ސޯސީ ބްރެޑް ޕިއްޒާ
ބޭނުންވާތަކެތި
1 ޕާން ބޮޑު
1 ފަސްމީރު މަސްދަޅު
1 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
5 ކެޕްސިކަމް ( ކަރުނަގާ ހިމުންކޮށް ކޮށާފައި)
3 /1 ސައިސަމުސާ މުގުރި އަސޭމިރުސް
ޗީޒް
ޓޮމާޓޯ ސޯސްކޮޅެއް
ބަޓަރުކޮޅެއް
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާޔަށް ތެޔޮ ފޮދެއް އަޅާފައި އުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ފިޔާ ، ކެޕްސިކަމް، އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، ލޮނު، އަސޭމިރުސް، ސޯސް( ކުލަ ހިފާވަރަށް) އއެއްކޮށް އަޅާލފައި ރޯފިލުމުން އުނދުން މަތިންބާލާށެވެ. ދެން ޕާން ފޮތިތަކުގައި ބަޓަރުހާކާލާފައި މަސްފަތުރާލާށެވެ. ދެން ޓްރޭއެއްގައިބަޓަރުހާކާލާފައި ޕާން ފޮތިތައް އަތުރާލާފައި ޕާންފޮތިތަކުގެ މައްޗަށް ޗީޒް އަޅާފައި ޗީޒް ކުޑަކޮށްދިޔާ ވަންދެން އަވަނުން ޕާން ފޮތިތައް ފިހެލާށެވެ.
ޖުވޭ