• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ސޫރަތުއް ނިސާގެ ތަފުސީރު – 14

ސޫރަތުއް ނިސާގެ ތަފުސީރު – 14


  1. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ކަންތައް ހުރި ގޮތާއި އިސްލާމްދީނުގައި އަންހެނުންގެ ޙައްގުތައް ދެއްވާފައި ހުރި ގޮތް އަޅާ ކިޔައިފިމީހަކަށް މިކަންތައްތަކުގެ ޙަގީގަތް ފެނިގެންދާނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުން މާތް ކުރެއްވި ވަރަށް އެހެންއެއްވެސް ދީނެއްގައި އަދި ޝަރީޢަތެއްގައި ވެސް އެކަނބަލުން މާތް ކުރައްވާފައެއް ނުވެއެވެ.

    ޔޫރަޕްގެ މީހުން އަންހެނުންނާއި މެދުގައި ދެކެމުން އައި ގޮތާއި މެދުގައި ވިސްނާލަމާތޯއެވެ. 585މ. ގައި ފަރަންސޭސިން އަންހެނުންގެ ކަންތައްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބޭއްވިއެވެ. އެއަންހެނާގެ ރޫޙެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ރޫޙެއްވީނަމަވެސް، އެއީ އިންސާނެއްގެ ރޫޙުތޯ ނުވަތަ ޙައިވާނެއްގެ ރޫޙުތޯ ބެލުމަށެވެ. އެންމެ ފަހުން އެބައްދަލުވުމުގައި އެބައިމީހުން ނިންމީ އަންހެނުންނަކީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށްޓަކައި ހައްދަވާފައިވާ ބައެއް ކަމަށެވެ.

    ހެންރީ 8 ގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައިވަނީ އެބައިމީހުންގެ މުގައްދަސް ފޮތް ކަމުގައިވާ ”އިންޖީލު“ ކިޔެވުމަކީ އަންހެނުންގެ މައްޗަށް މަނާވެގެންވާ ކަމެއްގެ ގޮތުގައެވެ. ސަބަބަކީ އެކަނބަލުންނަކީ ނަޖިސް ބަޔަކަށްވާތީވެއެވެ.

    1805 ވަނަ އަހަރާ ހަމަ އަށް އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން ފިރިމީހާ އަށް އޭނާގެ އަންހެނުން ވިއްކާލުމުގެ ޙައްގު ލިބިގެންވެއެވެ. އަދި އެބައިމީހުން އަންހެނާގެ އަގެއް ކަމުގައި ކަނޑައަޅާފައިވަނީ އެންމެ 6 ޕައުންޑެވެ.
    މިފަހުގެ ޒަމާންތަކުގައިވެސް ޔޫރަޕް މީހުން އަންހެން ކުދިންނާއި މެދުގައި ދެކެމުން އައި ގޮތަކީ ޢުމުރުން 18 އަހަރު ފުރުމުން ޢާމްދަނީ ހޯދުމަށް ގެއިން ނިކުތުން މަޖްބޫރު ކުރުވުމެވެ. ނުނިކުމެ ގޭގައި ތިބެއްޖެނަމަ، ކޮޓަރީގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދު މައިންބަފައިންނަށް ދޭންޖެހެއެވެ.

    އެހެންކަމުން، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޝަރަފާއި މާތް ކަން އެހެން ބަޔަކަށް ދެވޭނީ ކިހިނަކުންތޯއެވެ؟!

 

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤު

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެން ކަނބަލުންނާ ބެހޭގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ. الدُّنْيَا مَتَاعٌ ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ (رواه مسلم) މާނައީ: ”ދުނިޔެއަކީ ފައިދާއެކެވެ. ދުނިޔޭގައިވާ ހެޔޮ ފައިދާއަކީ ޞާލިޙު އަންބެކެވެ.“

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَلاَ أُخْبِرُكَ بِخَيرِ مَا يَكْنُزُ المَرْءُ المَرْأةَ الصَّالِحَةَ الَّتِي إذَا نَظَرَ إلَيْهَا سَرَّتْهُ ، وَإذَا أمَرَهَا أطَاعَتْه ، وَإذَا غَابَ عَنْهَا حَفِظَتْهُ – (رواه أبو داود والحاكم وقال: حديث صحيح الإسناد) މާނައީ: ”ފިރިހެނަކު ކަންޒުކުރާނެ ހެވަކީ ކޮބައިކަން ތިމަންކަލޭގެފާނު އަންގައެއް ނުދެމުހެއްޔެވެ؟ އެއީ ޞާލިޙު އަންބެކެވެ. އޭނާ އެއަންހެނާއަށް ބަލައިފިނަމަ ހިތްހަމަޖެހުން ލިބެއެވެ. ކަމަކަށް އަމުރުކޮށްފިނަމަ އެކަމަށް އިޖާބަ ދެއެވެ. އަދި އޭނާގެ ފިރިމީހާ ނެތް ހާލަތުގައި އޭނާއަށްޓަކައި ރައްކާތެރިވެއެވެ.“

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (حُبِّبَ إِلَيَّ مِنْ…



Source link

Leave a Reply

Related Articles