• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ޑާލް އެން ޕޮޓޭޓޯ ޕެޓީޒް

ޑާލް އެން ޕޮޓޭޓޯ ޕެޓީޒް



ބޭނުންވާތަކެތި
2 ޖޯޑު މުގު ( ލޮނުކޮޅެއްލައިގެން ފެނުކައްކާފައިހުރި މުގު)
2 ލޮނުމެދު ( ގާނާފައި)
2 ހިކަނދިފަތް ( ހިމުންކޮށް ކޮށާފައި)
1 ގިތެޔޮމިރުސް ( ހިމުންކޮށް ކޮށާފައި)
2 ފިޔާ ( ގާނާފައި)
2 ލުނބޯ
3 އަލުވި ( ފެނުކައްކާފައި)
1 ސައިސަމުސާ މުގުރިއަސޭމިރުސް
1 ޖޯޑު ފާރޮށިކުނޑި
3 ބިސް ( ގިރާފައި)
2 /1 ސައިސަމުސާ އަޖިނަމޮޓޯ
2 /1 ޖޯޑު ފަސްމީރުމަސް
1 މޭޒުމަތީ ސަމުސާ ކުދީނާފަތް ( ވަރަށް ހިމުން ކޮށްކޮށާފައިހުރި)
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
މުގުކޮޅުން ފެން ފެލާލާފައި ބަހައްޓާށެވެ، ބިހާއި ފާރޮށިކުނޑި ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް ގުޅަވެށޭވަރަށް މޮޑެލާށެވެ. އަތުންފަތާކޮށް މަސްރޮށިގޮތަށްޖަހާލާފައި ބިހުގެ ތެރެއަށްލާފައި ބޭރުގައި ފާރޮށި ކުނޑި ހާކާފައި ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ތެޔޮކެކިގަތީމާ ޕެޓީޒްތައް އަޅާފައި ތެލުލާށެވެ.
ޗިލީ އެންގާރލިކް ސޯސް އާއި އެއްކޮށް ސާރވްކުރާށެވެ.
 
ޖުވޭ



Source link

Leave a Reply

Related Articles