• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ސިއްރު

ސިއްރު


377828

ކައިވެންޏަށްފަހު އަހަރުމެން ދެމަފިރިންގެ ދިރިއުޅުން ލަންޑަނަށް ބަދަލުކުރީމެވެ. އަހަރެންގެ މަންމަވެސް އެކުގައި ގެންދިޔައީމެވެ. އެތަނުގައި އަހަރުމެން އުޅެމުންއައީ ތަނަވަސްކަމުގެ އެންމެ މަތީ ފަންތީގައި ދުވަސްތައް ގުނަމުންނެވެ. އަހަރުމެން ދެމަފިރިންގެ އަމިއްލަ ވިޔަފާރި ދުވަހެއް ދުވަހަކަށް ކުރިއެރުންވެގެން ދިޔައީ ދިރިއުޅުމުގެ ފެންވަރާއި ފަންވަރު މަތިވެގެން ދިޔަކަމަކަށެވވެ. އުފާވެރިކަމުގެ ފޮނި މީރުކަން އަހަރުމެންގެ މި ކުޑަކުޑަ އާއިލާ ދިޔައީ ނުހަނު ރަނގަޅަށް ތަޖުރިބާކުރަމުންނެވެ. ހިތާމަޔާއި ، ހިތް ދަތިކަން އެއީ އަހަރުމެން އެއްގޮތަކަށްވެސް ތަޖުރިބާކުރަން ނުޖެހޭނެ ކަންކަން ކަމުގައި އަހަރުމެންނަށް އިޙްސާސް ވަމުން ދިޔައެވެ. ކައިވެންޏަށް 10 އަހަރުވެ 2 އަންހެން ކުދިން ލިބުނު އިރުވެސް އެއްވެސް ވަރަކަށް އަހަރުމެން ރާއްޖެއަކަށް ނުދަމެވެ. އަދި ދިޔުމުގެ ވިސްނުމެއްވެސް ނުގެންގުޅެމެވެ.
ދުވާލުގެ ގިނަވަގުތު އަހަރެންނާއި އަހަރެންގެ ފިރިމީހާ ޝާތިރު ހޭދަކުރަނީ އޮފީހުގައެވެ. ވިޔަފާރިއާއި ގުޅުންހުރި ތަފާތު މަސައްކަތްތަކުގައެވެ. ބައެއްފަހަރު ދެ ދުވަހަށް ނުވަތަ ތިންދުވަހަށް ކައިރީ ޤައުމުތަކަށް ދާންޖެހެއެވެ. ޙަޤީގަތުގައި އަހަރުމެން ދެމީހުންނަށްވެސް އާއިލާއާއިއެކު ވަޤުތު ހޭދަކޮށްލުމަށް ވަރަށް ވަގުތު ނުވެއެވެ. ދެ ދަރިން ބެލުމަށް ގޭގައި އިންނަނީ އަހަރެންގެ މަންމައެވެ. ގޮތަކަށް ބުނާނަމަ މި ވިޔަފާރި މިހައި ކާމިޔާބު ވުމުގައި އެންމެ ބޮޑު ހިއްސާދާރަކީ އެއީ އޭވެސް ބުނެވިދާނެއެވެ. ދެދަރިންނާއި ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން އެދަނީ މަންމައެވެ. އެއިން އެއްވެސް ކަމަކާ އަހަރުމެން ވިސްނާކަށް ނުވެސްޖެހެއެވެ. މުޅި ދިރިއުޅުން ބަރޯސާވެފައި ވަނީ އެ މަންމަގެ މައްޗަށެވެ.
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އޮފީހުގައި ވަރަށްގިނަ މަސައްކަތްތައް ކުރުމުގައި އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. އިންވެސްޓަރުންތަކަކާއެކު އިތުރު ދެ ބައްދަލުވުމެއް އޮތުމުން އެއަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޭބޯނާރައެވެ. ކޮންމެހެން ތައްޔާރުކުރަން ޖެހޭ ލިޔުންތަކެއް ތައްޔާރު ނުކުރެވި ހުރުމުން އިތުރު ހާސްކަމެއްގެ ތެރޭގެވެ. ޝާތިރުވެސް އޮފީހުގައި ނެތް ގަޑިއެއްކަމުން އޮފީހުގެ ކަންކަން ކުރިއަށްދާގޮތް ބަލަމުން މި މަސައްކަތް ކުރުން އަހަރެންނަށް ވީ އިތުރު ބޮލުގެ ރިހުމަކަށެވެ. މަސައްކަތް ކުރަމުން ތަކުރާރުކޮށް ޝާތިރުގެ ފޯނަށް ގުޅޭތޯ ބަލަމުން ގެންދިޔައީމެވެ. އެކަމަކު ޝާތިރުއާއި ގުޅުމަށް ކުރެވުނު މަސައްކަތް ވީ ބޭކާރެވެ. އޭނާގެ ފޯނަކުން ޖަވާބެއް ނުދެއެވެ.
ބައްދަލުވުމަށް ވަގުތު ކުޑަތަން ވަމުން އައިވަރަކަށް ލިޔުންތައް ތައްޔާރުނުކުރެވި އަހަރެންގެ ސިކުނޑި މުޅިން ހާސްކަމުން ފުރަމުން ދިޔައެވެ. އެންމެ ފަހުން ވަރުބަލިވެގެން އިށީންދެގެން އިން ގޮނޑީގައި ލެގިލީމެވެ. ފަހަތަށް ވެއްޓޭކަހަލަ ގޮތަކަށެވެ. އަދި ފުންނޭވާއެއް ބޭރަށް ދޫކޮށްލެވުނެވެ. ހަމައެވަގުތު މޭޒުމަތީގައި އޮތް އަހަރެންގެ ފޯނު ރިންގުވާ އަޑަށް އެ ފޯނަށށް ބަލައިލެވުނެވެ. ފޯނުގެ ސްކްރީނުން ޝާތިރުގެ ނަން އިންދައި ފެނުމުން އަވަހަށް އެ ފޯނުނަގައި އަހަރެން ވާހަކަ ދެއްކީމެވެ.
” ޝާތިރު! ކޮންތާކުތަ ތިއުޅެނީ ؟ އަހަރެން ހާދަ މަސައްކަތް ކޮށްފީމޭ ގުޅޭތޯ ، އެއްގަޑިއިރުތެރޭ އިންވެސްޓަރުން މީޓިންގް އަށް އަންނާނެ ، އެމީހުންނާއި ހަވާލުކުރަންޖެހޭ ކިޔުންތައްހުރީ އަދިވެސް ނުނިމި ، އަހަރެން މުޅިން ހަލާކުވެއްޖެ ”
ވަރުބަލިވެފައި ވާލެއް ބޮޑުކަމުން އަހަރެންނަށް ވާހަކަދެއްކުނީ ވަރަށް އަވަސް އަވަހަށް ރުންކުރު ގޮތަކަށެވެ.
” ރި ، ރީނާ ! ” ޝާތިރުގެ އަޑުއައީ ދަތިގޮތަކަށެވެ. އަހަރެންގެ ނަން ބުނެވުނީވެސް އުނދަގުލލުންކަން ފާހަގަކުރެވުނެވެ. ހަމަ އެހިނދު ކަމެއް ގޯސްވެއްޖެކަން އަހަރެންގެ ޟަމީރު އަހަރެންނަށް އަންގަމުން ދިޔައެވެ.
” ޝާތިރު! ކިހިނެތްވީ ؟ ކަމެއް ގޯސްވީތަ ؟ ބުނެބަލަ! އެމީހުން މި ޑީލް ދޫކޮށްލީތަ ؟ ބުނެބަލަ ޝާތިރު ، ބުނެބަލަ ،”
އަހަރެންގެ އަޑު ކޮންމެވެސް ވަރަކަށް ބެދޭ ގޮތްވިއެވެ. ހާސްކަން އިތުރުވުމުގެ ސަބަބުންނެވެ.
” ރީނާ! ރީނާ ހަމަ ޖެހެއްޗޭ ، ހިތްވަރުގަދަ ކުރަން ވާނެ ، އެކި ކަހަލަ ކަންކަމާ ކުރިމަތިވެސް ވާނެ ”
ޝާތިރުއަށް ވާހަކަ ދެއްކެނީ އުނދަގުލުންނެވެ. އަޑުގައި އިންތިހާ ދަރަޖައިގެ ހާސްކަން އެކުލެވިގެން ވެއެވެ. އަހަރެން އިން ޗެމްބަރ ގެ އޭސީއިން ކިތަންމެ ފިނިވި ކަމުގައިވިޔަސް އަހަރެން ދާހިތްލައި ފޯވެއްޖެއެވެ. އަތްފައިން ތުރުތުރު އަޅަށް ފަށައިފިއެވެ. ހިތުގެ ވިންދު އަވަސްވެ ހަށިގަނޑު ދޫކޮށް ހިތް ނިކުމެދާނެއޭވެސް ހީވެއެވެ. ހަމަ ޔަޤީނުންވެސް ވެގެން އުޅެނީ ކުޑަކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އެކުގައި މި ވީހައިދުވަހު މިހައި ހާސްކަމެއް ޝާތިރުގެ ކިބައިން ފާހަގަ ކުރެވިފައެއް ނެތެވެ.
