• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޕާޓީގެ މެމްބަރަކު އަމިއްލަ ގޮތުން ވާދަކުރުމަކީ، ޕާޓީގެ މަސްލަހަތާ ގުޅޭ އެންމެ ބޮޑު މައްސަލަ: ނަޝީދު

ޕާޓީގެ މެމްބަރަކު އަމިއްލަ ގޮތުން ވާދަކުރުމަކީ، ޕާޓީގެ މަސްލަހަތާ ގުޅޭ އެންމެ ބޮޑު މައްސަލަ: ނަޝީދު


އެމްޑީޕީގެ މެމްބަރުން އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމަކީ އެ ޕާޓީގެ މަސްލަހަތާއި ގުޅިފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އެ އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.ހުކުރު ދުވަހު، އެމްޑީޕީގެ ”ދޮރުން ދޮރަށް” ހަރަކާތް ފެއްޓުވުމަށް ފަހު ރާއްޖެ.އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކޮށް ފޭލްވުމުން، ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށާއި، އެއީ ޕާޓީގެ މަސްލަހަތާއި ގުޅިފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

ވަކިން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ މި އިންތިހާބު ތަކުގައި ބައިވެރިވުމަކީ ވަރަށް ވަރަށް ބޮޑު ސުލޫކީ މައްސަަލައެއް މެމްބަރެއްގެ. އެއީ އެންމެ ބޮޑު ސުލޫކީ މައްސަލަ. މި ޕާޓީގެ މަސްލަހަތާއި ގުޅިފައި އޮތް މައްސަލަ. އެއީ ޑިމޮކްރެޓިކް ގޮތަކީ. އޭނާގެ މައްޗަށް ފިޔަވަޅު އެޅުން ޑިމޮކްރެޓިކް ގޮތަކީ.
~ މުހައްމަދު ނަޝީދު – އެމްޑީޕީގެ ރައީސް

އެމްޑީޕީން ހުކުރު ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ފިޔަވަޅު އަޅަން ނިންމީ، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުންދާ ކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅު އަޅާ ކޮމިޓީއަށް ލިބިފައިވާތީ ކަމަށެވެ.Source link

Leave a Reply

Related Articles