• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރެސިޕީ ⁄ ޕައިނެޕްލް އެން ޓޮމާޓޯ ޕިއްޒާ

ޕައިނެޕްލް އެން ޓޮމާޓޯ ޕިއްޒާ



ބޭނުންވާތަކެތި
200 ގ. ފުށް
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
5/1 ސައިސަމުސާ ލޮނު
2/1 1 މޭޒުމަތީ ސަމުސާ ބަޓަރު
2 /1 1 ސައިސަމުސާ ހަކުރު
ތާފަނާފެން
2 ސައިސަމުސާ ހިކިކިރު
( މަސްގަނޑަށް ބޭނުންވާ)
1 ޖޯޑު ކުދިކޮށް ކޮށާފައިހުރި ބޯންލެސް ޗިކަން
2 ފޮތި އަލަނާސި ކުދިކޮށް ކޮށާފައި
2 ޓޮމާޓޯ ކުދިކޮށް ކޮށާފައި
2 ކެޕްސިކަމް ކުދިކޮށް ކޮށާފައި
1 ފިޔާ ހިމުންކޮށް ކޮށާފައި
1 ލޮނުމެދު ހިމުންކޮށް ކޮށާފައި
3 /1 ސައިސަމުސާ މުގުރިއަސޭމިރުސް
3 /1 ސައިސަމުސާ އޮރެގާނޯ
4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
1 ޖޯޑު ގާނާފައި ހުރި މޮޒެރެއްލާ ޗީޒް
3 / 1 ސައިސަމުސާ ލޮނު
ތައްޔާރުކުރާނެގޮތް
ފުށާއި ބަޓަރު ، އީސްޓް ލޮނު، ހިކިކިރު އެއްކޮށްގެން ތާފަނާ ފެނުން ފުށްގްނޑު މޮޑެލާށެވެ. ދެން ފުށްގަނޑު ކޮތަޅަކަށް ލާފައި އައްސާފައި ބާއްވާށެވެ. އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި މަސް އެއްކޮށްފައި މަސްރޯފިލަންދެން ދޭފަތުން ހަލަމުން ދާށެވެ. ދެން ލޮނު، އޮރެގާނޯ، އަސޭމިރުސް، އަލަނާސި، ޓޮމާޓޯ، ލޮނުމިދު ، އަދި ޓޮމާޓޯ ސޯސް އެއްކޮށްފައި 1 މިނިޓް ވަންދެން ކައްކާފައި އުނދުންމަތިން ބާލާށެވެ. ދެން ޕިއްޒާ ފިހޭ ޓްރޭގައި ފުށްގަނޑު ފަތުރާފައި ތައްޔާރުކުރި މަސްގަނޑު ފަތުރާލާފައި މައްޗަށް ޗީޒް ބުރުވާލާފައި އަވަނުން ފިހެލާށެވެ.
 
ޖުވޭ



Source link

Leave a Reply

Related Articles