” ވީގޮތެއް ބުނެބަލަ ޝާތިރު! ބުނީމަ ދޯ އެނގޭނީވެސް ؟” މިފަހަރު އަހަރެންނަށް ވާހަކަ ދެއްކުނީ ބާރަށެވެ.
” ރީނާ ! މަ މަ މަންމަ ، ޝާތިރުއަށް ރޮވިއްޖެއެވެ.
އެ ޖުމުލަ ކަންފަތުގައި ޖެހުމާއެކު އިށީންދެގެން އިން ގޮނޑިން ފުންމައިގެން އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ.
” މަ މަންމަ އަށް ކިހިނެތްވީ ؟ ޝާތިރު މަގޭ މަންމަ ރަނގަޅުތަ ؟ ” އަހަރެންނަށް ބާރަށް ރޮއެ ގަނެވުނެވެ. އަހަރެންގެ ކުރިމަތިން ދުނިޔެ އެނބުރެން ފަށައިފިއެވެ. ބޮލަށް އެނބުރުންއަރައި އަތްފައިން މަޑުމަޑުން ވާގި ދޫވާން ފަށައިފިއެވެ.
” ކާރު އެކްސިޑެންޓެއްގައި މަންމަ މި ދުނިޔެއާއި ވަކިވެއްޖެ ” ޝާތިރު މިހެން ބުނިކަން އެނގުނެވެ. އއަހަރެންގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައީ އެވަގުތުއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ފޯނުން ދެތިންފަހަރަކު ރީނާއަށް ގޮވާއަޑު އިވެމުން ދިޔައެވެ. އެއަށްފަހު ފޯނު ކެނޑުނެވެ.
އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެން ވަށައިގެން ނަރުސް ކުދިން އުޅެއެވެ. އަހަރެންނަށް ލޯހުޅުވައި ލެވުނީ އުނދަގުލުންނެވެ. ދެލޮލަށް ތެރަސްއަޅާއި ތަތްކޮށްފައިވާ ފަދައެވެ. ބޯލުގައިވެސް ހީވަނީ ބަރެއް ބަހައްޓައިފައި ހުރިހެނެވެ. ނިތް ކުރިމަތީގައިވެސް ވާން ތަދެއް އިޙްސާސްވެވެ ހުއްޓެވެ. މޭ ނުބައި ކޮށްފައި ހޮޑުލެވެން އުޅޭހެން ހީވާ ފަހަރުވެސް ދެއެވެ. ނޭވާ ލެވެނީ އުނދަގުލުންނެވެ. ކިރިޔާވެސް ލުއިކަމެއް އިޙްސާސް ކުރެވެނީ ނޭފަތުގައި ހަރުކޮށްފައިހުރި ކެނިއުލަސް އިން ފޯރުކޮށްދޭ އޮކްސިޖަން އިންނެވެ. އަހަރެން ރަނގަޅަށް ބަލައިލީމެވެ. ކަނާއަތަށް ވަނީ އައިވީ ގުޅާފައެވެ. އަހަރެން އެނދުމަތި ކުރެވިފައި މިއޮތީ އައިސީޔޫގައިކަން އެނގުނީ ރަނގަޅަށް ހޭވެރިކަންވެ ތަންދޮރު ސާފުވާވަރު ވުމުންނެވެ. މިހާރު އަހަރެންނަށް ރޮވެނީއެވެ. މަންމަ މަތިން ހަނދާންވެފައި މާބޮޑަށް ހިތްދަތިވަނީއެވެ. ޑަކުޓަރު އެތަނަށް އައިސް ނަރުސް ކުދިންނާއި ވާހަކައެއް ދެއްކުމަށްފަހު އަހަރެންގެ އަތަށް އިންޖެކްޝަން އެއް ޖެހިއެވެ. އެއަށްފަހު މާގިނައިރު ތަކެއްނުވި އަހަރެންގެ މޫނު މައްޗަށް މަޑުމަޑުން އަނދިރިވިއެވެ.
އަހަރެން ވަރޑް އަށް ބަދަލުކުރީ ޖެހިގެން އައި ދުވަހުއެވެ. މަންމަ ނިޔާވި ޚަބަރު ޝާތިރު އަހަރެނންނަށް ދިނުމުން އޮފީސްތެރެއަށް ހޭނެތިގެން ވެއްޓުނީއެވެ. އަދި ހޮސްޕިޓަލަށް ގެނައިސް ޙާލު މާބޮޑަށް ދަށްވެ އައިސީޔޫގައި އަހަރެންނަށް ފަރުވާދިނުމަށް އެނދުމަތި ކުރެވުނެވެ. އަހަރެން ފުރަތަމަ ހޭއެރީވެސް އޭގެ ދެދުވަސް ފަހުންނެވެ. އެއަށްފަހުވެސް އަހަރެން މާބޮޑަށް ވވިސްނާތީ އިތުރަށް ޙާލު ގޯސްވެދާނެ ކަމަށްބުނެ ޑަކްޓަރު ނިދާ އިންޖެކްޝަން ގެ އެހީގައި އަހަރެން ނިންދަވައިފައި ބޭއްވުމަށް ނިންމީއެވެ. އަހަރެން ހޭނާރައި ގިނައިރު ވުމުން އެއްދުވަސް ވަންދެން ބޭއްވުމަށްފަހު ޝާތިރުގެ އިރުޝާދުގެ ދަށުން މަންމަގެ ހަށިގަނޑު ވަޅުލީއެވެ.
މިހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނީ ޝާތިރުއެވެ. ވަރޑްގައި އަހަރެން އޮތް އިރު އަހަރެންގެ ކައިރީގައި އިނދެގެންނެވެ. އަހަރެން އޮތީ ލޯމަރައިލައިގެންނެވެ. އަނގަޔަކުން ނުބުނަމެވެ. ނުވެސް ރޮމެވެ. ރޯން ބޭނުމެވެ. އެކަމު ރޯނެ ހިތްވަރު ނެތީއެވެ. އެއަށްވުރެ ބޮޑަށް އަހަރެން ވަނީ ވަރުބަލިވެފައެވެ. ހިތްވަރު ދެރަވެ ހިތްވަރު އެލިފައެވެ. އަހަރެންގެ ދަރިންކޮޅު ކޮބައި ބާއެވެ؟ އެކުދިން ކިހައި އެކަނި ވާނެ ހެއްޔެވެ؟ އެކުދިންކޮޅު ދެކެލަން ބޭނުމެވެ. އެކަމަށް އެދޭނެ ހިތްވަރެއްވެސް ގަޔަކު ނެތެވެ. މީހުން ފެނުނީމައިވެސް އުނދަގޫވަނީއެވެ.
” އެއްޗެއް ކާލަން ވީނު ؟ ހިތްވަރު ކޮށްފައި އެއްޗެއް ކާލީމަ ދޯ އަވަހަށް ރަނގަޅުވެގެން ގެޔަށްދެވޭނީވެސް ” ޝާތިރު ވާހަކަ ދެއްކީ މޮޅިވެރިކަމާއެކުއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އެއްވެސް އެއްޗެއް ނުވެސް ކަމެވެ. ކާނީވެސް ކިހިނަކކުން ހެއްޔެވެ؟ މޭނުބައި ކޮށްފައި ހޮޑުލަވައިފައި ހުންނަނީ މާބޮޑަކަށެވެ. ގައިމު އަހަރެން މަރުވި ނަމަ ނޫންހެއްޔެވެ؟ އެކަނިވެ މި ހިތާމަތައް ކުރަން ނުޖެހުނީސްކަން ޔަގީނެވެ. މަންމަ އަހަރެން ދޫކޮށް އެދިޔައީ މިފަދަ ދަނޑިވަޅަކަށް އަހަރެން އެއްވެސް ވަރަކަށް ތައްޔާރުވެގެން ހުއްޓައެއް ނޫނެވެ.
އެވަގުތު އަހަރެން ބަލަމުން ގެންދިޔަ ޑަކްޓަރު އެތަނަށް އައެވެ. އަދި ޝާތިރުއަށް ގޮވައި ކުޑަކޮށް އެއްއަރިއަކަށް ޖެހިލިއެވެ. އަދި އަހަރެން ގެއަށް ދޫކޮށްލުމާއި ބެހޭގޮތުން ޝާތިރުއާއި ވާހަކަ ދެއްކިއެވެ. ޑަކްޓަރާއި ޝާތިރުއަށް ނޭނގުނު ކަމުގައިވިޔަސް އެ ވާހަކަތައް އަހަރެންނަށް ވަރަށް ރަނގަޅަށް އަޑުއިވުނެވެ.
” މިވަގުތަށް އަހަރެން ރީނާ ދޫކޮށްލާނަން ، އެކަމު ކަމެއް ގޯސްވަންޔާ ވާނެ އަވަހަށް އަންނަން، ދެން ދީފައިހުރި ބޭސްތައް ރަނގަޅަށް ކާންދޭތި ، މަންމަ މަރުވުމުގެ ޝޮކްގައި އޭނަގެ ސިކުނޑިއަށް އެހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި ، މިފަދަ ދަނޑިވަޅެއްގައި މީހާ ޑިޕްރެޝަންއަށް ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް ، އަދި ބުނަން ، ރީނާގެ ސިއްޙަތަށް ޑަބަލް ފަރުވާތެރި ވާން ވާނެ ، އޭނަ އިނީ ބަލިވެ ، ބަނޑަށް 3 މަސް ”
އެއަޑު އިވިފައި އަހަރެންގެ މޫނު މައްޗަށް އަނިޔާގެ އެތިފަހަރެއް އެޅިގެން ދިޔަހެން ހީވިއެވެ. ހަތަރެސްފައިގެ ހުރިހާ އިސްތަށްޓެއް ކޮޅަށް ޖެހިގެން ދިޔައެވެ. މިފަދަ ދަނޑިވަޅެއްގައި މި ލިބުނީ އެއްވެސް ވަރަކަށް އަހަރެން ލިބެން ބޭނުންވި ހަބަރެއް ނޫނެކެވެ. ކޮންމެ ގޮތަކުންވިޔަސް އަހަރެން މި ދަރިފުޅު ބޭނުމެއް ނޫނެވެ.
އެވަގުތު ޝާތިރު އަހަރެންނަށް ބަލައިލިއެވެ. އޭގެ ކުރިން ނޭނގޭކަމަށް ހަދައިފައި އަހަރެން އަނެއްފަރާތަށް މޫނު އަނބުރައި ލީމެވެ. ޝާތިރުގެ ހިތުން އަހަރެންނަށް އެއްވެސް ވާހަކައެއް އަޑެއް ނީވެއެވެ.
” އެކަމު މިވަގުތު އަދި އެންމެ ރަނގަޅުވާނީ ރީނާއަށް މިކަން ނޭންގުން ، ގެޔަށް ގޮސް ކުޑަކޮށް ހަމައަކަށް އެޅިލީމަ ބުނެލުން އެންމެ ރަނގަޅީ ، ވީވަރަކުން ކަންކަމާއި ވިސްނިޔަނުދީ އެކަނިވިޔަނުދީ ބަލަހައްޓާތި ، ދެން ދިޔަސް އެންމެ ރަނގަޅު ”
ޑަކްޓަރު ޝާތިރުގެ ކޮނޑުގައި އަތް ބާއްވައިލަމުން އޭނާއާއި މުޚާތަބުކޮށް މި ވާހަކަ ބުނެލާފައި އެނބުރި ގޮއްސިއެވެ.
ހަމަ އެދުވަހު ހަވީރުގެ ވަގުތެއްގައި އަހަރެން ގެޔަށް ބަދަލު ކުރެވުނެވެ. ގެޔަށް އައުމުން އަހަރެންގެ ދެކުދިން އަހަރެންނާއި ވަރަށް ވާހަކަ ދެއްކިއެވެ. ދުވަހަކުވެސް މަންމަ އެކަނި ނުވާނެ ކަމަށާއި ދެކުދިން އަބަދުވެސް މަންމަ ގާތުގައި ތިބޭނެކަމަށް ބުނެ ވަރަށް ހިތްވަރު ދިނެވެ. އެހެން ނަމަވެސް ކުރިއެކޭވެސް އެއްފަދައިން އަހަރެން އެކަކާވެސް އަދިވެސް ވާހަކައެއް ނުދައްކަމެވެ. ނުދައްކަނީކީ ނޫނެވެ. ނުދެއްކެނީއެވެ. ވާހަކަ ދައްކާނެ ހިތްވަރު ނުލިބެނީއެވެ. މީހުން ފެނުނީމައި އަހަރެންނަށް އުނދަގޫވަނީއެވެ.
ކައިރީގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަރާމުކޮށްލުމަށް ބުނެފައި ޝާތިރު ބޭރަށް ނިކުމެލިއެވެ. އޮފީހުގައި ހަމައަކަށް އަޅުވާލަންޖެހޭ ގިނަ ކަންތައް ހުރުމުން އެކަންކަން ނިންމައިލުމަށެވެ. އަހަރެން ލޯ މަރައިލީމެވެ. ކުއްލިއަކަށް މަންމަ އަހަރެންގެ ނަމުން ގޮވައިލިހެން ހީވެފައި އަހަރެން ސިއްސައިގެން ދިޔައެވެ. އެކަމަކު އެއީ ހީވި ހީވުމެއްކަން އަހަރެންނަށް އެނގެއެވެ. ކުއްލިއަކަށް މިފަދަ ކަމެއްދިމާވުން ވެގެން މިދިޔައީ އަހަރެންނަށް ބަރުދާސްތު ނުކުރެވޭވަރުގެ ވޭނަކަށެވެ. މަންމައާއި ނުލައި އަހަރެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ މީގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި ބަލިވެއިނދެގެން މި އެކަނިވެރިކަމާ ހަނގުރާމަކުރާނީ ކިހިނަކުން ހެއްޔެވެ؟ ޝާތިރުއަކަށް ވެސް އަބަދަކު އަހަރެންގެ ކައިރިޔަކު ނީނދެވޭނެ ނޫންހެއްޔެވެ؟ ވިޔަފާރި ކުރިއަށް ގެނދެވޭނީ ވެސް ކޮންމެސް އެކަކު އެކަމާއި އުޅުނީމައެވެ. މީގެ ކުރިން ދެފަހަރުވެސް ބަލިވެއިނުމުން މަންމަގެ އަޅާއިލުމާއި އޯގާތެރިކަން ލިބުނީ އިންތިހާ އަށެވެ. އަހަރެން މިދަރިފުޅު ދުނިޔެއަށް އުފަން ކުރާކަށް ބޭނުމެއް ނޫނެވެ. އެބޯރޓް ކުރަންވީއެވެ. އެކަމަކު އެކަމާ ޝާތިރު އެއްބަހެއް ނުވާނެއެވެ. އޭނާ މިދަރިފުޅު ހޯދަން ކިތަންމެހާވެސް ބޭނުންވެއެވެ. މިހާލަތަށް ކަންތަށް ދިއުމުން މި ދަރިފުޅު ދެކެ ނަފްރަތުކުރެވެން ފަށައި މިއީ މުސީބާތެއްކަމުގައި ދެކެވެން ފަށައިފިއެވެ. ދިރިއުޅުމުގެ މަތިންފޫހިވެ އަބަދު ހިތްނުތަނަވަސް ވެފައި ހުންނަ ގޮތް ވާން ފަށައިފިއެވެ. އެރޭ ނިދުނީ މިފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ.
އަހަރެން އިނީ ކާމޭޒުދޮށުގައެވެ. ކޮފީތަށްޓެއް ގިރާށެވެ. ކޮފީ ގިރަމުންދިޔައިރު ތަށިތެރޭގައި އަނބުރަމުންދިޔަ ސަމުސާ އެ ތަށިގައި ޖެހޭ އަޑުފިޔަވައި އެއްވެސް އަޑެއް މުޅި ގޭތެރެއިންވެސް ނީވެއެވެ. ކުއްލިއަކަށް ދަރިފުޅާ ރީނާ އޭ ކިޔާފަފައި މަންމަ ގޮވާލި އަޑާއި ސިހިފައި އަހަރެންނަށް ހޭލެވުމާއި ދިޔައީ އެއްކޮށެވެ. އޮތްތަނުން ފުންމައިގެން އަހަރެންނަށް ތެދުވެވުނެވެ.
ފެނުނީ ހުވަފެނެއްކަން އަހަރެންނަށް އެނގުމުން ރޮވެން ފެށުނެވެ. އޭރު އަދި އަހަރެންގެ ކައިރީގައި އެހެން މީހެއް ހުރިކަން އަހަރެންނަކަށް މޭރުމެއް ނުވެއެވެ.
” ގޯސް ހުވަފެނެއް ފެނުނީތޯ ؟ ”
