޯބި ނުލިބުމަށްވުރެއް މަންމައެއް ދަރިއަކު ދޫކޮށްފައި ދިއުމުން އެއަޅާ ވޭންތަކާއި ތަދުތައް އަހަރެންގެ ނީރާއަކަށް އިހުސާސްކުރުވޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ތެދެކެވެ. އަހަރެންގެ ގަމާރުަކަމަކީ މިއީއެވެ. އަހަރެންގެ މަޖުބޫރީކަން ސިއްރުކުރުމެވެ. އަހަރެން އުޅުނު ހާލު ނީރާއަަށް އިހުސާސް ކުރުވެ ނުދިއުމެވެ. ނީރާގެ އުފަލަށްޓަކައި އަހަރެންގެ އުފާަތައް ޤުރުބާންކުރުމެވެ.
” ބައްޕީ! ބާކީ 05 މިނިޓް! އަވަސްކޮށްގެން ނިކުމޭ!”
ފީނާމުންދިޔަ އަހަރެންގެ މާޒީގެ ކަނޑުން އަހަރެން ނަގައިދިނީ އަހަރެންގެ ނީރާއެވެ. އަވަސް އަވަސްކޮށް ދޫކޮށްފައިވާ ފެން އިސްކުރު ބަންދުކޮށް ތުވާލިން މޫނު ހިއްކައިލީމެވެ.
” ލައްބަ ދަރިފުޅާ!
ކެޓެގަރީ: ކުރުވާހަކަ

3014

Cobra

0.0

Aslu dhivehi baskoshaaraa gawaaidhuge bai nufaritha and ninmun wes ehaa worth eh noon

1

1 day ago

♡Rìfå Mãrìyãm

0.0

?salhii eyy bunii♥️

2 days ago

Affan Akko

0.0

✨♥️GUD

2 days ago

Y-max faxeen

0.0

?mee vhk akii

1

1

2 days ago

faxeen

0.0

?♥️✨?

2 days ago

♥️ Manjjeh Manjjeh

0.0

?salhi eyy buni

2 days ago

ފުއްކިބަ

0.0

މަގޭ ނަންް ކiޔާލަ ބaލަ

4 weeks ago

Shaaya

0.0

Good ❤️❤️❤️

1

4 weeks ago

ޔތ

0.0

Salhi mivaaaahaka

6

4 weeks ago

ދފދފދފދފދފދފދފދ

0.0

ފފސފދސސދސދސދސދސސބގކކިުިެދ ިުރެިޗފސކޖފުިެ ުިސުިދސުިދސ ުފިސުފިެުފކސނ ފހކެޔފިުެޔިެނޗމލ، ޖިދުފިދނސ،ސިދ

4

2

4 weeks ago

Anonymous

Tharujamaaaa pls

9

4 weeks ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles