• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ސަވާބު ދިހަ ގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކުރެވެން މަގު އިޚްތިޔާރުކޮށް ފައިދާ ލިބިގަންނާށެވެ!

ސަވާބު ދިހަ ގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކުރެވެން މަގު އިޚްތިޔާރުކޮށް ފައިދާ ލިބިގަންނާށެވެ!ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް މަދުވެގެން 10 ސަވާބު ދެއްވަވާނެކަމަށް އޮތް ނަމަވެސް އެ އަދަދު 700 ގުނައަށް އިތުރުކުރުމުގެ މަގު މިޙަދީޘްފުޅުން މިއޮތީ ފެންނާށެވެ! 
“ތިއަބައިމީހުންގެ މީހެއްގެ އިސްލާމްކަން ރަނގަޅުކޮށްފިނަމަ އެމީހަކު ކުރާ ކޮންމެ ހެޔޮ ކަމެއް 10 ގުނައިން ފެށިގެން 700 ގުނައާއި ދެމެދު ލިޔުއްވޭ ހެއްޓެވެ. އަދި ކުރާ ކޮންމެ ފާފައެއް އެ ފާފައަކާ އެއްވަރަށެވެ!” (ޞަޙީޙް ބުޚާރީ: 42) 
އެމަގަކީ އެމީހެއްގެ އިސްލާމްކަން ރަނގަޅުކުރުމެވެ. އިސްލާމްކަން ރަނގަޅުކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި އެމީހަކު ސާބިތުވާ މިންވަރެވެ. ފާފަތަކަށް އަރައި ނުގަތުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. 
މި ޙަދީޘްފުޅުން އެނގިގެން މިދަނީ މިބުނެވުނު ކަންކަމުގައި އެމީހަކު ސާބިތުވި މިންވަރަކުން އެމީހާ ކުރާ ހެޔޮ ޢަމަލުތަކަށް ﷲ ތަޢާލާ ދެއްވަވާ ސަވާބު އިތުރުކުރައްވަވާނެ ކަމެވެ. ވީމާ ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިކަން އިސްކުރާށެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްގަ އާއި ކުރާ އަޅުކަމުގައިވެސް އިޚްލާޞްތެރިކަން އިސްކުރާށެވެ! 10 ގުނައިގެ ބަދަލުގައި 700 ގުނަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 
10 ގުނައިން ބަލައިފިނަމަ 700 ހަމަވާނީ 70 ފަހަރުންނެވެ! ނަމަވެސް ހަމަ އެންމެ ފަހަރަކުން 700 ހަމަކުރުމުގެ ފުރުޞަތު ﷲ ތަޢާލާ އެވަނީ ދެއްވަވައިފައެވެ. ބޭނުން ހިފުން އޮތީ އެމީހާގެ އަތްމަތީގައެވެ.
 
– އިސްލާމީ ތިލަފަތުގެ ދަރުސަކުންSource link

Leave a Reply

Related Articles