ކައިރީގައި އިށީންނަމުން އަހަރެންގެ ބޮލުގައި ފިރުމާލި އަންހެން މީހާގެ އެ ޖުމުލައިން އަހަރެން އޭނައަށް ބަލައިލީމެވެ. ބަލާބެލުމަށް އަހަރެންނަށް ވުރެ އޭނަ ދޮށި ވާނެހެނެއް ހިއެއްނުވެއެވެ. ހަމުގެ ކުލަ އަލި ހަށިގަނޑުން އަހަރެންނަށްވުރެ ކުޑަކޮށް ވަރުގަދަ އަންހެނެކެވެ. އެކަމު ހުރިހާ ގޮތަކުންވެސް އަހަރެންނަށް ވުރެ ބަލިކަށިކަމަށް ދައްކައެވެ. ނިކަމެތި ދިރިއުޅުމެއް ތަޙައްމަލު ކުރަމުންދާ މީހަކީ ކަންނޭނގެއެވެ. ތިއީ ކާކުހޭ ބުނާކަހަލަ ގޮތަކަށް އަހަރެން އޭނަގެ މޫނަށް ބަލައިލީމެވެ. އެކަމު އަނގަޔަކުން ނުބުނަމެވެ.
” އަޅުގަނޑަށް ކިޔަނީ ނަފީސާ! ސާހިބާގެ ފިރިކަލުން ކައިރިއަށް ވަޒީފާއަކަށް އެދި އަޅުގަނޑަށް ދެވުނީ ސާހިބާގެ މަންމަ ނިޔާވި ދުވަހު، ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް އަޅުގަނޑަށް ވަޒީފާ ދީފައި މިގެއަށް ގެނައީ ، އެއްޗެއް ކާލަންވީނޫންތޯ ؟ މިހުރީ އާފަލުވެސް އޮރެންޖުވެސް، ކިރުތަށިން އެތިފޮދެއް ނަމަވެސް ބޯލަން ވީނޫތޯ؟ ، ”
ނަފީސާގެ ވާހަކަ ދެއްކުން ވަރަށް އަދަބުވެރިއެވެ. މަޑުމައިތެރިވެފައި އޯގާތެރިވެސް މެއެވެ. އެކަމަކު އެއިން އެއްވެސް ސުވާލަކަށް ޖަވާބުނުދީ އަހަރެން އިނީ ކަޅިވެސް ޖަހައިނުލާ ނަފީސާގެ މޫނަށް ބަލާށެވެ. ގަބުވެފައެވެ.
” ދިރިއުޅުމުގައި ދިމާވާނެ ދަތި އުނދަގޫތައް! ދެރަވާންޖެހޭ ކަންކަމާއި ދުވަހަކުވެސް ވާން ނޭދޭ ކިތަންމެ ކަމެއް، އެކަންތަކަށް އަހަރުމެން އިންސާނުން ޖެހޭނެ ހިތްވަރުކުރަން ، އެއީ ގަދަ ކީރިތިވަންތަ ﷲ ގެ އިމްތިޙާނު ތަކެއް ކަމުގައި ދެކިގެން ”
ނަފީސާގެ އެ ވާހަކަ ތަކުން އަހަރެންނަށް އުނދަގޫ ވާންފަށައިފިއެވެ. ހިތް ނުތަނަވަސް ވެއްޖެއެވެ. ނަފީސާގެ އޯގާތެރިކަމުން މަންމަގެ ހަނދާން ހިތުގައި މާބޮޑަށް އާވާން ފަށައިފިއެވެ. އަހަރެން އަނެއްކާވެސް އޮށޯވެލީމެވެ. އެއްވެސް އެއްޗެއް ނުބުނެ ދެލޯ މަރައިލީމެވެ. އެއީ އަވަހަށް ނަފީސާ އެތަނުން ފޮނުވައިލުމަށެވެ. އެ ވަގުތަކީ ޝާތިރުވެސް އައިސް ކޮޓަރިއަށް ވައިން ވަގުތުކަމުން ނަފީސާ ބޭރަށް ދިއުމަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެގެން އައި ޝާތިރު ނަފީސާއަށް ހިނިތުން ވެލުމަށްފަހު އައިސް އެނދުގައި އަހަރެންގެ މަގަތުގައި އިށީންދެއްޖެއެވެ.
” ކޮބާ އެއްޗެއް ކައިފިންތަ ؟” މިހެން ބުނެފައި އެނދާއި ޖެހިގެންހުރި މޭޒުމަތީގައި ކާއެއްޗިހި ހުރި ތަބަކަށް ބަލައިލިއެވެ. އަދި އެނބުރި އަހަރެންނަށް ބަލައިލުމަށްފަހު އަހަރެންގެ ދެއަތުގައި ހިފައިލިއެވެ. އޭރުވެސް އަހަރެން އޮތީ ލޯ މަރައިގެންނެވެ. ޝާތިރުއާ ދިމާލަށް ބަލައިލާނެ ހިތްވަރެއްވެސް ނެތިފައެވެ.
” އަހަރެން ގަބޫލުކުރަން މި ވަގުތަކީ ރީނާ އަށް ވަރަށް ހިތްދަތި ވަގުތުކޮޅެއްކަން ، އަހަރެންނަށްވެސް އިޙްސާސްކުރެވޭ މަންމަ ނެތުންއެއީ މި އާއިލާއަށް ކިހައިބޮޑު އެކަނިވެރި ކަމެއްކަންވެސް ، އެކަމަކު ރީނާ! އަހަރުމެން ދެމީހުން ހިތްވަރުކޮށްގެން ނޫނިއްޔާ ކިހިނެއް މި އާއިލާގެ ކަންކަން އަންމު ޙާލަތަކަށް އެނބުރި ގެންނާނީ؟ ޚާއްސަކޮށް ބަނޑުގައި ތި އޮތް ދަރިފުޅަށްޓަކައި ރީނާ އެބަޖެހޭ އިތުރު ހިތްވަރުކުރަން، މިއީ ކިތަންމެ ހިތްދަތި ދަނޑިވަޅެއް ކަމުގައި ވިޔަސް އަހަރެން ބެނުމެއްނޫން ރީނާއަށްވެސް އަދި ތި ދަރިފުޅަށްވެސސް ދެރަގޮތެއް މެދުވެރި ވާކަށް ، ”
އެވަގުތު އަހަރެންނަށް ޝާތިރުގެ އަތުގައި ބާރަށް ހިފައި ލެވުނެވެ. އެއްވެސް ޙާލެއްގައި ހައިރާންވެގެނެއް ނޫނެވެ. ކުރިންވެސް އެކަންތައް އަހަރެންނަށް އެނގޭ ޙާލު މިދަރިފުޅު އުފަންކުރަން ޝާތިރު ބޭނުންވީތީއެވެ. އަދި އެއީ އަހަރެން އެދޭ ގޮތްކަމުގައި ނުވުމުންނެވެ. އަހަރެން ބޭނުންވަނީ ކޮންމެވެސް ގޮތަކުން މި ދަރިފުޅު މަރައިލާށެވެ. އެކަމު މިކަން ޝާތިރުއަށް އެނގޭކަން އަހަރެން ބޭނުމެއް ނޫނެވެ.
މި ގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައީ އަހަރެންގެ އުޅުމަށް އެއްވެސް ބަދަލެއް ނައިހެވެ. އަހަރެން ކޮޓަރިން ބޭރަށްވެސް ނުނިކުންނަމެވެ. އެކަކާއިވެސް ވަހަކައެއް ނުދައްކަމެވެ. އެންމެންވެސް ފެނުނީމައި އުނދަގޫތަކެއް ކުރިމަތި ވާތީއެވެ. ކަނީވެސް ވަރަށް މަދުންނެވެ. މަދުން ކައިގެން ވިޔަސް މިދަރިފުޅު މަރުވޭތޯއެވެ. ދަރިފުޅަށް ގެއްލުމެއް ދޭން އެއްވެސް ބޭހެއް ބޭނުން ކުރާކަށް އަހަރެންނަށް ނުކެރުނެވެ. އެކަން ޝާތިރުއަށް އެނގިއްޖެނަމަ ދެންވާނެ ގޮތެއް ނޭންގޭތީއެވެ. ކުރިން ދެފަހަރާއި ޚިލާފަށް މިފަހަރު ބަލިވެއިނުމުން އަހަރެންނަށް މާބޮޑަށް އުނދަގޫތައް ކުރިމަތި ވަމުން ދިޔައެވެ. ހޮޑުލެވުމާއި ބަނޑާއި ބޮލުގައި ރިއްސުމުގެ އިތުރަށް ކާއެއްޗިހިން ނުބައިވަސް ދުވުމުގައި ބަނޑަށް 5 މަސް ވުމާއި ހަމައަށް ހޭދަކުރަންޖެހުނެވެ.
