• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ސޮސެޖް އެން އެގް ޕިއްޒާ

ސޮސެޖް އެން އެގް ޕިއްޒާބޭނުންވާތަކެތި
1 ޖޯޑުބައިފުށް
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
1 މޭޒުމަތީ ސަމުސާ ބަޓަރު
4 /1 ސައިސަމުސާ ލޮނު
2 / 1 1 ސައިސަމުސާ ހަކުރު
4 ސޮސެޖް ތުނިކޮށް ފޮތިކޮށްފައި)
1 ޓޮމާޓޯ ތުނިކޮށް ފޮތިކޮށްފައި
5 މޭޒުމަތީ ސަމުސާ ޓޮމާޓޯސޯސް
2 ކެޕްސިކަމް ( ކަރުނަގާ ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޗީޒް ( ގާނާފައިހުރި)
2 ބިސް ( ފެނުކައްކާ ފޮތިފތިކޮށްފައި)
2 ފިޔާ( ހިމުންކޮށް ކޮށާފައި)
6 /1 ސައިސަމުސާ އޮރެގާނޯ
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ފުށާއި އީސްޓް ލޮނު، އަދި ހަކުރު، އެއްކޮށްލުމަށްފަހު ބަޓަރުކޮޅު އެއްކޮށްފައި އިނގިލި ތަކުގެކުރިން ބްރެޑް ކްރަމްބްސް އަށްވާގޮތަށް އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. ދެން ކޮތަޅަކަށްލާފައި އައްސާފައި 15 މިނިޓް ވަންދެން ބާއްޥަށެވެ. ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ  ކެޕްސިކަމް ކޮޅު އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާ ޓޮމާޓޯ ސޯސްކޮޅާއި އޮރެގާނޯ، ލޮނު، އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާ އުނދުންމަތިން ބާލާށެވެ. ދެން ފުށްގަނޑު ޓްރޭއެއްގައި 3 / 1 އިންޗީގެ ބޯމިނަށް ފަތުރާލާފައި މައްޗަށް ސޯސްގަނޑު( ފްރައިކުރި ފިޔާތައް) އަޅާފައި ފަތުރާލުމަށްފަހު ސޮސެޖް ފަތުރާލާފައި ބިސް ފޮތިތައް އަތުރާލާށެވެ، އެންމެމައްޗަށް ޗީޒްވިއްސާލާފައި އަވަނުން ފިހެލާށެވެ.
ޖުވޭSource link

Leave a Reply

Related Articles