މިއިން ކޮންމެ ކަމެއް ވެގެން ދިޔައީ އަހަރެންގެ ހިތުގައި މި ދަރިފުޅަށްޓަކައި އިތުރަށް ނަފްރަތު އުފެދިގެން ދިޔަ ކަންކަމަށެވެ. އަހަރެން ދެކުނު ގޮތުގައި މިފަދަ އެކަނިވެރި އަދި ހިތްދަތި ވަގުތެއްގައި އަހަރެންގެ ހާސްކަމާއި މާޔޫސްކަން އިތުރުކކުރުވި ކަމަކީ މި ދަރިފުޅެވެ. އެކަމަށްޓަކައި އަހަރެން މި ދަރިފުޅުދެކެ އިންތިހާއަށް ނަފްރަތު ކުރަމެވެ. ހޭދަވަމުން މިދާދުވަސްތަކުގައި ގޭތެރޭގެ ހުރިހައި ކަމެއްގެ އިތުރުން ދެ ދަރީންނާއި އަހަރެންގެ ހުރިހާ ކަމެއްވެސް ކުރަނީ ނަފީސާއެވެ. އޭނާގެ އެހީތެރިކަމާއި ރަނގަޅުކަން އިންތިހާއަށް އަހަރުމެންގެ އާއިލާއަށް ދިޔައީ ލިބެމުންނެވެ. މަންމަ ނިޔާވުމުގެ ކުރިއާއި ޚިލާފަށް ޝާތިރުވެސް މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭގައި އަހަރެންގެ ކައިރީގައެވެ. އޮފީހުގެ ގިނަ މަސައްކަތްތައްވެސް ކުރަނީ ގޭގައި އިނދެގެންނެވެ. ވަރަށް މަދު ފަހަރަކު ނޫނީ އޮފީހަށް ގޮހެއް ނުހަދައެވެ.
އަހަރެން ޑަކްޓަރަށް ދައްކައިހެދުމުގެ ކަންކަން ކުރުމަށް ހޮސްޕިޓަލަށް ދާކަށް ނުޖެހެއެވެ. އެހުރިހައި ކަމެއް ގެޔަށް އައިސް ގޭގައި ޑަކްޓަރު އަހަރެން ބެލުމުގެ ކަންކަން ޝާތިރުވަނީ ހަމަޖައްސާފައެވެ. 5 މަސް ހަމަވެގެން ސްކޭން ކުރީވެސް ގެޔަށް ޑަކްޓަރުންނާއި ނަރުހުން ގެނައިސްގެނެވެ. އެހާ ތަނަވަސްކަން އަހަރުމެންގެ ކިބައިގައި ހުރުމުންނެވެ. ސްކޭން ކުރި ދުވަހު ލިބެން އުޅެނީ ފިރިހެން ކުއްޖެއްކަން އެނގުމުން ޝާތިރު ވަރަށް އުފަލުން އުޅުނެވެ. ދުވަސްތަކަކަށްފަހު ޝާތިރުގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައީ އެވަގުތު ކޮޅުގައެވެ. އެހެންނަމަވެސް މިކަމުން އަހަރެންނަށް ލިބުނު އުފާވެރިކަމެއް ނެތެވެ. އެއީ ޝާތިރުގެ ވިސްނުމާއއި ޚިލާފަށް އަހަރެންގެ ސިކުނޑިގައި ހިނގަމުންދަނީ އެ ދަރިފުޅާއެކު އެހެން ވަސްވާސް ތަކެއްކަމުންނެވެ. މިދަރިފުޅު އަހަރެންނާއި އއަހަރެންގެ އުފާވެރިކަމާއި ދުރުކުރެވޭތޯ ކުރެވުނުހައި މަސައްކަތެއް އަހަރެން ކުރާނަމެވެ.
ދުވަސްތައް މިގޮތުގައި ހޭދަވަމުންގޮސް އަހަރެންގެ ބަނޑަށް 9 މަސް ވެއްޖެއެވެ. އަދާއި ހަމައަށްވެސް އަހަރެންގެ މީހުންނާ އެކަހެރި އެކަނިވެރި ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މީހުން ފެނުމުން އަހަރެންނަށް އަދިވެސް އިންތިހާއަށް އުނދަގޫވެއެވެ. އަހަރެން ބޭނުންވަނީ ގިނަވަގުތު އެކަނި ހޭދަކުރާށެވެ. ހިތާމަކުރުމާއި ކަންކަމާއި މެދު ވިސްނނަމުންދިޔަވަރަކަށް އަހަރެންނަކީ ބަދުނަސީބު ވެރިއެއްގޮތުގައި ދިޔައީ ވިސްނެމުންނެވެ. ދިރިއުޅުމަށް ކުރިމަތިވި ފަޅުކަމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް ގޮތުގައި ދެކެމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ލިބެންމިއުޅޭ ދަރިފުޅަކީ އަހަރެންނަށް ލިބުނު ވަރަށް ބަދުނަސީބެއްކަމުގައި އަހަރެންދިޔައީ ދެކެމުންނެވެ. އެހެންކަމުން މި ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން މަރުވޭތޯ ދިޔައީ ކަންޑަނޭޅި ދުޢާކކުރަމުންނެވެ. މި ދަރިފުޅަށް ހިތުގައި އޮތް ނަފުރަތެއްގެ ބޮޑުކަމުންނެވެ.
މިދިޔަ ދުވަސްތަކުގައި ނަފީސާގެ ފަރާތުން އަހަރުމެންގެ އާއިލާއަށް ނުހަނު އެހީތެރިކަން ލިބެމުން ދިޔައެވެ. ގޭތެރޭގެ ހުރިހާ ކަމަކާއި ދަރިންގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި ވަރަށް ޒިންމާދާރުކަމާއި ހީވާގި ކަމާއެކު ދިޔައާ މަސައްކަތް ކުރަމުންނެވެ. އަހަރެންނަށް ކޮށްދެންޖެހޭ ކަންކަން އެކުއެކީގައި ކުރަމުންނެވެ. ނަފީސާ ގެޔަށްގޮސްވެސް ހަދަނީ ވަރަށް މަދުންނެވެ. ގިނަވަގުތު ހޭދަކުރަނީ މިގޭގައި އަހަރުމެންގެ މަސައްކަތުގައެވެ. ނަފީސާ އަދާކުރަމުން އެދަނީ މީގެ ކުރިން އަހަރެންގެ މަންމަ ކުރި ކަންކަން ކަމުން އެއިން ކޮންމެ ކަމަކަމެއް ވެގެންދިޔައީ މަންމަގެ މަތިން ހަނދާންވެ އަހަރެންގެ ބަލިބޮޑުވަމުން ދިޔަ ކަމަކަށެވެ.
އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ހަވީރު އޮފީހަށް ގޮއްސައި އައިސް ޝާތިރު އަހަރެންގެ ކައިރީގައި އެނދުމަތީގައި އިށީންދެލިއެވެ. އަދި އަހަރެންގެ އެއް އަތްމަތީގައި އޭނަގެ އަތް ބާއްވައިލިއެވެ. ނަމަވެސް އަހަރެން ޝާތިރުއަށް ބަލައެއް ނުލަމެވެ. ކުޑަދޮރުގެ ފަރުދާއަށްބަލަށް އެ އޮތްގޮތަށް ކަޅިވެސް ޖަހައިނުލައި ބަލަން އޮތީއެވެ. މިދިޔަ ހުރިހާ ދުވަހެއްގައިވެސް ޝާތިރު އަހަރެންނާއި ވާހަކަދައްކަން މަސައްކަތް ނުކުރާ ހަމަ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެކަމަކު އަހަރެން ކަންތައް ކުރަމުން ގެންދިޔައީ ހަމަ މިގޮތަށެވެ. އެހެނަސް އެއީ އަހަރެންގެ އިޚްތިޔާރުން މުޅިން ބޭރުން ކުރެވޭ ކަންތަކެވެ. އެއްވެސް ޙާލެއްގައި ޝާތިރުއަށް ނުރުހުންވެގެން ކަންތައް ކުރާ ގޮތެއް ނޫނެވެ.
” ރީނާ ! ރީނާ ވެއްޖެކަންނެ ތިއަށްވުރެ ހިތްވަރު ގަދަ މީހަކަށް ވާން! ތިހެން އަބަދު ހިތާމަކޮށް ވިސްނައި ފިކުރުކޮށް ހެދީމައި ރީނާއަށް ގެއްލުމެއްވެސް ވެދާނު؟ އަދި ބަނޑުގައި ތިއޮތްދަރިފުޅަށްވެސް އެކަމުން އަސަރުކުރާނެއެއްނު! އެހެނން ކަންތައް ވެއްޖިޔާ އަހަރެންނަށްވެސް އަދި އަހަރުމެންގެ އެ ތިބަ ދެދަރީންނަށްވެސް ކިހާ ބޮޑު ބިކައެއް ލިބޭނެ! އަޅެ ވިސްނާލަބަލަ އެންމެ ފަހަރަކުވެސް ”
ޝާތިރު ފުން ނޭވާއެއް ލިއެވެ. އަހަރެންނަށް ވެސް އިވޭހައި ބާރަށެވެ. އަހަރެންގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި ކަންނޭންގެއެވެ. އަހަރެން ހަމަ އެއޮތްގޮތަށް އޮތީއެވެ. ޝާތިރުގެ ވާހަކަ ދެއްކުމުގައި ހިތާމަޔާއި ހިތްދަތިކަން އެކުލެވިގެން ވެއެވެ. އަހަރެންގެ މިޙާލާއި މެދު އޭނަ ވިސްނައި ފިކުރުކޮށް ހިތާމަ ކުރާމިންވަރު ވަރަށް ރަނގަޅަށްވެސް ހާމަކޮށްދެއެވެ.
” ރީނާ ! އަހަރެން މިއުޅެނީ ކޮންމެހެން ވެސް ދާންޖެހޭ ވިޔަފާރީޔާ ގުޅުންހުރި ދަތުރެއްގައި ދުބާއީއަށް ފުރަން ، މިދަތުރު ނުގޮސްވާކަށް ނެތް ، އަދި ބަދަލުގައި އެހެން މީހެއް ފޮނުވޭކަށްވެސް ނެތް ، ވިޔަފާރި އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި އަހަރެން މި ދަތުރު ދިޔުން ކޮންމެހެންވެސް ވަރަށް މުހިންމު ،ދަތުރުގައި ހޭދަވާނި ކިތައް ދުވަސްކަމެއް ނޭނގެ ، ވަރަށް އަވަހަށް ނިންމާލައިފައި އާދެވޭތޯ މަސައްކަތް ކުރާނަށް! އަހަރެން މި ފުރަނީ ރީނާއާއި ގޭތެރޭގެ ހުރިހާ ކަމެއް ނަފީސާއާއި ހަވާލުކޮށްފައި ، އޭނާ ރީނާމެން ވަރަށް ރަނގަޅަށް ބަލާނެކަން އަހަރެންނަށް ޔަގީން. 12 ގެ ފްލައިޓުން އަހަރެން ފުރަން ޖެހެނީ ، ކަމެއް ގޯސްވަންޏާ އަވަހަށް އަހަރެންނަށް އަނގާތި ”
މިހުރިހާ ވާހަކައެއް ދެއްކުމަށްފަހު އެތަނުން ޝާތިރު ދިޔައީ ކާމިޔާބުގެ ކުރިމަތީގައި ކަރުއެލުވާލައިގެން ދިޔަ ނިކަމެއްޗެއް ހެނެވެ. އަހަރެންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.
ޝާތިރު ދިޔަފަހުން ކޮންމެވެސް ވަރަކަށް އަހަރެން ބޭރަށް ނުކުމެލައި ދަރިންނާއި ވާހަކަ ދައްކައއި ހަދަމެވެ. އެކަމު ވަރަށް މަދުންނެވެ. އަހަރެންނާއި އާއިލާއަށްޓަކައި ޝާތިރު އެވަރުގެ ބޮޑު ޤުރުބާނީއެއްވަމުން ދާއިރު އަހަރެންވެސް މި ޙާލަތުން އަރައިގަތުމަށްޓަކައި ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލެވޭތޯއެވެ. ވިހާ ދުވަސް ކައިރިވެފައި ވުމުން އަހަރެން އެކަނި ނިދަން އޮތުމަކީ ރައްކާތެރި ގޮތަކަށް ނުވުމުން ޝާތިރުގެ އެދުމުގެ މަތިން ނަފީސާ ނިދަން އޮންނަނީ އަހަރެންގެ ކޮޓަރީގައެވެ. މިހެން އުޅުމުގެ ތެރޭގައި ކޮންމެވެސް ވވަރަކަށް އޭނައާއި ވާހަކަ ދައްކައި ހަދަމެވެ. މިގޮތުން ދެކެވުނު މަދު ވާހަކަތަކުން ނަފީސާއަކީ ވަރަށް ޙާލުގައި އުޅޭ ނިކަމެތި މީހެއް ކަމާއި ފިރިމީހާގެ ފަރާތުން އިންތިހާއަށް އަނިޔާ ލިބޭ މީހެއްކަން އަހަރެންނަށް އެނގުނެވެ. އަދި ލިބޭ އަނިޔާގެ އެންމެ ބޮޑު ސަބަބަކީ އަތްމަތި ދަތިކަމާއި ރަނގަޅަށް ހަމަޖެހިގެން އުޅެވޭނެ ވަރުގެ ތަނަވަސްކަން ނެތުމުންކަންވެސް އެނގުނެވެ.
ހަމަ އެއިން ރެއެކެވެ. ނިދަން އޮތް އިރު ބަނޑުގައި އޮތް ދަރިފުޅު މަރު ނުވިކަމުގައިވިޔަސް އަދި މަރާނުލި ކަމުގައިވިޔަސް އެ ދަރިފުޅު އަހަރެންނާއި ވަކި ކުރާނެ ގޮތަކާއި މެދު ވަރަށް ފުންކޮށް ވިސްނީމެވެ. ނަފީސާގެ އެކަނިވެރިކަމާއި ނިކަމެތިކަމުން ފައިދާނަގައިގެން އަހަރެން ގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ޝާތިރު ރަށުގައި ނެތް މި ދަނޑިވަޅަކީ އެންމެ ރަނގަޅު ދަނޑިވަޅުކަމުގައި ދެކެވުނެވެ. އެހެންކަމުން އަހަރެން ބޭނުންވާގޮތަށް ކަންތައްކުރުމަށްޓަކައި އޭގެ އަނެއް ދުވަހަށް ތައްޔާރުވެގެން އަހަރެނން އިންތިޒާރުކުރީ އެރޭ ރަނގަޅަށް ނުވެސް ނިދިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު އަހަރެން އިންތިޒާރު ކުރަމުން ގެންދިޔައީ ހެނދުނުގެ ސައިހިފައިގެން ނަފީސާ ކޮޓަރިއަށް އަންނާނެ ވަގުތަކަށެވެ. އަހަރެން ހުރީ ކަންތައް ކުރަންވީގޮތް ވަރަށް ރަނގަޅަށް ރާވައި އެކަމަށް ތައްޔާރު ވެގެނެވެ. މާގިނައިރުތަކެއްނުވެ ސައިހިފައިގެން އައިސް ކޮޓަރިއަށްވަނެވެ. އަދި އެހެން ދުވަސްތަކެކޭ އެއްފަދައިން އެނދާއި ޖެހިގެން ހުރި މޭޒުގައި ކާއެއްޗެހި ހުރި ތަބަށް ބަހައްޓައިލިއެވެ. އެވަގުތު އޮށޯވެގެން އޮވެފައި އަހަރެން ތެދުވީމެވެ. ނަފީސާ އަހަރެންނަށް ބަލައިލީ ހައިރާން ކަމާއެކުއެވެ. މީގެ ކުރިން އަހަރެން ކަންތައްކޮށްފައިވާ ގޮތަކަށް ނުވުމުންނެވެ.
އަހަރެން ތެދުވެ އެނދާއި ޖެހިގެން ކާއެއްޗެހި ހުރި ތަބަށް ބަހައްޓާފައި ހުރި މޭޒުގެ ވަތްގަނޑު ހުޅުވާލައި އެގެއިން ފައިސާ ބޮނޑިއެއް ނެގީމެވެ. އަދި ކުރިމަތީގައި ހުރި ނަފީސާ އަށް ދިއްކޮށްލީމެވެ. ނަފީސާ އެއަށްބަލަން އެހުރީ މި ވަމުންދާ ކަންތައް ނޭންގޭ މައުސޫމު ނިކަމެއްޗެއް ގޮތުގައެވެ. އޭގައި ހިފުމުގެ ބަދަލުގައި އޭނަ އިސްޖަހަލިއެވެ. އަހަރެން ނަފީސާގެ އަތުގައި ހހިފައި އެ ފައިސާ ބޮނޑި އޭނަގެ އަތަށް ލީމެވެ.
” މި މި މިޔޯ ؟ ” ނަފީސާ ސުވާލު ކުރީ އުނދަގުލުންނެވެ.
” ތީ 1 ލައްކަ ޑޮލަރު ، ތީގެ ބަދަލުގައި ނަފީސާ އަހަރެން ބުނާ ކަމެއް ކޮށްދިނުމުން ފުދޭނެ ” އަހަރެން އެއްވެސް ޖެހިލުމެއްނެތި ބުނެލީމެވެ.
” ކޮ ކޮންކަމެއް؟ ” ނަފީސާ ވާހަކަ ދައްކަމުން ގެންދިޔައިރު ބިރުގަނެފައިވާ މިންވަރު އޭނާގެ އަޑުން ހާމަވެއެވެ.
” އަހަރެން ވިހެއީމަ ޝާތިރުއަށް ގުޅާފައި އަންގާ ދަރިފުޅު މަރުވި ވާހަކަ ، އަދި މި ކުއްޖާ ގޮވައިގެނން ނަފީސާ ދޭ ، ދުވަހަކުވެސް ނާންނަގޮތަށް ، އަދި މި ދަރިފުޅު އަހަރުމެންނަށް ނުފެންނަ ހިސާބަށް ”
ނަފީސާގެ އަތުން ފައިސާބޮނޑި ވެއްޓުނެވެ. އަދި ހުރިތަނުން ފަހަތަށް ޖެހިލެވުނެވެ.
” ކި ކި އެއި ކީއްވެ ؟ ” ނަފީސާއަށް ކުޑަކޮށްރޮވޭ ގޮތް ވިއެވެ.
” މާގިނަ ސުވާލު އަހަރެންނާ ނުކުރޭ ، އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ ، އަހަރެން މީ ނަފީސާގެ ސާހިބު ، އަހަރެން ބުނާގޮތަށް ކަންތައް ނުކޮށްފިނަމަ އަހަރެންނަށް ނަފީސާ އަށް ބޭނުން ގޮތެއް ހެދިދާނެ ، ކިތަންމެ ބޮޑު ދަންތުރައެއްގައިވެސް ޖެއްސިދާނެ ”
އަހަރެން ގަސްތުގައި ރުޅި އިސްކޮށް ނަފީސާއަށް ބިރު ދެއްކީ މިކަން ކުރުމުގައި އަހަރެންނަށް އޮތް އެންމެ ފަސޭހަ އަދި ހަނި ފުރުސަތަކީ މިއީ ކަމަށް ވާތީއެވެ.
ނަފީސާއަށް އިތުރުގޮތެއް ނެތުމުން އަހަރެން ވަރަށް ބޮޑަށް ނުފޫޒު ގަދަކޮށްގެން އަހަރެން ބބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށް ނަފީސާ އެއްބަސްވިއެވެ. މިގޮތަށް ކަންތައް ވެގެން ދިޔަގޮތުން އަހަރެންގެ ސިކުނޑީގައިވަ ހާސްކަން ވަރަށް ބޮޑަށް ލުއިވެގެން ދިޔަ ކަމުގެ އިޙްސާސް ކުރެވުނެވެ. ކޮންމެއަކަސް ނަފީސާގެ ނިކަމެތިކަމާއި އަހަރެންގެ މުއްސަނދިކަމުގެ ފައިދާ އެ އިޚްލާސްތެރި އަންހެނާގެ ކިބައިން ވަރަށް ރަނގަޅަށް ނަގައިފީމެވެ. މިހާރު އިންތިޒާރު ކުރެވެމުން މިދަނީ އަވަހަށް ވިހާނެ ވަގުތަކަށެވެ.
ހަމަ އެދުވަހުގެ ރެއެވެ. ވިހެއުމަށްޓަކައި ބަނޑަށް ތަދުވާތީ އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ. އިރުތަކެއްނުވެ މާބޮޑު ވޭނަކައި ނުލައި އަހަރެން ވިހައިފިއެވެ. ރީތި ދޮން ފިރިހެން ކުއްޖެކެވެ. އެކަމަކު އެކުއްޖާ ފުރަތަމަވެސް ފެނުލުމުގެ އިތުރަށް އެ މައުސޫމު ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ހޮނު ގޮގުރިއެއްގެ އަޑުގެ ގޮތުގައެވެ. އެދ ދަރިފުޅަށް ކުރާ ނަފްރަތެއްގެ ބޮޑު ކަމުންނެވެ. އަހަރެން އެންގިގޮތަށް ނަފީސާ ޝާތިރަށް ގުޅުމަށްފަހު ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވިކަމަށް އަންގައިފިއެވެ. އެކަމަކު ނަފީސާ އެކަން ކުރީ އެއްވެސް ވަރަކަށް ބޭނުންވެގެން ނޫންކަން އަހަރެންނަށް ރަނގަޅަށް އެނގެއެވެ. މަޖުބޫރު ކަމުން ފުރިފައިވާ ހިތަކައިގެންނެވެ.
ޖެހިގެން އައިދުވަހު ހަވީރު އަހަރެން ގެޔަށް ދޫކޮށްލިއެވެ. އަހަރެން ގެޔަށް އައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. މިހައި ދުވަހު އަހަރެންގެ ސިކުނޑިޔާއި ހިތުގައިވާ ބަލިކަން އެއްކޮށްފިލައި ދިޔަ ކަހަލައެވެ. ނަފީސާ އެކުއްޖާ ގޮވައިގެން ދިޔައެވެ. ކޮންތާކަށް ކަމެއް ނޭނގެއެވެ. އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. އަހަރެންނަށް އެއިން ކޮން ކަމެއް ހެއްޔެވެ؟ އެ ކުއްޖާއެއް ދެން އަހަރުމެންނަކަށް ނުފެންނާނެއެވެ. އަދި އޭނަގެ އުދަގުލެއްވެސް ނުފޯރާނެއެވެ.
އަހަރެން ހޮސްޕިޓަލުން ދޫކޮށްލި ދުވަހާއި ޖެހިގެން އައި ދުވަހު ޝާތިރު އެނބުރި އައެވެ. ދަރިފުޅު މަރުވި ޚަބަރުން ޝާތިރުއަށް ލިބިފައިވަނީ ފުންހިތާމައެކެވެ. ވަރަށް ދުވަހަށްފަހު ލިބޭ ދަރިއަކީ ފިރިހެން ކުއްޖެއްކަން އެނގުނު ހިސާބުން ކުރި އުންމީދު ވެއްޔާލައި މޮޑެވިގެން ދިޔުމުންނެވެ. ވަރަށް ގިނަވަގުތު ޝާތިރު އަހަރެން ކައިރީގައި ރޮއެ ހިތާމަކޮށް ހެދިއެވެ. އެ ހިތާމައިގައި އަހަރެންވެސް ވަރަށްބޮޑަށް ރުއި ހެދީމެވެ. އެއީ ޝާތިރުއަށް ޝައްކެއް ވިޔަނުދޭށެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް ވެއްޖެއެވެ. ހީކުރި ގޮތާއި އެއްގޮތަށް މި ދަނޑިވަޅަކީ އަހަރެންނަށްވެސް ފުން ހިތާމައެއްލިބި އިތުރަށް ނުތަނަވަސްކަން ލިބޭނެ ވަގުތެއްކަމުގައި ޝާތިރު ދެކުނެވެ.
ކަންދިމާކުރީ އަހަރެން ހީވެސް ނުކުރާހާވެސް ނަސީބު ރަނގަޅަށެވެ. ލިބުނު ހިތާމައިން އަހަރެންގެ ސިކުނޑި ނެރެ މާޙައުލު ބަދަލުކުރުމުގެ އިތުރަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ދުބާއީއަށް ދިރިއުޅުން އެއްކޮށް ބަދަލުކުރުމަށް ޝާތިރު ނިންމިއެވެ.
މި ޚަބަރު ވެގެން ދިޔައީ އަހަރެންގެ ހިތަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަށެވެ. ޝާތިރުއަށް ސިއްރު ކުރަން ބޭނުންވި ޙަޔާތުގެ މި ބޮޑު ސިއްރު ރަނގަޅަށްވެސް ސިއްރެއްގޮތުގައި ބޭއްވުމަށް ފުރުސަތު ފަހިވީއެވެ. ދެން އެނބުރި ލަންޑަނަށް ނާންނަގޮތަށް އަހަރުމެން ދުބާއީ އަށްފުރީ ދެން ދުވަހަކުވެސް އެދަރިފުގެ އުނދަގުލެއް އަހަރެންނަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުއެވެ. ކުރެވުނު ކަންތައް ސިއްރެއްގޮތުގައި ބާއްވައިގެން މެނުވީ އަހަރެންނަށް އިތުރަށް ހަމަޖެހިގެން އުޅުން ވާނީ ދަތިކަމަކަށެވެ.
– ނިމުނީ –
ކެޓެގަރީ: ކުރުވާހަކަ

3778

Yo bro

0.0

އެހާ ސަޅި އެއް ނޫން

1 week ago

Hishher His h her

0.0

Mujuthamau ah mivaahaka negative koh negidhaane kamuge chance bodu Eee aslu baby ah hedhi ?gothun
Otherwise the stry is nice……. ??It’s my opinion

3

2 months ago

އިބްރާހިމް ޒިހުނީ

0.0

Varah reethi haadhisaa eh. Genesfa in goi ves salhi ?

4

2 months ago

Thihtha

0.0

Mivaru ge molhu vaahaka liyuntheriyeh adhi nudheken huvaa mibuni haadha reethi vaa haka ekey saabahey youshau??

1

2

2 months ago

Aharen

0.0

Meege 2 van baeh beynun

2

2 months ago

ނައި

0.0

ވަރަށް ވަރަށް ރީތި މާޝާﷲ ކޮން އިރަކުން އާ ވާހަކަ އެއް ދެން ކިޔާލަން ލިބޭނީ

3

2 months ago

Aish

0.0

27REPLY
Alheyyyyy haadha nubai hisaabakunney thi nimmaalee.. ?????? Adhi emme jumulaeh namaves ithurah innamaey hithah eree kithah faharu kameh ves neynge ????????????????????? Vvvvv interesting. Nimunu iruves neyngunu. Vaahakaige thereah vadhe husvefa indhevunee.. ??????????????????????? Vvvvvv reethi mi vaahaka ves. Anekka ehaa dhugukoh genes dheefaves. Inee. ❤️❤️❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️. Vaahakaige sifakurunthah hama vvvv perfect. Basthahves v kiyaahiyvaa haa fashuvi vefa saadhaa.. ??????????????????????????????? ???????????????????????????????????? Vvvvv molhu ingey. Keep it up. U r the best. ????????????????????????????????? Waiting for the next part. ❣️❣️❣️❣️❣️??????? ❣️❣️❣️❣️❣️❣️???????❣️❣️❣️❣️❣️❣️

3

2 months ago

ޝަމްވީލް

0.0

ވާހަކަ ރީތި! އެކަމު ވަރަށް ގިނަައިން އެއް ވާހަކައެއް ތަކުރާރުވެފައި ހުރުމުން ކިޔާ މީހުން ފޫހި ވުން އެކަށީގެންވާ. މިސާލަކަށް އެ ދަރިފުޅަށް ނަފްރަތުކުރާ ވާހަކަ ވަރަށް ގިނަ ޖުުމުލަތަކުން ގެނެސްފައި އެބަހުރި. އެކަހަލަ ތަކުރާރުކުރުންތައް މަދުކޮށްލިނަމަ ވާހަކަ މިހާ ދިިގުވެސް ނުވީ ކަންނޭގެ! އުއްމީދު ކުރަން މި ކޮމެންޓް ޕޮސިޓިވް ކޮށް ނަގާނެކަމަށް! ސަލާމާއި ހެޔޮ ދުއާ!

9

2 months ago

Yooshau

އުފަލާއެކު ބަލައިގަންނަން ♥️
ދެން ވާހަކައެއް ގެނެސްދޭއިރު ތިކަހަލަ ކަންމަށް ސަމާލުކަން ދޭނަން!
ޝުކުރިއްޔާ

3

2 months ago

Badi

0.0

Mivaruge reethi molhu vaahaka eh adhi nukiyey. Ummeedhu kurany mikahala ehen vaahaka eh kiyaalan libeyne kamah

5

2 months ago

Haamidhaa

0.0

Varah reethi

4

2 months ago

ލިއުޝާ

0.0

ވަރަށް ރީތި ވާހަކަ އެއް! ދަރިފުޅު ގެ ވާހަކަ އަދި އިތުރަށް ލިޔެލާފަ އޮތް ނަމަ ވަރަށް ފުރިހަމަ ވާނެ. މިސާލަކަށް؛ ދަރިފުޅު ބޮޑުވަމުން ދިޔަ ގޮތުގެ ވާހަކަ އާއި، އަދި ފަހުން ޝާތިރު އާއި ދަރިފުޅު ދިމާވެ ކުރިން ވެފަ ހުރި ހުރިހާ ކަމެއް ފަޅާ އަރާ ރީނާ އެ ދަރިފުޅާ މެދު ކަންތައް ކުރި ގޮތް އެނގުނީމައި ޝާތިރު ކަންތައް ކުރާނެ ގޮތާއި، އަދި އެ ކުއްޖާގެ އާައިލާއާ އަލުން ގުޅިގެން އުފަލުން އުޅޭ ވާހަކަ ލިޔެލިނަމަ ވަރަށް ސަޅި ވާނެ. އޭރުން ވާހަކަ ދިގު ވެފަ ރީތި ވާނެ.
އެކަމަކުވެސް ވާހަކަ ވަރަށް ރީތި! ލިޔުންތެރިކަމުގެ ހުނަރު ފެނޭ. އަދިވެސް މިކަހަލަ ރީތި ވާހަކަ އެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން.

19

2 months ago

Yooshau

އުފަލާއެކު ބަލައިގަންނަން ♥️
ދެން ވާހަކައެއް ގެނެސްދޭއިރު ތިކަހަލަ ކަންމަށް ސަމާލުކަން ދޭނަން!
ޝުކުރިއްޔާ ❤️

1

2 months ago

ޔޫޝާއު

ލިޔުޝާ ލިޔަންވީނުން މި ވާހަކައިގެ ޕާރޓް 2 ތިހާ މޮޅިއްޔާ

2

1

2 months ago

ސިއްދީގު

ހުރިހާ ވާހަކައިގަ އަބަދު އެއްގޮތެއްވާންޖެހޭތަ.

4

2 months ago

Faathun

0.0

Varah reethi vaahaka eh

4

2 months ago

Nuhoo

0.0

Vara thafaathu adi reethi vaahaka eha.

4

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles